Sun Magazine 47

36
ރ20 :ުގަ އ2012 ްނޫ ޖ27 ،47 :ުރަބްމަ ނ؟ުކ ކ ނޭދިއަދަ ހްއެޓޯސި ރިހެވި ދ

description

Sun Magazine 47

Transcript of Sun Magazine 47

Page 1: Sun Magazine 47

2ރ0 ގު: އަ2012ން ޖޫ27 ،47 :ބަރުނަމް

ކުީއން އެލިޒަބަތަީކ

ާކކު؟

ދިވެހި ރިސޯޓެއް ހަދައިދޭީނ ާކކު؟

Page 2: Sun Magazine 47
Page 3: Sun Magazine 47

ސަން މަޖައްލާގެ 47 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު

މަރުހަބާއެއް ދަންނަވަމެވެ. އަދި ސަންގެ 46 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް އެކަމަށް ޓަކައި

ޝުކުރު އަދާ ކުރަމެވެ.

ސަން މަޖައްލާގެ ޚާއްސަ އަދަދެއްގެ ޮގތުގައި މިދިޔަ ފަހަރު ނެރުނު “ސަން ޔޫޯރ ގައިޑް” ވެގެން ޮގސްފައި ވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ އެއްޗަކަށެވެ. އެ ޮފތަށް ލިބުނު ޮކމެންޓް ވަރަށް ގިނަ އެވެ. ޔޫޯރ ގައިޑް

ފަދަ ފޮތެއް ނެރުން މީ މި ކަހަލަ މަސައްކަތެއް ސަން ޓީމުން ކުރި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ޮފތުގެ ޮކންޓެންޓާއި ލޭ އައުޓް ކިޔުންތެރިން ވަނީ ބަލައިގެންފަ އެވެ. އެއީ ލިބުނު ހިތްވަރެކެވެ. މި ލިބުނު ހިތްވަރާ އެކު މި ފަދަ އެހެން މަސައްކަތް ތަކުގައި ވެސް ކުރިޔަށް ދިޔުމަށް ސަން ޓީމުން މަސައްކަތް

ކުރާނެ އެވެ.

ރާއެްޖޭގެ މިސްކިތް ތަކުގެ ހާލަތު ރަނގަޅު ކުރުމަށް ފައިސާ ޯހދުމަށް ސަރުކާރާ ގުޅިގެން މީޑިއާ އިން މިދިޔަ ހަފުތާގައި ކުރިޔަށް ގެންދިޔަ ޓެލެޯތން އެއީ ޚާއްސަ މަސައްކަތެކެވެ. ނަތީޖާ ނެރެދިން މަސައްކަތެކެވެ. މި ޓެލެޯތނުގެ

އެހީގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޯހދިފައިވާ ކަމަށް މީޑިއާ ރިޯޕޓު ތަކުން އެނގިފައިވެ އެވެ. މިއީ އެންމެ ފަސް ދުވަހަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ތަކަކަށް ބަލާ އިރު އެކަށީގެންވާ އަދަދެކެވެ. ގައުމީ މި ފަދަ

މުހިންމު ކަންކަމުގައި މީޑިއާ އިން އަބަދުވެސް ލިބޭ އެއްބާރުލުން ފާހަގަ ކުރަން ޖެހެ އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ނަން އަބަދުވެސް އަޅުގަނޑުމެނަށް އިވެ އެވެ. އެއީ ވަރަށް ޝަރަފުވެރި އަދި ޮބޑު މީހެއްގެ ޮގތުގަ އެވެ. ނުފޫޒު ގަދަ މީހެއްގެ ޮގތުގަ އެވެ. އެއީ ދުނިޔޭގެ އެންމެ ޮބޑު މީހާއޭ ވެސް ހީވާ ފަހަރު އާދެ އެވެ. އެކަމަކު ހަގީގަތުގައި އިނގެރޭސި ރާނީ އަކީ ކާކުކަން ނޭނގޭ މީހުން ވަރަށް ގިނަ އެވެ. ރާނީގެ ބާރަކީ ޮކބައިކަން ނޭނގޭ މީހުން ވެސް ވަރަށް ގިނަ އެވެ. ރާނީގެ ގާނޫނީ ހައިސިއްޔަތަކީ ޮކބައިކަން ނޭނގޭ މީހުން

ވެސް އެހާމެ ގިނަ އެވެ. އެހެން ކަމުން މި މައުލޫމާތުތައް އެނގުމަކީ މިއަދުގެ ޒުވާން ޖީލަށް ވެސް މުހިންމު ވާނެ ކަމެއް ކަމަށް ފެނެ އެވެ. މުޅި ދުނިޔެ އެ މީހަކަށް ޓަކައި ސެލިޔުޓް ނަގައި، އެލާޓަށް އަންނަ ވަރުގެ މީހަކަށް ރާނީ ވަނީ ކީއްވެޯތ އެނގެން ޮކންމެ މީހަކު ވެސް ބޭނުންވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

މި ފަހަރުގެ ސަންގެ ކަވަރު ސްޯޓރީ އަކީ އިނގިރޭސީ ރާނީ އެވެ. މި ސްޯޓރީން އެއީ ކާކުކަން ކިތަންމެހާ ވެސް ފުރިހަމަޮކށް އެނގޭނެ އެވެ.

އޭނާގެ ބާރާއި އެ ވެރިކަން ދެމިގެން އަންނަ ޮގތާއި މި ފަދަ މުހިންމު ހުރިހާ މައުލޫމާތެއް މި ލިޔުމުން އެނގިގެން ދާނެ އެވެ. މި ހުރިހާ މައުލޫމާތެއް

ސަންގެ ލިޔުންތެރިޔާ އިޔާޒް ނަސީމް އެކުލަވައިލައްވާފައިވާލެއް ވަރަށް ފުރިހަމަ އެވެ.

މި ފަހުރުގެ އަދަދުގައި ވެސް ތިޔަ ކިޔުންތެރިންގެ ފޭވަރިޓް ލިޔުންތެރިންގެ ޝައުގުވެރި ގިނަ ލިޔުންތަކެއް އެތެރޭގައި ހިމަނާފައި

ހުންނާނެ އެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން އަލީއެޑިޓަރު

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީންކަނީރު ޢަބްދުއްރަޙީމް

ޢަލީ ޚާލިދުޢަބްދުهللا ޝިނާން

މިންނުޑރ. އިބްރާހިމް ޔާސިރު އަހުމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

ޑރ. ޖުނެއިދުގެ އިރުޝާދު: ޑރ.ޖުނެއިދުދަމަނަ: ޑރ. އަހުމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 47 27 ޖޫން 2012

c

Page 4: Sun Magazine 47

4

Page 5: Sun Magazine 47

5

އަލްއުސްތާޛު މޫސާ އަންވަރު ޙަސަންތައުޢިާޔ

ވަރަށްޮބޑު މަޞްލަޙަތަށް ޢާންމު އިސްލާމްދީނުގައި ސަމާލުކަމެއް ދީފައިވެއެވެ. އެއީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުވެފައި ޮއތުމަށްޓަކައެވެ. ކަމަށް އިސްކުރާއިރުވެސް މީހުން ވަޒީފާތަކަށް އަދި އިސްނުކުރުމަށް ޤާބިލުމީހުންނޫނީ އެކަށީގެންވާ ޮގވާލާފައިވެއެވެ. ޢަދުލުވެރިކަމުގެ މީޒާނުން ދުރުހެލިވުމަކީ ހުއްދަކުރާކަމެއް އިސްލާމްދީން ޙާލެއްގައި އެއްވެސް ނޫނެވެ. ކަމަށް އެކަށިންގެންވާ މީހުންނާ ކަންކަން ޙަވާލު

ކުރުމަކީ އަމާނާތެކެވެ. މީހުންނަށް ރިޝްވަތުދޭ ހަދިޔަތަކާއި އަގުޮބޑު ތިމާއަށް މަޞްލަޙަތާއި މީހުންގެ އެފަދަ ދިނުމާއި، އިސްކަން އެއްޮގތަށް ޙުކުމް ކުރުމަކީ އެއްޮގތަކަށްވެސް ޮކށްގެންވާނެ ކަމެއްނޫނެވެ. މާއްދީ މަޢްނަވީ އަދަބީ ފައިދާއެއް ޙާޞީލް ނުވަނެއެވެ. ކަމެއްޮކށްގެން އެފަދަ ވެސް ކުރުމަށް އެކުވެރިއަކަސް އަވަށްޓެރިއަކަސް ތިމާގެ އެމީހަކީ ވިޔަސް ހުރިމީހަކަށް މަޤާމެއްގައި އެފަދަ ނުވަތަ ،ވާޖިބު ޝަރުޢީޮގތުން އިންޞާފުވެރިވުމަކީ މެއެވެ. ކުރައްވާފައިވާކަމެވެ. މީސްތަކުންނަށް ބިރުން މާތް هللا އެއްޮގަތަށް ހަވާނަފުސާ ތިމާގެ ޚިލާފަށް މަންހަޖާ ގެ

ޙުކުމް ކުރާމީހުންނަކީ ކާފިރުންނެވެ. ވެރިއަކަށް ޚިޔާނަތީ ޮބޑު އެންމެ ހުންނަމީހަކު، ރައްޔިތުންގެ ތެރޭގައި ކަމަށް އެކަށިގެންވާ ޤާބިލުމިހުން ތިއްބައި، އެމަޤާމަށް ގާތްތިމާގެ މީހުންގެ ތެރެއިން އެކަމަށް އެކަށިގެންނުވާ މީހަކު އިސްކުރުމެވެ. އިބުނު ރުއްސުންލެއްވި އެދެބަފައިކަލުންނަށް މާތް هللا ސަނަދުން ރަނގަޅު އަލްޙާކިމް އަރިހުން ޢައްބާސުގެ ރިވާކުރައްވާފައިވެެވެ. މާތް هللا ގެ ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެެވެ.”މީހަކު އެމީހާގެ ގާތްތިމާގެ މީހާއަށްވުރެ އެކަށީގެންވާ މީހަކު ހުއްޓާ، ގާތްތިމާގެ މީހާ މަޤާމަކަށް އިސްޮކށްފިނަމަ، މާތް هللا އާއި އެކަލާނގެ

ރަސޫލާއާއި މުއުމިނުންނަށް ޚިޔާނަތްތެރިވެއްޖެއެވެ.” ވެރިޔަކަށް ލިބެނީ ދަލީލު މިޙަދީޘުން ހުންނަމީހަކު ، ރައްޔިތުންގެ ތެރޭގައި ކަމަށް އެކަށީގެންވާ ޤާބިލުމީހުން ތިއްބާ އެމީހެއްގެ ގާތްތިމާގެ މީހުންގެ ތެރެއިން ، އެފަދަ މަޤާމަކަށް އެކަށީގެންނުވާ މީހަކު އިސްކުރުމަކީ

ކުރާޢަމަލެއްކަމެވެ. ޚިލާފަށް ތަޢްލީމާ އިސްލާމްދީނުގެ އެކުވެރިޔަކަށްވިޔަސް މީހަކަށްވިޔަސް ގާތްތިމާގެ އެމީހަކީ ދައުލަތުގެ މީހަކަށްވިޔަސް ރަށުގެ އަމިއްލަ ތިމާގެ ނުވަތަ އުންމަތުގެ އިސްޮކށްފިނަމަ، މީހަކު އެފަދަ މަޤާމަކަށް ޮބޑުފާފައެއްކަމެވެ. އެކުރެވެނީ އޭނާއަށް ޙައްޤުގައި އަލްޙާކިމް ރަނގަޅު ސަނަދުން ޔަޒީދު ބިން އަބީ ސުފްޔާން ޝާމުކަރައަށް ވާލީއަކަށް ޮފނުއްވަމުން އަބޫބަކުރު ރަޟިޔަهللا އޭ ކުރައްވާފައިވެއެވެ.” ބަޔާން ވިދާޅުވިކަމަށް ޢަންހު ވެރިކަމުގައި ވެއެވެ. މީހުން ގާތްތިމާގެ ތިބާއަށް ޔަޒީދެވެ. ތިބާގެ މައްޗަށް އެމީހުންގެ އަސަރު ކުރިޔަ ނުދޭށެވެ. ކީިރިތި ރަސޫލާ މިފަދައިން ޙަދީޘް ކުރައްވާފައިވާތީ ތިބާގެ މައްޗަށް ކަންތަކަށް ބިރުފުޅުގަނެއެވެ”މުސްލިމުންގެ ތިމަންކަލޭގެފާނު ކުރުމުގެ މުޖާމަލާ އެމީހާ ، އިސްކުރެއްވުމަށްފަހު މީހަކު ޤާބިލުނޫން މަޤާމަކަށް ޮގތުން ނިފާޤުކަމުގެ ޮގތުންނާއި މީހަކު އިސްޮކށްފިނަމަ ، އެމީހެއްގެ މައްޗަށް މާތް هللا ގެ ލަޢްނަތް ހުއްޓެވެ. އެމީހާގެ ކިބައިން ޢަދުލުވެރިކަމެއް އަދި އެއީ ނުކުރައްވާނެއެވެ. ޤަބޫލެއް ވިޔަސް ސުންނަތްކަމެއް

އޭނާ ނަރަކައަށް ވެއްދެވުމާއި ހަމަޔަށެވެ.” ގެއްލިގެން ތެދުވެރިކަން އަމާންތެރިކަމާއި އެކަށީގެންނުވާ ކަަމަށް ސަބަބަކީ ޮބޑު އެންމެ ދިޔުމުގެ އެކަމުގެ އިސްކުރުމެވެ. މަޤާމުތަކަށް ތަފާތު މީސްމީހުން ދެއެވެ. މަގުހުޅުވިގެން ޚިޔާނަތްތެރިކަމަށް ސަބަބުން ރިޝްވަތަށް މަގުތަނަވަސް ވެގެން ދެއެވެ. ރިޝްވަތު ހިފުމާއި ދިނުމަކީ ޮބޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ޢަބްދުهللا ރުއްސުންލެއްވި އެދެބަފައިކަލުންނަށް هللا މާތް ބިން ޢަމްރޫ ގެ އަރިހުން ރިވާ ކުރައްވާފައި ބަސްފުޅެއްގެ މާނަގައިވެއެވެ.”ރިޝްވަތު ދޭމީހާ އާއި ރިޝްވަތު ހިފާމީހާގެ ވަސައްލަމަ ޢަލައިހި ޞައްލަهللا ރަސޫލުهللا މައްޗަށް

ލަޢްނަތް ލެއްވިއެވެ.” ރިޝްވަތުގެ ވަބާ ފެތުރިގެން ދިޔުމަކީ ވަރަށް ޮބޑު ނުރައްކަލެކެވެ. މީސްތަކުން ތަދުމަޑުކަމާއި ބަލިމަޑުކަމަށް ހުރަޮހޅިގެންދާ ކަމެކެވެ. ހަމަނުޖެހުމާއި ނުކުޅެދުންތެރިކަމާއި މުދަލުން ވެއްޓިގެންދާކަމެކެވެ. ތެރެއަށް ކަމުގެ ބިރުވެރި ޯރދިބަރަކާތް ކެނޑިގެންދާ ކަމެކެެވެ. މާތް هللا އަޅުގަނޑުމެން މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމާތް ކުރައްވާށިއެވެ.

ކަމަށް އެކަީށގެންާވ ާޤބިލުީމހުން މަާޤމުތަކަށް އިސްކުރުން

Page 6: Sun Magazine 47

6

މީގެ ކުރީގެ އަދަދުގައި ބަލައިލެވިފައިވާނީ ތާނައިގެ ފުރަތަމަ 9 އަކުރަށާއި، އެ 9 އަކުރުން ރަމްޒުޮކށްދޭ އަޑުތަކުގެ މަޚްރަޖުތަކަށާއި އެ އަޑުތަކުގެ ސިފަތަކުގެ މައްޗަށެވެ. މި ފަހަރު ބަލައިލާނީ ދެން ހުރި

އަކުރުތަކުގެ މައްޗަށެވެ. ތާނައިގެ ދެވަނަ ނުވަ އަކުރު ހެދިފައިވަނީ ޯބދާ ދިވެހި ވިޔައިގެ

އަކުރުތަކުންނެވެ. އެއީ މ، ފ، ދ، ތ، ލ، ގ، ޱ، ސ، ޑ މި ނުވަ އަކުރެވެ.

/މ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ދެތުންފަތުގެ )ބައިލޭބިއަލް( ޯނށު )ނޭސަލް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ /m/ ީއިރު /މ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކ

އެވެ./ފ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި ތުންފަތާއި ދަތުގެގެ )ލޭބިޯއޑެންޓަލް( ފޫސް )ޕްރިކޭޓިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ފ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން

އަންނަ ރަމްޒަކީ /f/ އެވެ./ދ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ދަތުގެ

)ޑެންޓަލް( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ދ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /d/ އެވެ.

/ތ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި ދަތުގެ )ޑެންޓަލް( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ތ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /t/ އެވެ./ލ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ދަތުގެ )ޑެންޓަލް( ކައިރިފަށު )ލެޓެރަލް އެޕްޮރކްސިމެންޓް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ލ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ

ރަމްޒަކީ /l/ އެވެ. އެހެން ނަމަވެސް ބައެއް މީހުން މި އަޑު އަދާކުރަނީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ހިރުގަނޑުގެ )އެލްވީލަރ( ކައިރިފަށު )ލެޓެރަލް އެޕްޮރކްސިމެންޓް( އަޑެއްގެ ޮގތުގައެވެ. އައި.ޕީ.އޭ

އިން ލިޔާ އިރު ހިރުގަނޑުގެ /ލ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /}/ އެވެ.

/ގ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި މަޑުތަލީގެ )ވީލަރ( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު

ތާނަ އަކުރުއިޔާޒު ނަސީމް

ދިވެހިންގެ ލިޔެކިޔުމުގެ ާތީރހަށް ބަލައިލުމެއް

/ގ/ ގެ ރަމްޒަކީ /g/ އެވެ./ޱ/ މިއީ މި ނުވަ އަކުރުގެ ތެރެއިން ހަތްވަނައަށް ޮއތް އަކުރެވެ. މިއީ “ބަރުނޫނު” އެވެ. އެހެން ނަމަވެސް ތާނައިގެ ތަރުތީބުގައި މިއަކުރުގެ

މަގާމުގައި މިހާރު ޮއތީ /ޏ/ އެވެ. ހަގީގަތުގައި /ޏ/ އަކީ ބަދަލުވާ އަކުރުތަކުގެ ބައިގައި ހިމެނޭ އަކުރެކެވެ. ތާނައިގެ ތަރުތީބުގައި /ޱ/ ގެ މަގާމަށް /ޏ/ އަންނަ

ޮގތް ދިމާވީ ދިވެހި ބަހުގައި /ޱ/ ބޭނުން ކުރުން މަދުވެ، އަދި އޭގެ ފަހުން ބަރުނޫނު ބޭނުންކުރުން ގާތްގަނޑަށް މުޅީން ހުއްޓި، /ނ/ އާއި /ޱ/ ގެ އަޑު

ބައެއް މީހުންނަށް ތަފާތުކުރާން ނޭނގޭ ހިސާބަށް ޮގސް، /ޱ/ އަކީ ދެކުނު މީހުން /ޏ/ ގެ ބަދަލުގައި ބޭނުންކުރާ އަކުރެއް ކަމަށް ހީވުމުގެ ސަބަބުންނެވެ.

ޙުސައިން ޞަލާޙުއްދީނުގެ ތުޙްފަތުލްއަދަބިއްޔާ )1928( ގެ އެއް ތަނެއްގައި މި އަޑާ މެދު ލިޔުއްވައިފައި ވަނީ މިއީ ދެކުނުގެ މީހުން /ޏ/ ކިޔާ ޮގތް ކަމުގައެވެ. އެހެން ނަމަވެސް ހަގީގަތަކީ ދެކުނު މީހުން /ޱ/ ބޭނުންކުރާ

އިރު، ވަކި އަޑެއްގެ ޮގތުގައި /ޏ/ ވެސް ބޭނުންކުރާ ކަމެވެ. ޙަސަން ސަޢީދު )2011( ވިދާޅުވާ ޮގތުގައި، އައްޑޫ ބަހުރުވައިގައި /ޏ/ އިން ފެށޭ ޮއތީ އެންމެ ލަފްޒެކެވެ. އެއީ “ޏަމްޏަމް” އެވެ. މިސާލަކަށް

އައްޑޫ ބަހުރުވައިން، “އަހަރެން ޏަމްޏަމް ބޭނުން، ޮކންތަނަކުން ލިބޭނީ؟” މިހެން އަހާއިރު ބުނާނީ “މަ ޏަމްޏަމް ބޭޱުން! ޮކންތާކުން ލިބޭޱެއި؟” މިހެންނެވެ.

ތުޙްފަތުލް އަދަބިއްޔާގެ އެއް ތަނެއްގައި /ޱ/ އަކީ ދެކުނުގެ މީހުން /ޏ/ ކިޔާ ޮގތް ކަމަށް ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައި ޮއތް ނަމަވެސް ހަމަ އެޮފތުގައި )1928(، ތާނައިގެ އަކުރުތައް މީގެ 200 ވަރަކަށް އަހަރު ކުރީން ހުރި ސިފަ ބަޔާން ކުރެއްވިއިރު، ތާނައިގައި އަސްލު /ޱ/ ޮއންނަ

މަގާމުގައި /ޱ/ ވަނީ ލިޔުއްވައިފައެވެ. މިއީ ރަސްމީ ބަހުރުވައިން ލިޔުމުގައި މިހާރު އާންމުޮކށް ބޭނުންކުރެވޭ

އަކުރެއް ކަމުގައި ނުވިޔަސް، މިއީ ރަސްމީ ބަހުރުވައިގައި ވެސް ވަކި އަޑެއްގެ ޮގތުގައި ކުރީން ފާހަގަކުރެވިފައި ޮއތް އަޑެއް ކަން އެނގެނީ ރަސްމީ

ލިޔުންތަކުގައި މި އަޑު ލިޔުމަށް ވަކި އަކުރެއް ބޭނުން ކުރެވިފައިވާތީއެވެ. ކުރީގެ ރަސްމީ ލިޔުންތަކުގެ ތެރެއިން މިއަކުރު ވަރަށް ގިނައިން ފެނެއެވެ.

“ކަލާފާނު ފަތްޮކޅު” ފަދަ ރަސްމީ ބަހުރުވައިން ލިޔެވިފައި ހުރި، ކުރީގެ ރަސްމީ ލިޔުންތަކުން ވެސް /ޱ/ އާއި /ޏ/ ވަކި ދެ އަކުރެއްގެ ޮގތުގައި ފެންނަން

އެބައޮތެވެ. ހަމަ އެހެންމެ ތާނައިގެ ކުރީން ބޭނުން ކުރެވުނު ދިވެސް އަކުރުގައި ވެސް މިއީ ވަކި ދެ އަކުރެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ބަސް ޮފތާއި

Page 7: Sun Magazine 47

7

ތާނަ އަކުރު

އަކުރާއި އެވޭލާ އަކުރު ގައިވެސް ޮއތް އަކުރެއްކަން އެނގިވަޑައި ގަންނަ ވާނެއެވެ. އަދި މިއަކުރަނީ ވަކި ހާއްސަ އައްޑޫ އަޑެއް ނޫންކަން ދޭހަވާ އަނެއް ސަބަބަކީ އައްޑޫ ބަހުރުވައަކީ އެއް އިރެއްގައި ވެސް ލިޔެކިޔުމަށް ބޭނުން ކުރި

ބަހުރުވައެއް ކަމުގައި ނުވާއިރު ވަކި މިއަޑަށް އެކަނި ހާއްސަ ރަމްޒެއް ޮއންނާކަށް ނުޖެހޭ ކަމެވެ.

/ޱ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި އިދިފުށުގެ )ރެޓްޯރފްލެކްސް( ޯނށު )ނޭސަލް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޱ/ ގެ

ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /`/ އެވެ. މިއަޑު އަދާކުރާ ޮގތާމެދު ޙުސައިން ރަޝީދު އަޙްމަދު )1996( ލިޔުއްވަނީ، “/ނ/ ނެރުމުގައި ދުލަށް ރެޓްޯރފްލެކްސް ކުރުމުން )ނުވަތަ

/ޑ/ ކިޔާއިރު ދޫ ހަރަކާތްކުރާ ޮގތަށް، ދޫ އިދިފުށަށް ލަންބާލުމުން( މިއަޑު ނުކުންނާނެއެވެ. އޭރު ދުލުކުރީޮކޅު ކައިރިން، )Tip of the tongue( ނުފުށް

)އިދިފުށް( ޖެހޭނީ ހަރުތަލީގެ ކުރީޮކޅުގައި، އެތަނުން ވައިފޭދިގެން ނުދާ ވަރަށެވެ. އެވަގުތު ކުޑަދޫ ޮއންނަނީ ތިރިއަށް ވެއްޓިފައެވެ. އެހެންކަމުން ޯނށުގެ މަގު ބަންދު ނުވާތީވެ، ރާރާއަށް އަންނަ ވައި، ރާރާއަށް ހަރަކާތް ދިނުމާއެކު އިތުރު ރާޅުތަކެއް

އެއަށް ލިބިގަންނަމުން ޯނށުން ނިކުމެގެން ދެއެވެ.”/ސ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި

ހިރުގަނޑުގެ )އެލްވީލަރ( ފޫސް )ފްރިކޭޓިވް( އަޑެކެވެ.އައި.ޕީ.އޭ އިން ލިޔާ އިރު /ސ/ ގެ ރަމްޒަކީ /s/ އެވެ.

/ޑ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި އިދިފުށުގެ )ރެޓްޯރފްލެކްސް( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޑ/ ގެ

ރާދަވަޅި ފަދަ ރަސްމީ ލިޔުންތަކުން ވެސް މިއަކުރު ފެނެއެވެ. މިސާލަކަށް: ރާދަވަޅީގައި މަނިކުފާނު ލިޔެވިފައިވަނީ މަޱިކުފާނު މިޮގތަށެވެ. ހަގީގަތުގައި

ޱަވިޔަނި ދިވެހި ބަހުގެ ހުރިހާ ބަހުރުވައެއްގައި ވެސް އާއްމު އަޑެއްގެ ގޮތުގައި މިހާރުވެސް ބޭނުން ކުރެވެއެވެ. އެއީ އަބިނާއެއްގެ )ނުވަތަ

އެޮލޯފނެއްގެ( ޮގތުގައެވެ. އެ ބަހުރުވަތަކުގައި /ނ/ ގެ ދެއަޑު ޮއންނަނީއެވެ. އެއީ /ނ/ އާއި އޭގެ އިދިފުށު /ނ/ އެވެ. ގިނައިން މިއަޑު ބޭނުން ކުރަނީ

އުތުރުގެ ބަހުރުވަ ތަކުގައެވެ )ޙުސައިން ރަޝީދު އަޙްމަދު، 1996(. ޙުސައިން ރަޝީދު އަޙްމަދު )1996( ހާމަކުރައްވާ ޮގތުގައި ބައެއް މީހުން /ނ/ ބޭނުން ކުރަން ޖެހޭ ތަންތަނުގައި ވެސް /ޱ/ ބޭނުން ކުރާލެއް މަދެއް ނޫނެވެ. އަދި އުތުރުގެ ގިނަ ބަހުރުވަ ތަކުގައި މިދެއަޑު ބޭނުން ކުރުމުގައި

ވަކި ދެ ޮފނީމަކަށް ނުވާތީ މިދެއަޑަކަށް ވަކި ގަވައިދެއް ޯނވެއެވެ. ހަގީގަތަކީ ބަދަލުވާ އަކުރަކީ /ޏ/ ކަމަށް ވެއްޖިއްޔާ އަކުރުގެ އަސްލު

/ނ/ ކަމުގައި ވުމެވެ. ބަދަލުނުވެ އަސްލުގެ ޮގތުގައި ޮއންނަ ނަމަ އަކުރުގެ އަސްލަކީ /ޱ/ ކަމުގައި ވުމެވެ. އުތުރުގެ ގިނަ ބަހުރުވަތަކުގައި ނޫނުގެ މިދެއަޑަށް ގަވައިދެއް ޯނންނާތީ އެމީހަކަށް ފަސޭހަ ތަނެއްގައި އެއިރަކަށް

ފަސޭހަ އަޑެއް ބޭނުން ކުރަނީއެވެ. ރަސްމީ ބަހުރުވައިގައި މި އަޑު ވަކި ބިނާއެއްގެ ޮގތުގައި

ލިޔުމުގައި މިހާރު ބޭނުން ނުކުރެވުނަސް، އަދިވެސް ތަފާތު ދެ އަޑެއްގެ ޮގތުގައި /ނ/ އާއި /ޱ/ ފާހަގަ ކުރެވެއެވެ. މިސާލަކަށް “މަށެއް ނުބުނަމެވެ.” މި ބަހުގައި މިޮއތް ފުރަތަމަ /ނ/ އަކީ ރަސްމީ

ބަހުރުވައިގައި /ނ/ އެއް ކަމުގައި ވިޔަސް ބައެއް މީހުން /ޱ/ ގެ އަޑުން ވެސް އެއަޑު އަދާކުރެއެވެ. އަދި ދެވަނަ /ނ/ އެންމެން ވެސް ބޭނުން

ކުރަނީ ހަގީގަތުގައި /ޱ/ ގެ އަޑުންނެވެ. “ނަމާދު” މި ލަފްޒު ކިޔާއިރު، ޮއންނަ /ނ/ އަކީ ލުއި /ނ/ އެވެ. ލުއި ނޫނަކީ އެލްވީލަރ އަޑެކެވެ.

އެހެން ނަމަވެސް “ފުރާޱަ )ފުރާނަ(” ކިޔާއިރު ޮއންނަނީ ބަރުނޫނު އެވެ. މިއީ ހަރުތަލީގެ ރެޓްޯރފްލެކްސް އަޑެކެވެ. މި ދެ ލަފްޒު ވަކިވަކީން

ކިޔާލުމުން “ނަމާދު” ގައި ޮއންނަ /ނ/ އާއި “ފުރާނަ”އިގައި ޮއންނަ /”ނ”/ ގައި ތަފާތެއް ހުރިކަން ފާހަގަ ކުރެއްވޭކަމަށް ވަރަށް ގިނަ

ބޭފުޅުން ވިދާޅުވެއެވެ.މިހާރުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ޮގތުގައި މިއީ

އައްޑޫ ބަހުރުވައިގެ ނުވަތަ ދެކުނު ބަހުރުވަތަކުގެ އަޑެކެވެ. އެހެންކަމުން ބައެއް ބޭފުޅުން މިއަކުރަށް މިހާރު ކިޔައި އުޅެނީ ވެސް “އައްޑޫ

ބަހުރުވައިގައި ޮއންނަ /ޱ/ އެވެ. ހަގީގަތުގައި މިއީ ވަކި ބަހުރުވައަކާ ބެހޭ އަކުރެއް ނޫނެވެ. މިއަކުރާ މެދު ދިރާސާ ޮކށްފިނަމަ ޮކންމެ ބޭފުޅަކަށް ވެސް މިއީ ހަމަ

މައް ދިވެހި އަޑެއް ކަމާއި ދިވެހި ތާނައާއި ކުރީން ބޭނުން ކުރި ދިވެސް

ތާނައިގެ ދެވަނަ 9 އަކުރާއި އެ އަކުރުތަކުގެ ބައްޓަން އޭގެ މައްޗަށް ބިނާ ކުރެވުނު މުސްކުޅި ދިވެހި ވިޔައިގެ އަކުރުތައް

Page 8: Sun Magazine 47

8

ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /D/ އެވެ.ދިވެހި ވިޔައިން އުފެދުނު 9 އަކުރުގެ ބައި މި ނިމުނީއެވެ. ވިޔަ އަކުރުތަކުން އުފެދުނު އަކުރުތައް ނޫން އަކުރުތަކަށް ކިޔައި އުޅެނީ ބޭރުން

ވެއްދި ވިޔަނިތަކޭއެވެ. އެއީ މި އަކުރުތަކަކީ ވިޔަ އަކުރުތަކުގެ ބޭރުން ވެއްދުނު އަކުރުތަކެއް ކަމަށް ވާތީއެވެ. ހަގީގަތުގައި މި އަކުރުތަކާ ވެސް ވިޔަ އަކުރާ

ގުޅުން އެބަ ހުއްޓެވެ. އެހެނީ މިއަކުރުތަކަކީ ވިޔަ އަކުރުން އުފެއްދި އަކުރުތަކަށް ކުދި ބަދަލުތައް ގެނެސްގެން އުފައްދައިފައި ހުރި އަކުރުތަކެކެވެ.

ވިޔަ އަކުރުތަކުން ހެދިފައިވާ އަށާރަ އަކުރުގެ ފަހަށް ދެން ޮއތީ ކުރީގައި ދިވެސް އަކުރުން ލިޔުނު ޒަމާނުގައި ވެސް ބޭނުން ކުރެވުނު /ޝ/ އާއި /ޒ/ އެވެ. މި ދެ އަކުރު އުފައްދައިފައިވަނީ ވިޔަ އަކުރުން އުފެދުނު /ސ/ އާއި /ރ/ އިންނެވެ. /ޝ/ އާއި /ޒ/ ގެ ތަރުތީބަށް ވެސް މިއަދު ވަނީ ބަދަލު އައިސްފައެވެ. /ޝ/ އާއި /ޕ/ އަކީ ތިކިޖެހިފައި ޮއތެއް ކަމަކު ތިކި ޖެހި

ތާނައިގެ ތެރޭގައި ނުހިމެނޭ ދެ އަކުރުކަމުގައި އައްނަބީލާ އާމިނަތު ޙުސައިން ފަތްތޫރައިގައި ލިޔުއްވައިފައިވެއެވެ. އެހެން ނަމަވެސް މިއަދު /ޝ/ ހިމަނާފައިވަނީ

ތިކިޖެހިތާނައިގެ ތެރޭގައެވެ. ދެ ވިޔައިން އުފެދުނު އަށާރަ އަކުރާއި ފަހުން ބަޔާން ކުރެވުނު ދެ އަކުރުގެ ފަހުން ދެން ހުރީ ބަދަލުވާ އަކުރުތަކެވެ. މިއަކުރުތަކުގެ ތަރުތީބަކީ

އެއަކުރާ ގުޅޭ އަސްލު އަކުރުތަކުގެ ތަރުތީބެވެ. އެއީ ޓ، ޏ، ޔ، ޕ، ޖ، ޗ މިއެވެ. /ށ/ ބަދަލުވަނީ /ޓ/ އަށެވެ. ބަށި - ބަށްޓެއް މި ޮގތަށެވެ. /ޓ/ ގެ

ޯބކޮޅު މިހާރު /ބ/ އަކާ ވައްތަރު ވިޔަސް ކުރީގެ ލިޔުންތަކުން އެއީ /ށ/ އަށް ބިނާކުރެވިފައިވާ އަކުރެއްކަން އެނގެއެވެ. ދެން އަންނަނީ /ނ/ ގެ ބަދަލު އަކުރު

ކަމުގައިވާ /ޏ/ އެވެ. ބަދަލުވަނީ އުނި - އުންޏެއް މި ޮގތަށެވެ. ކުރީގައި ބުނެވުނު ފަދައިން މިއަދުގެ ތާނައިގެ ތަރުތީބުގައި މިއަކުރު ހިމަނާފައިވަނީ

ކުރީން ބަރުނޫނު ޮއތް ތަނުގައެވެ. /ޏ/ ބިނާ ކުރެވިފައިވަނީ /ނ/ އަށެވެ. /ނ/ ގެ ފައިޮކޅު ލަނބާލައިގެންނެވެ. ދެން ޮއތީ /އ/ ގެ ބަދަލު އަކުރު ކަމުގައިވާ

/ޔ/ އެވެ. ބަދަލުވަނީ މުއި - މުޔެއް މި ޮގތަށެވެ. މިއަކުރު ބިނާކުރެވިފައިވަނީ /އ/ އަށެވެ. އަލިފުގެ ފަހަތު ފައިކަށްޓަށް ޮބޅެއް އިތުރުޮކށްގެންނެވެ. ދެން ޮއތީ

/ފ/ ގެ ބަދަލު އަކުރު ކަމުގައިވާ /ޕ/ އެވެ. ބަދަލުވަނީ ކަފި - ކަތްޕެއް މި ޮގތަށެވެ. މިއަކުރު ބިނާޮކށްފައިވަނީ /ފ/ އަށެވެ. ފާފުގެ ތިރީގައި ތިއްކެއް

ޖަހައިގެންނެވެ. ދެން ޮއތީ /ދ/ ގެ ބަދަލުވާ އަކުރު ކަމުގައިވާ /ޖ/ އެވެ. ބަދަލުވަނީ ޯބދި - ޯބއްޖެއް

މި ޮގތަށެވެ. މި އަކުރު ބިނާޮކށްފައިވަނީ /ދ/ އަށެވެ. /ދ/ ގެ ފައިޮކޅު ލަނބާލައިގެންނެވެ. ދެން

ޮއތީ /ތ/ ގެ ބަދަލުވާ އަކުރު ކަމުގައިވާ /ޗ/ އެވެ. ބަދަލުވަނީ ފަތި - ފައްޗެއް މި ޮގތަށެވެ. މިއަކުރު

ބިނާޮކށްފައިވަނީ /ތ/ އަށެވެ. /ޝ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު

)ޮވއިސްލެސް( އަދި ހިރުގަނޑާއި ތަލީގެ )ޕެލެޯޓއެލްވީލަރ( ފޫސް )ފްރިކޭޓިވް( އަޑެކެވެ.

/C/ ީއައި.ޕީ.އޭ އިން ލިޔާ އިރު /ޝ/ ގެ ރަމްޒަކއެވެ.

/ޒ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ހިރުގަނޑުގެ )އެލްވީލަރ( ފޫސް )ފްރިކޭޓިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޒ/ ގެ ރަމްޒަކީ /z/ އެވެ.

/ޓ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި އިދިފުށުގެ )ރެޓްޯރފްލެކްސް( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޓ/ ގެ

ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /T/ އެވެ./ޏ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ހަރުތަލީގެ )ޕެލެޓަލް( ގަދަ )ޕްޯލސިވް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޏ/ ގެ

ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /N/ އެވެ./ޔ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ހަރުތަލީގެ )ޕެލެޓަލް( ޮސއްސާ )އެޕްޮރކްސިމެންޓް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު

/ޔ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /y/ އެވެ./ޕ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި ދެ

ތުންފަތުގެ )ބައިލޭބިއަލް( ގަދަ )ޕްޯލސިވް( އަޑެކެވެ.އައި.ޕީ.އޭ އިން ލިޔާ އިރު /ޕ/ ގެ ރަމްޒަކީ /p/ އެވެ.

/ޖ/ އަކީ މަޖްހޫރު ނުވަތަ އަޑުފާޅު )ޮވއިސްޓް( އަދި ހަރުތަލީގެ )ޕެލެޓަލް( އަފޫސް )އެފްރިކޭޓް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޖ/ ގެ

ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /j/ އެވެ./ޗ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި ހަރުތަލީގެ )ޕެލެޓަލް( އަފޫސް )އެފްރިކޭޓް( އަޑެކެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ޗ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން ކުރަމުން އަންނަ ރަމްޒަކީ /c/ އެވެ. ތާނައިގެ

އެންމެ ފަހު އަކުރަކީ މިއީއެވެ.އެހެންކަމުން ތާނައިގެ އަސްލު އަކުރުތަކަކީ ވިޔަ އަކުރުން އުފެއްދި އަށާރަ އަކުރާއި، ދިވެސް އަކުރުގެ ޒަމާނުގައި ވެސް ބޭނުންކުރި ޝ އާއި ޒ މި ދެއަކުރާއި، ބަދަލުވާ އަކުރުގެ ހަ އަކުރެވެ. ޖުމްލަ ސައްބީސް އަކުރެވެ.

އެހެން ނަމަވެސް މިހާރުގެ ތާނައިގައި ބަރުނޫނު ހިމެނިފައި ނުވުމާއި ޝ އަކީ ތިކިޖެހި ތާނައިގެ އަކުރެއް ކަމުގައި ބެލުމުގެ ނަތީޖާއެއްގެ ޮގތުން މިއަދު ތާނައިގެ އަސްލު އަކުރުތަކުގެ ޮގތުގައި ފާހަގަ ކުރެވެނީ ސައުވީސް އަކުރެވެ. މިއީ ދިވެހި ބަސް ލިޔެކިޔުމަށް މިހާރު ބޭނުން މި ކުރާ ތާނައިގެ އަކުރުތަކަށް ތާރީހީ ޮގތުން

އައިސްފައިވާ ބަދަލުތަކެވެ. )ނިމުނީ(

ރާދަވަޅީގެ ސަފްހާއަކުން ...

Page 9: Sun Magazine 47
Page 10: Sun Magazine 47

10

އިޔާޒު ނަސީމް ސަން މާފާނު

އަބޫ ޔޫސުފް ޔަޢުޤޫބު ބިން އިސްޙާޤް އައްޞަބާޙް ނުވަތަ އަލްކިންދީ މަޝްހޫރުވެ ވަޑައިގެންފައިވަނީ އަރަބީންގެ ފަލްސަފާވެރިޔާގެ ނަމުންނެވެ. އަލްކިންދީއަކީ

ފަލްސަފާވެރިއެއްގެ އިތުރުން ޮމޅު ހަކީމެވެ. ހިސާބު އިލްމުވެރިއެކެވެ.

އަބޫ ޔޫސުފް ޔަޢުޤޫބު ބިން އިސްާޙޤް އައްޞަާބޙް )އަލްކިންީދ(

މަނިޕޫރުއަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް

އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން

މަނިޕޫރަށެވެ. މިއީ އިރުއުތުރު އިންޑިޔާއަށް ނިސްބަތްވާ ސްޓޭޓެކެވެ. މަނިޕޫރުގެ އުތުރުގައި ޮއތީ ނާގަލޭންޑެވެ. ދެކުނުގައި ޮއތީ މިޯޒރާމެވެ. ހުޅަނގުގައި ޮއތީ

ބުއްދީގެ ފުރާގު "ބޭރު ބަހެއް ދަސްވެފައިވާ މީހެއްގެ އެންމެ ޮބޑު ވާޖިބަކީ އެ ބަހަކުން ކުރެވިފައި ހުރި އިލްމީ މަސައްކަތްތައް ތިމާގެ

އަމިއްލަ ބަހަށް ތަރުޖަމާ ކުޅައުމެވެ." - އަލްކިންދީ

އާސާމެވެ. އިރުމަތީގެ އިން ޮގސް ގުޅެނީ ބަރުމާ )މިޔަންމާ( ގެ އިމާއެވެ. މަނިޕޫރަކީ އިންޑިޔާގެ އިރުމަތީ ބިތުގައި ޮއންނަ ހަތްއުޚްތުންގެ ނަމުން

ނަންދެވިފައިވާ ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. މަނިޕޫރުގެ އިތުރުން "ހަތް އުޚްތުން"ގެ ތެރޭގައި ހިމެނޭ ހަ ސްޓޭޓަކީ އަރޫނާޗަލްޕްރަދޭޝް އާއި، ނާގާލޭންޑާއި، އާސާމާއި، މިޯޒރާމާއި، ތްރިޕޫރާ އާއި، މޭގާހލަޔާއެވެ. މި ހަތް

ސްޓޭޓާއި އިންޑިޔާގެ ދެން ޮއތް ބައި ގުޅިފައިވަނީ ވެސްޓް ބެންގާލް ސްޓޭޓުގައި ޮއންނަ ހަނި ބިން އަރިއަކުންނެވެ. މި ތަނަށް ކިޔަނީ ސިލިގޫޅި ޮކރިޯޑ ނުވަތަ

ކުކުޅު ކަރެވެ.މަނިޕޫރުގެ ވެރިރަށަކީ އަދި އެންމެ ޮބޑު ޝަހަރަކީ އިންޕާލް އެވެ. މަނިޕޫރުގެ ރަސްމީ ބަހަކީ މަނިޕޫރީ )މޭތައި( ބަހެވެ. މިއީ ސިޯނޓިބެޓަން ބަސްތަކުގެ

އާއިލާއަށް ނިސްބަތްވާ ބަހެކެވެ.މަނިޕޫރު ސަރަހައްދަކީ ހާއްސަ ސަރަހައްދެއްގެ ޮގތުގައި ކަނޑައަޅައިފައިވާ ސަރަހައްދެއް ކަމުން، ބިދޭސީންނާއި މަނިޕޫރު ސްޓޭޓުގެ ރައްޔިތުން ނޫން އިންޑިޔާ މީހުންނަށް މަނިޕޫރަށް ދެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.

މަނިޕޫރުގެ އާބާދީއަކީ 3 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 22 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 23 ވަނައެވެ.

އިދާރީ ޮގތުން މަނިޕޫރު ބަހައިލެވިފައިވަނީ 9 ޑިސްޓްރިކްޓަށެވެ.

މޫސީގާރެކެވެ. އުފަންވެވަޑައިގަތީ ކޫފާގައެވެ. އަދި އެންމެ ފުރަތަމައަށް ތައުލީމު ހާސިލުކުރެއްވީ ވެސް ކޫފާއިންނެވެ.

އަލްކިންދީ އަކީ އަތުލިޔުމުގެ ފަންނުގައި ވެސް އަރައި ހުންނެވި ބޭފުޅެކެވެ. މިކަމުގެ ސަބަބުން އޭނާ ވެވަޑައިގެންފައިވަނީ ޢައްބާސީ ދައުލަތުގެ ވެރިންގެ

އަރިހުގައި ވަރަށް މަޤްބޫލު ބެއިފުޅަކަށެވެ. ބައެއް އިލްމުވެރީން ދެކެވަޑައިގަންނަވާ ޮގތުގައި މެދު ޒަމާނުގައި މުޅި ދުނިޔެ ދުށް އެންމެ ވަރުގަދަ 12 އާލިމުންގެ

ތެރޭގައި އަލްކިންދީ ހިމެނި ވަޑައިގަންނަވައެވެ.އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 801 ވަނަ އަހަރުއެވެ. އަވަހާރަވީ

މީލާދީން 873 ވަނަ އަހަރު ބަޣުދާދުގައެވެ.

Page 11: Sun Magazine 47

ދާދި މިދާކަށްދުވަހު ދިމާވި ކަމެކެވެ. އިރާޮކޅުގެ ވަގުތެވެ. ޮލނުޒިޔާރަތް މަގުން ހެންވޭރާ ވީޮކޅަށް ދުއްވާފައި ޮގސް

ޝަހީދުއަލީ މިސްކިތާ އަރައި ހަމަވިއިރު އެދިމާގައި ތަންޮކޅެއް ބައި ހެޮޔޮކށް ޮއތީމާ މަޑުޮކށްލައިފީމެވެ. ވެގެން އުޅޭ ޮގތެއް

ބަލައިލުމަށެވެ. ސައިކަލް ޕާކުޮކށްފައި ފައިބައިގެން ތަންޮކޅަކަށް ދިޔަތަނާ އެބައިގަނޑުގެ ތެރެއިން ފުލުހުންގެ ދެތިން

މީހަކުވެސް ފެނިއްޖެ އެވެ. ޮކންމެވެސް ކަންތައްގަނޑެއް ބަޔަކު ހިންގާލައިގެން އުޅެނީކަން ކަށަވަރުވެއްޖެ އެވެ.

އެތަނަށް ޮގސް ވެގެން އުޅޭޮގތެއް ޮއޅުން ފިލާޯތ ފުރަތަމަ އަހައިލި މީހާއަށް އެއްޗެއް އެނގޭ ކަމަކަށް ނުހެދި އެވެ. ދެން އިތުރު މީހެއްގާތަކު ނާހަމަވެ. ފުލުހުން ކުރާކަމެއް ބަލައިލުމަށް

އެދިމާއަށް ޖެހިލައިފީމެވެ. އޭރު ފުލުހުންގެ ގާތުގައި ވާހަކަ ދައްކަން ތިބީ ޒުވާން ފުރައިގެ ތިން ކުއްޖެކެވެ. އެކުދިންގެ

ވާހަކަ އަޑު އަހައިލުމުން ވެގެން އުޅޭ ޮގތް ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއްޖެ އެވެ.

އެއީ ޮލނުޒިޔާރަތްމަގެވެ. ހެންވޭރު ސްކޫލަށް ވުރެވެސް އެޮކޅުން ފެށިގެން ޝަހީދުއަލީ މިސްކިތް ފަސްދީ ޖަނަވަރީ ހިނގުމާހަމައަށް ހުރި ހުރިހާ ސައިކަލެއްގެ މަޑީގައި ޮކޅުން ޮކޅަށް ކަޓަރު އަޅާފައި ހުރެގެން އެކަން ބަޔަކު ފުލުހުންނަށް ރިޯޕޓްކުރީ އެވެ. ފުލުހުން އައިސް އެ އުޅެނީ އެ މައްސަލަ ބަލާށެވެ. މީހުންތައް އެއްވެ އެ އުޅެނީ، މިބާވަތުގެ ޮކންމެ

ކަމެއްގައި ޮއންނަ އާންމު އުޞުލުގެ މަތިންނެވެ.އެރޭގެ އެ “ކުޑަކުޑަ” ހާދިސާގައި ހަމަ ކަށަވަރުންވެސް ފަންސާހަކަށް ފަސްޮދޅަހަކަށް ސައިކަލުގެ މަޑި ކަފާލާފައި

ވާނެއެވެ. މިމަންޒަރު ފެނިފައި ހިތަށް އެރި އެވެ. ހަމަގައިމުވެސް މިއީ މީހެއްގެ ކިބައިން ނުވަތަ ބަޔަކުގެ ކިބައިން ހިފާފައިވާ ބަދަލަކަށް ނުވާނެއެވެ. އެންމެ މީހަކު ނުވަތަ ބަޔަކު އައިސް މި އެންމެންގެ ކިބައިން ބަދަލު

ހިފާވަރުގެ ކަމެއް ދިމާވެދާނެހެން ހީނުވާތީ އެވެ. ޮކންމެވެސް މީހެއްގެ ލާނެތްކަމުގެ ލާނެތް އަމަލަކަށް ނޫނީ މިކަމެއް

ނުވާނެ އެވެ. އެހެންނަމަވެސް މިފަދަ ލާނެތްކަމެއް ގައުމެއްގައި އަށަގެންފިނަމަ ދިރިއުޅެން ހެޮޔވާވަރުގެ ގައުމަކަށް މި ގައުމުވާނެ

ބާވަ އެވެ. މިއަދުގެ ލާނެތްކަން މަގުތަކުގައި ހުރި ހުރިހާ ސައިކަލަށެވެ. މާދަމާގެ ލާނެތްކަން މަގުތަކުގައި ހިނގާ ބިނގާވެ

އުޅޭ އެންމެންނަށެވެ.

މިކަން ނުކުރެވުނުނަމަ...

މުހައްމަދު ގާސިމްއުޑުދަށުން

ޙައްޤުން ކަމަކާނުލައި މީހުންގެ މުދަލަށާއި ޯގތި ގެޮދރަށް ގެއްލުން ދިނުމަކީ މިއަދު މިގައުމުގައި އާކަމެއް ނޫނެވެ.

އެހެންނަމަވެސް މިފަދަ އަމަލުތަކަކީ އޭގެ ޒާތުގައި ބިރުހުރި ނުރައްކާތެރި އަމަލުތަކެކެވެ. މިހެން މި ދެންނެވީ، އެފަދަ

އެއްޗިއްސަކީ ނުވަތަ ތަންތަނަކީ މީސްމީހުންގެ މުޅި ދިރިއުޅުމާ ގުޅިފައި ހުރި އެއްޗިއްސާއި ތަންތަން ކަމަށްވާތީ އެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެއްކުރާ ފައިސާޮކޅުން ޯހދާ

ތަކެއްޗާއި ތަންތަން ކަމަށްވާތީ އެވެ. މިފަދަ އެއްޗަކަށް ނުވަތަ ތަނަކަށް ޮބޑު ގެއްލުމެއް ދީފިނަމަ އެޮއތް ހުރިހާ ދުވަހު އެމީހަކު ކުރި ބުރަ މަސައްކަތާއި ޮއޮހރި ދާތައް ޮއޔަށް ވަޔަށް ބުރައިގެން

އެ ދަނީ ހަމަ ބަސްބުނާ ހިނދުންނެވެ.މިފަދަ ކަންކަން މިއަދު ހިނގަނީ ހަމައެކަނި މާލެއަކު ނޫނެވެ.

މިބާވަތުގެ “އަތްމުނިމުނިކެވުން” އަތުގެ އިނގިލިތަކުން ގުނާލަން ފަސޭހަނުވާ މިންވަރަށް އިތުރުވެފައި ހުރި ރަށް

ރަށް އަޮތޅުތަކުގައި ވެސް އެބަހުއްޓެވެ. ދަނޑުވެރިން ބުރަ މަސައްކަތުން ހައްދާ ދަނޑުތައް، ރޭގަނޑު ދަންވަރު ޮގސް ހަފުސްޮކށްލުމަކީ ރަށްރަށުގައި އައުކަމެއް ނޫނެވެ. ފުރާޅަށް ގާއުކައި، ގޭގެއާއި ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި، ފަޅު

ޮއޑިފަހަރަށް ގެއްލުން ދިނުމަކީ ކުރަން ހެޮޔނުވާވަރުގެ ކަންކަމަށް ވިޔަސް، ކުރަމުން އަންނަ ކަންކަމެވެ. ދާދި މިދާކަށް ދުވަހު ނޫހެއްގައި ޮއތް ޚަބަރަކީ މީހަކު އެތައް މިލިޔަން ރުފިޔާއެއް

ޚަރަދުޮކށްގެން ބަން ޮބޑު ޮއޑިއެއް، އެންމެ ދަތުރެއްވެސް ނުޮކށް، އާޯރ ތާނާކަން މަތީގައި ޮއއްވާ އަންދާ އަޅިއަށް ހަދާލި ވާހަކަ

އެވެ. ހެޮޔވާނެހެއްޔެވެ؟ޚިޔާލުތަފާތުވެދާނެ އެވެ. ނުރުހުމުގެ ރާގުގައި ވާހަކަދައްކަންވެސް

ޖެހިދާނެ އެވެ. ހިތާނުވާފަދަ ބަހެއްވެސް މީހަކު ބުނެފާނެ އެވެ. ނުވަތަ އެއަށްވުރެ ޮބޑުކަމަކާވެސް ކުރިމަތިވެދާނެ އެވެ. އެހެންނަމަވެސް މިފަދަ ކަންކަމުން ހިތުގައި އުފެދޭ ނަފުރަތުގެ

ޮއއިވަރުގައި ތިމާގެ ނަފުސު ޖެހުނަނުދޭށެވެ. އެންނޫނީ އެ ޮއއިވަރުގައި ތިމާ ގެންދާނީ ވަރަށް ނުރައްކާތެރި ދިމާއަކަށެވެ.

އަތުން ފައިން ހައްދާނީ ޯގހެވެ. އެތައް ބަޔެއްގެ ޙައްޤު ޮބލުގައި އަޅުވަން ޖައްސާނެ އެވެ. އާޚިރުގައި މި ހުރިހާ ޙައްޤެއް

އަދާކުރަން ޖެހޭނީ ތިމާޮކށްފައި ހުރި ހެޮޔ އަމަލުޮކޅުންނެވެ. އެދުވަހު ހިތަށް އަރާނެ އެވެ. ސަހަޯރ އެވެ. މިކަން

ނުކުރެވުނުނަމަ އެވެ.

11

Page 12: Sun Magazine 47

ޢަބްދުهللا ފާރޫޤު ޙަސަން

ނެއެވެ. ހޭ ާއމިރުންާނ ދެކޮޅަށް ތެދުވަން ޖެ

އާމިރުންނާ ދެޮކޅަށް ނިކުންނަންޖެހޭނެ

ޝައްކެންތެވެ. މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ޙަރަކާތްތަކާއި، ވެރީން އިޙްތިސާބު ކުރުމާއި ފަރުދީ މިނިވަންކަމާއި، ދުލާއި ޤަލަމުގެ

މިނިވަންކަމާއި، އިސްލާމީ އުންމަތުގެ ޮމހުމާއި ޮގށްޖެއްސެވުމުގެ އަހްލުވެރީންނަށް ވަލިއްޔުލް އަމްރުން ޢަޒުލުކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންފައިވޭޯތ ނުވަތަ

ނޫންޯތއާ މިފަދަ މުސްލިމުންގެ އިޖްތިމާޢީ ޙަޔާތާ ލާމެހިފައިވާ ކަންކަމުގައި ޢާއްމު މުސްލިމުންނަށް އިރުޝާދު ލިބުމަކީ ޮކންމެހެން ބޭނުން ކަމެކެވެ. މުސްލިމުންގެ

ޢަޤީދާއާއި ޢިބާދާތާބެހޭ އެތައް ކަމެއްގައިވެސް އިސްލާމީ ޢިލްމުވެރީންގެ މެދުގައި ހުންނަ ޚިލާފުތަކާ އެކުވެސް ރައުޔުތައް ފާޅުކުރެވިފައިވާ ފަދައިން

މިދާއިރާތަކުގައިވެސް ޚިޔާލުފާޅު ކުރެވެން ޖެހެއެވެ. އިސްލާމީ ނިޒާމުގައި މިފަދަ ދާއިރާތަކަށް މަގު ދައްކައިފައިވާޮގތް ޮއޅުން ފިލުވައިދޭން ޖެހެއެވެ. އެހެންކަމުން އެތަކެއް ހުރަސްތަކާއެކުވެސް މިކަމުގައި އެންމެ ފުރަތަމަ އިސްނެންގެވީ ޢައްލާމާ

ޔޫސުފުލް ޤަރްޟާވީއެވެ.ކުރީންވެސް ދެންނެވި ފަދައިން ޢައްލާމާ ޔޫސުފުލް ޤަރްޟާވީއަކީ އިސްލާމީ

އުންމަތަށް އިތުބާރު ކުރެވޭފަދަ ޢާލިމެކެވެ. މުފައްކިރެކެވެ. ޙާކިމުން މުޙާސަބާ ކުރުމާއި ޗާޓުން ބޭރުވެފައިވާ ވެރީންނާ މުޢާމަލާ ކުރަންވީ ޮގތާމެދު އޭނާ ދެއްވައިފައިވާ ފަތުވާއަކީވެސް އޭނާގެ ދީނީ ފިޤްހުވެރިކަމާއި، ޚިޔާލުފުޅުގެ

ތަނަވަސްކަން ހާމަވެގެންދާ ފަތުވާއެކެވެ. އޭނާވަނީ މުސްތަބިއްދު ޙާކިމުންނާ ދެޮކޅަށް އިސްލާމީ އުންމަތް ތެދުވި ތެދުވުމަށް ފިސާރި ކެރިވަޑައިގެން ހުންނަވައި ތާއިދު ކުރައްވައިފައެވެ. މިޞުރާއި ތޫނިސާއި ސޫރިޔާއާއި އެނޫންވެސް އިސްލާމީ ޤައުމުތަކުގެ ޢާއްމު ރައްޔިތުން އެބައިމީހުންގެ ފާސިދު ވެރީންނާދެޮކޅަށް ހިންގާ

ޙަރަކާތްތަކަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ ޞައްޙަ ކަންތައްތަކެއް ކަމުގައި ތައްގަނޑު ޖައްސަވައި ދެއްވައިފައެވެ. ނަމަވެސް އޭނާގެ ފަތުވާއަކީ ސަޢޫދިއްޔާގެ ހައިއަތު ކިބާރުލް ޢުލަމާއުއާއި އަދި އެނޫންވެސް މުފުތީންގެ ފަތުވާތަކާ ވަޑިފަތިވާ

ފަތުވާއެކެވެ. ފުށުއަރާ ފަތުވާއެކެވެ. ނަތީޖާއަށްވީ ސަލަފީ ބައެއް ޢިލްމުވެރީން އޭނާގެ ލޭފޮދު ހުއްދަ ވެއްޖެކަމުގެ ފަތުވާ ނެރުއްވުމެވެ. ފިތުނަވެރިކަމަކީ ޤަތުލު

ކުރުމަށްވުރެވެސް މާނުބައި ކަމެއްކަމުގައި ޮއންނަ ބަސްފުޅަށް ޙަވާލާދީފައެވެ.ޢައްލާމާ ޔޫސުފުޤަރްޟާވީގެ ފަތުވާއަކީ ހަމައެކަނި އޭނާ ގިނިކަންޏާ ޙިއްޞާކުރައްވާ ފަތުވާއެއް ނޫނެވެ. އިސްލާމީ އުންމަތުގެ މަޝްހޫރު ޢާލިމް އަދި ފަޤީހު މައުލާނާ

ޚާލިދު ސައިފުهللا ރަޙްމާނީވެސް ވަނީ މިމޭރުމުން ފަތުވާ ދެއްވައިފައެވެ. ދުވަސްތަކެއް ވަންދެން ސުކޫތުގައި ހުންނެވުމަށްފަހު އޭނާވަނީ އިސްލާމީ

ޤައުމުތަކުގެ ވެރީންނާ ދެޮކޅަށް ޢާއްމުން ކުރަމުން ގެންދާ އިޙްތިޖާޖުތަކަށް ތާއިދު

ކުރައްވައިފައެވެ. ސަޢޫދީ އެރެބިޔާގެ ބައެއް މުފުތީންގެ ފަތުވާތަކަށް ރައްދު ދެއްވަމުން 17 ޖޫން 2011 ގައި އޭނާ ނެރުއްވި ބަޔާނުގައިވެއެވެ.

ސުވާލަކީ ހުރިހާ ޙާލަތެއްގައި ވެރީންނަށް ކިޔަމަންވުމަކީ ވާޖިބެއް ހެއްޔެވެ؟ މި ސުވާލެވެ. އިސްލާމްދީން އަމުރުޮކށްފައިވަނީ އަމީރުންނަށް ކިޔަމަންވުމަށެވެ.

އާމިރުންނަށް ކިޔަމަންވާކަށެއް ނޫނެވެ. މުސްލިމުން ކިޔަމަންވާން ޖެހެނީ އުންމަތުގެ ޚަލީފާއިން ކަމުގައިވާ ޢަދުލުވެރި އަމީރުންނަށެވެ. ފިޤުހުވެރީންވަނީ ވެރިކަމުގެ ދެބާވަތެއް ފާހަގަ ކުރައްވައިފައެވެ. އަމާރަތު ޢާދިލާއާއި އަމާރަތު ޤާހިރާއެވެ. އަމާރަތު ޢާދިލާއަށް ކިޔަމަންވުމަކީ ވާޖިބެކެވެ. އެހެން ނަމަވެސް

އަމާރާތު ޤާހިރާއަށް ހުރިހާ ޙާލަތެއްގައި ކިޔަމަންވުމެއް ވާޖިބެއްނޫނެވެ.ހަމައެފަދައިން އިންޑިޔާގެ ޖަމާޢަތެ އިސްލާމީގެ އަމީރު މައުލާނާ ސައްޔިދު ޖަލާލުއްދީން ޢުމަރީވެސް ވަނީ ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކާ ދެޮކޅަށް

ޢާންމުން ހިންގާ ޙަރަކާތްކަށް ތާއީދު ކުރައްވައިފައެވެ. ފަންސަވީސް ފެބްރުއަރީ ދެހާސް އެގާރައިގައި އޭނާ ނެރުއްވި ބަޔާނެއްގައެވެ. އޭނާގެ ފަތުވާއާއި އައްލާމާ

ޔޫސުފުލް ޤަރްޟާވީގެ ފަތުވާގައި ވަނީ ދާދި އެއް ޚިޔާލުފުޅެކެވެ.އިސްލާމީ ޤައުމުތަކުގެ ޗާޓުން ބޭރުވެފައިވާ ފާސިޤު ވެރީންނާ ދެޮކޅަށް

ޯނޓް: މި މަޒްމޫނުގެ މައިގަނޑު އަސްލަކަށް ބަލައިފައިވަނީ މިޒަމާނުގެ ނަންހުރި އިސްލާމީ މުފައްކިރު ސައްޔިދު އަބުލްއަޢުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމް އާޒާދުއާއި، ޕްރޮފެސަރ މުޙްސިން ޢުޘްމާނީ ނަދުވީގެ ލިޔުއްވުންތަކެވެ. މިތިން ބޭފުޅުންގެ ތެރެއިން ސައްޔިދު އަބުލްޢައުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމު އާޒާދަކީ

ރާއްޖޭގައިވެސް އިތުރު ތަޢާރުފަކަށް ބޭނުން ދެ ބޭފުޅުންނެއް ނޫނެވެ.

މައުލާނާ ޚާލިދު ސައިފުهللا ރަޙްމާނީ

Page 13: Sun Magazine 47

ޢަމަލީޮގތުން ޙަރަކާތްތެރިވުން ހުއްދަ ކަމުގައި ފަތުވާ ދެއްވާ މަޝްހޫރު ޢާލިމުންގެ ތެރޭގައި ފަޟީލަތުއްދަކްތޫރު މުޙައްމަދު އައްރައިސޫނީ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ އަލްއިއްތިޙާދުލް ޢާލަމީ ލިޢުލަމާއުލް

މުސްލިމީންގެ މުއައްސިސެވެ. އަދި އެ އިއްތިޙާދުގެ މެންބަރެކެވެ. ހަމައެފަދައިން، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްލިސުލް ޢުލަމާއުގެ މެންބަރެކެވެ.

އަލްމަޖްލިސުއް ތަންފީޛީ ލިލްމުޠަލައްޤީ އަލްޢާލަމީ ލިލްޢުލަމާއުލް މުސްލިމީންގެ ވެސް މެންބަރެކެވެ. މީގެ އިތުރުން ޖަމްޢިއްޔާ ޚިއްރީޖީ އައްދިރާސާތުލް

އިސްލާމިއްޔާގެ އަމީންޢާއްމުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މަޣްރިބުގެ ރާބިޠަތުލް މުސްތަޤްބަލިލް އިސްލާމީގެ ރައީސްކަމާއި މަޣްރިބުގެ ޙަރަކަތުއްތައުޙީދު

ވަލްއިޞްލާޙުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖާމިޢާ މުޙައްމަދު އަލްޚާމިސްގެ އުޞޫލުލްފިޤްހާއި

މަޤާޞިދުއްޝަރީޢާގެ އުސްތާޛުކަމާއި، ޖިއްދާގެ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފިޤްހީ ޤަވާޢިދުތަކާ ބެހޭ ޑިޕާޓްމަންޓުގެ އިސް މުޝީރުކަން ހިމެނެއެވެ.

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ އޭނާގެ ]އިންޤިލާބާތެ ޢަރަބް ދުންޔާމޭ އިސްލާމީ ނުޤުޠާއޭ ނަޒަރު[ގައި ލިޔުއްވައިފައިވެއެވެ.

އިސްލާމީ ޢިލްމުވެރިކަމުގެ ޮފތްތަކުގެ ތެރެއިން އައްރައްދު ޢަލަލްމުޚްތާރިއަކީ ތަންޮކޅެއް ތުނި ޮފތެއް ކަމުގައި ވިޔަސް ޢިލްމީ ޮއށްޓަރުގެ ޮގތުން އެޮފތަކީ

ވަރަށްވެސް ޯބ ޮފތެކެވެ. އެޮފތުގެ ބާބުލް ބުޣާތުގައިވެއެވެ. ]ޚަލީފާ ޖަމާޢަތަކަށް އަނިޔާ ވެރިވުމުން އެ އަނިޔާ ދުރުކުރުމަށްޓަކައި އެޖަމާޢަތެއް

ޚަލީފާގެ ކިޔަމަނުން ބޭރުވެ އެބައެއްގެ ޙައްޤު ލިބިގަތުމަށް މަސައްކަތްކުރި ކަމުގައި ވިޔަސް އެ ޖަމާޢަތަކީ ބާޣީ ޖަމާޢަތެއްކަމަކަށް ކަނޑައެއް ނޭޅޭނެއެވެ.

ޔަޢުނީ އެއީ މަނާކުރެވިފައިވާ ބަޣާވަތެއް ކަމަކަށެއް ނުވާނެއެވެ. )ކީރިތި ޤުރްއާނުގައި މަނާކުރައްވައިފައި ވަނީ ޙައްޤަކާ ނުލައި ބަޣާވަތް ކުރުމެވެ.(

އަނިޔާލިބުނު މީހުނާ ދެޮކޅަށް ޚަލީފާއަށް ވާގިވެރިވެ އަނިޔާވެރިކަމަށް އެހީތެރިވުން މުސްލިމުންނަށް ހުއްދަވެގެންނެއް ނުވާނެއެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި އެ އަނިޔާލިބިފައިވާ މީހުނަށް އެހީތެރިވެ އަތްބާރުއަޅައި ދިނުން މުސްލިމުންގެ މައްޗަށް

ވާޖިބުވާނެއެވެ.[]ދެވަނަ ކަމަކީ މުސްލިމުން ކިޔަމަންވެ ޯބލެނބުމުގެ އަމުރު އައިސްފައިވަނީ

އަމީރުލް މުއުމިނީން ނުވަތަ ޚަލީފަތުލް މުސްލިމީން ކަމުގައި ހިމެނޭ އަމީރުންނަށެވެ. އެ ވެރިޔަކީ ޞާލިޙެއް ކަމުގައި ވިޔަސް ފާޖިރެއް ކަމުގައި

ވިޔަސް އޭނާއަށް ކިޔަމަންވުމަށް ޙަދީޘްފުޅު ތަކުގައި އަމުރުކުރައްވައިފައި ވަނީ އެފަދަ އަމީރުންނަށެވެ. މުސްލިމުންގެ މެދުގައި މިހާރަކު އެފަދަ އިޖްތިމާޢީ ވަޙްދަތެއްނެތެވެ. އެ ދައުލަތެއްގެ އަމީރު ނުވަތަ އިމާމު ނުވަތަ ޚަލީފާއަށް

ކިޔަމަންވުމުގެ އަމުރު އައިސްފައިވާ ފަދަ ދައުލަތެއް ނުވަތަ އެފަދަ ނިޒާމެއްނެތެވެ.

މިއަދު އިސްލާމީ އުންމަތްވަނީ ކުދިކުދި އެތައް ދައުލަތްތަކަކަށް ބެހިފައެވެ. އެދައުލަތްތަކުން ހިންގަނީ ޮގށްމުށު ބާރެވެ. އިސްކުރަނީ އަނިޔާވެރިކަމެވެ.

އެބައިމީހުންގެ ނަޒަރިއްޔާތު އިސްލާމްދީނާ ދުރެވެ. އެބައިމީހުންނަކީ އެހެންޏާ އިޝްތިރާކިއްޔަތުގެ ބައިވެރީންނެވެ. އެހެންޏާ ހުޅަނގުގެ ތަހްޒީބުގެ ދިދަ

އުފުލައިދޭ މީހުންނެވެ. އެބައިމީހުންގެ ޤިބްލައަކީ ލަންޑަނާއި، ޕެރިހާއި، ޮމސްޯކއާއި، ޮވޝިންގޓަނެވެ. އެހެންވީއިރު އެފަދަވެރީންނަށް ތަބާވުމަކީވެސް ވާޖިބެއް ހެއްޔެވެ؟

ނުވަތަ އެބައިމީހުން ޢަޒުލުކުރާން މަސައްކަތް ކުރުމަކީ ޝަރްޢާ ޚިލާފުކަމެއް ހެއްޔެވެ؟[

]އިސްރާއީލާ ރަޙްމަތްތެރިކަމުގެ މުޢާހަދާޮކށް ގުޅުން ބަހައްޓައި އިސްލާމީ ޙުދޫދުތަކަށް ފުރައްސާރަޮކށް އިސްލާމްދީނުގެ ނަބިއްޔާއަށް ތައުހީނުކުރާ ]އަމީރުލް

މުއުމިނީނުން[ ނަށްވެސް ކިޔަމަންވުމުގެ އަމުރު އައިސްފައިވޭ ހެއްޔެވެ. އެއްވުންތަކާއި މުޒާހަރާތަކުގެ ޒަރީޢާއިން އެފަދަ މީހުން ވެރިކަމުން ދުރުޮކށް

އެއަށްވުރެ ހެޮޔލަފާ ބަޔަކު ވެރިކަމަށް ގެނެސް ޮގށްމުށުބާރުގެ ނިޒާމު ނިމުމަކަށް ގެނެސް އިންސާނީ ޙައްޤުތައް ޢާއްމުކުރެވޭން ޮއތްކަމުގައި ވިޔަސް އެކަން

ނުކުރާންވީ ހެއްޔެވެ؟[]ބައެއް ފަހަރަށް އިޙްސާސްވާ ޮގތުގައި އިސްލާމްދީނުގެ ޞައްޙަ ތަޞައްވުރު

ޮފހެވިގެން ޮގސްފައިވަނީ ހަމައެކަނި މުސްލިމުންގެ ޢާއްމުންގެ ހިތްތަކަކުންނޫނެވެ. ޚާއްޞުންގެ ސިކުނޑިތަކުންވެސް މެއެވެ. އެބައިމީހުންނަކަށް އިސްލާމީވެރިކަމާއި

މުސްލިމުންގެ ވެރިކަމާހުރި ފަރަޤު ފާހަގައެއް ނުކުރެވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި އިސްލާމީ ނަމެއްކިޔާ މީހަކު ރައީސަކަށް ނުވަތަ ރަސްކަލަކަށް

ނުވަތަ ބޮޑު ވަޒީރަކަށް ހުރުމުން އެމީހެއްގެ ވެރިކަމަކީ އިސްލާމީ ވެރިކަމެކެވެ. އަނެއްޮކޅުން މުސްލިމެއްގެ ފަރުދީ ޙަޔާތުގައި ނަމާދާއި، ޯރދައާއި މިބާވަތުގެ ދީނީ

ވާޖިބުތައް އަދާކުރުން ލާޒިމުވާ ފަދައިން މުސްލިމުންގެ އިޖްތިމާޢީ ޙަޔާތުގައި އިސްލާމްދީނުގެ ސިޔާސީ އިޤްތިޞާދީ، އިޖްތިމާޢީ ނިޒާމު ތަންފީޒު ކުރުމަކީވެސް ލާޒިމު ކަމެކެވެ. އެ ނިޒާމުތައް ތަންފީޒު ނުކުރެވޭނަމަ އެ ވެރިކަމަކީ އިސްލާމީ

ވެރިކަމަކަށް ނުވާނެއެވެ. އެފަދަވެރިކަމެއް ބަދަލުޮކށްލުމުގެ އެކަށޭނަކަން ކިރިޔާވެސް އޮތްކަމުގައިވާނަމަ އެކަމަށް މަސައްކަތް ކުރާން ޖެހޭނެއެވެ. އިސްލާމީ

ދުނިޔޭގައި މިހާރު ހިނގަމުން މިދަނީ އެމަސައްކަތެވެ.[އިސްލާމްދީން ޮފނުއްވީ އިންސާނުން އެންމެހައި މަޚްލޫޤާތުތަކުގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ޚާލިޤުވަންތަ މާތްهللاއަށް އެކަނި އަޅުވެތިވެ ޯބލަނބާ ބަޔަކަށް ހެއްދެވުމަށް ޓަކައެވެ. މުސްލިމުން ކިސްރާއާއި

ޤައިޞަރާ ދެޮކޅަށް ތެދުވުމުގެވެސް އެންމެ ޚާއްޞަ އެއް މަޤްޞަދަކީ ފާރިސީންނާއި ރޫމީންގެ އަޅުވެތި ކަމުގައި ހަފުސްވެފައި ތިބި ރައްޔިތުންނަށް މިނިވަންކަމާއި އިންސާނީ ކަރާމަތް ޯހދައި ދިނުމެވެ. އެބައިމީހުންނަށް އަނިޔާ

އިޚްވާނުލްމުސްލިމީން ޖަމާޢަތަކީ އިސްލާމީ ދުނިޔޭގައި ޮއތް ސިޔާސީ ޚުދުމުޚްތާރިއްޔަތާ ދެޮކޅަށް އެންމެ ކާމިޔާބު ކަމާއެކީ މަސައްކަތް ކުރާ ޖަމާއަތް

Page 14: Sun Magazine 47

14

ކުރެވެމުންދާއިރު ކޫސް ކިޔައިލުމުގެ ޙައްޤުވެސް ލިބިފައިނުވާތީ ވެރީންގެ ކުރިމަތީގައި މަތިހަށިނަގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިދިނުމެވެ. އެހެންކަމުން އިސްލާމީ މަންހަޖުގައި މުސްލިމުންނަށް ވަނީ ނުހަނުފުޅާ ދާއިރާއެއްގައި ވެރީން

މުޙާސަބާކުރުމުގެ ޙައްޤު ދީފައެވެ.وسلم ގެ ޚަލީފާ އަމީރުލް މުއުމިނީން عليه الله ކައުސާހިބާ صىل

އަބޫބަކުރުއްޞިއްދީޤު ރަޟިޔަهللا ޢަންހު އެކަލޭގެފާނުގެ ޚަލީފާކަމުގެ އެންމެ ފުރަތަމަ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

]އަހަރެން މާތްهللا އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާހައި ހިނދަކު ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ. އަހަރެން މާތްهللا އާއި އެކަލާނގެ

ރަސޫލާއަށް އުރެދިއްޖެނަމަ އަހަރެންނަށް ކިޔަމަންވުމެއް ތިޔަބައިމީހުންގެ މައްޗަކަށެއް ނެތެވެ.[

އަމީރުލް މުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަهللا ޢަންހުގެ ޚިލާފަތުގައި ބަލިކަށި އަންހެނުންނަށްވެސް އެކަލޭގެފާނު އިޙްތިސާބު ކުރެވެއެވެ. ޞަޙާބީންގެ

މަޖްމަޢެއްގައި ވާހަކަދައްކަވަމުން އެއްފަހަރަކު ސުވާލުކުރެއްވިއެވެ. ]އަހަރެން ތެދުމަގުން އެއްކިބާ ވެއްޖެނަމަ ތިޔަބައިމީހުން ކަންތައްކުރާނީ ކިހިނަކުން

ހެއްޔެވެ؟ ޞަޙާބީންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ސީދާކުރާނީ އަޅުގަނޑުމެންގެ ކަނޑިތަކުންނެވެ. ޞަޙާބީން މިޖަވާބު ދެއްވުމުން ޢުމަރުގެފާނު އެކަމާ ޯކފާވެ އެބޭކަލުންނަކާ ޮމއްޓަވައެއް ނަހައްދަވައެވެ. ވަލިއްޔުލް އަމްރުގެ

ކުރިފުޅު މައްޗަށް ކަނޑިހިފައިގެން ނިކުތުމަކީ ޙަރާމްކަމެކޭ ވިދާޅެއްނުވެއެވެ. އަދި ކީއްތޯއެވެ؟ އެބޭކަލުން ސާބަސްދެއްވައި ތާރީފުކުރެއްވިއެވެ. އިސްލާމީ އުންމަތުގައި އެފަދަ ބޭކަލުން ތިއްބެވީތީ މާތްهللاއަށް ޙަމްދު ކުރެއްވިއެވެ. ޢުމަރު ރަޟިޔަهللا ޢަންހުގެ މިޒާޖުފުޅާއި އެކަލޭގެފާނު އުންމަތަށް އިރުޝާދު ދެއްވަމުން ގެންދެވި

ގޮތް ދެނެވަޑައިގަންނަވާ ހުރިހާ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާނެ ފަދައިން ޢުމަރުގެފާނުގެ ނަޒަރުގައި ހުއްދަނޫން ދަރަޖައަކަށް ވަޑައިގަންނަވާން އެބޭކަލުން ހުށަހެޅުއްވިނަމަ ޢުމަރުގެފާނު އެކަމުގައި އެބޭކަލުންނަށް ވަޑައިގެންނެވޭނެ އިން

ފާހަގަ ޮކށްދެއްވީހެވެ.

ޝައްކެއްނެތެވެ. އިސްލާމީ ޝަރީޢަތުގެ މިޒާޖާއި އިސްލާމްދީނުގެ ނަބިއްޔާގެ ބަސްފުޅުތަކުގެ އެންމެ ފުރިހަމަ މަފްހޫމު ދެނެވަޑައި ގަތުމުގައިވެސް އެންމެ

ކުރިޔަށް ތިއްބެވީ އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނެވެ. އިތުރު ސާހިބާގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ޮގތްޮކޅަކީ

މިންހާޖުއްނުބުއްވަތެވެ. އަޅުގަނޑުމެންނަށް ތަބާވާންޖެހޭ ނަމޫނާއެވެ.

އިމާމުލް އަޢުޡަމްގެ ބަސްފުޅާއި ޢަމަލުފުޅު

އަލްއިމާމު އަބޫޙަނީފާ ރަޙިމަހުهللاގެ ދުވަސްވަރު އިސްލާމީ ދުނިޔޭގައި ބަޙްޘުކުރެވެމުންދިޔަ އެންމެ މުހިންމު އެއްމަސްއަލައަކީ މުސްލިމުންގެ

އިމާމަކީ އަނިޔާވެރި ފާސިޤަކަށް ވެއްޖެނަމަ އެމީހަކާ ދެޮކޅަށް ނުކުމެވިދާނެޯތ މި މަސްއަލައެވެ. މި މަސްއަލައަކީ ޚުދު އަހްލުއްސުންނާގެ މެދުގައިވެސް

ފަހަކަށްއައިސް ޚިލާފު އުފެދިފައިވާ މަސްއަލައެކެވެ. އަހްލުލްޙަދީޘްގެ ވަރަށްޮބޑު ޖަމާޢަތެއްގެ ޚިޔާލުގައި އެމީހެއްގެ އަނިޔާއާ ދެޮކޅަށް ހަމައެކަނި ދުލުން އަޑު

އުފުލިދާނެއެވެ. އެމީހެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނެވިދާނެއެވެ. ނަމަވެސް އެމީހަކާ ދެޮކޅަކަށެއް ނުނިކުމެވޭނެއެވެ. އެމީހަކު ޙައްޤަކާނުލައި ލޭ ޮއޮހރުވިޔަސް ވެހެވެ. މީސްތަކުންގެ ޙައްޤުތައް ނިގުޅައި ގަތަސްވެހެވެ. ފާޅުގައި ފާސިޤުކަމަށް

އަރައިގަތް ކަމުގައި ވިޔަސްވެހެވެ. ނަމަވެސް އިމާމުއަބޫޙަނީފާގެ ނަޒަރުގައި ފާސިޤުންގެ އިމާމުކަން ހަމައެކަނި ބާޠިލީކީ ނޫނެވެ. އަދި ކީއްޯތއެވެ. އެފަދަ

އަމީރުންނާ ދެކޮޅަށް ހަތިޔާރާއެކު ނުކުމެވިވެސް ދާނެއެވެ. ކާމިޔާބު އިންޤިލާބެއްގެ ޒަރީޢާއިން އަނިޔާވެރި ފާސިޤުގެ ބަދަލުގައި ޢަދުލުވެރި ޞާލިޙު މީހަކު ވެރިކަމަށް

ގެނެވުމުގެ އެކަށޭނަކަން ޮއތްކަމުގައިވާނަމަ އެމީހަކާ ދެޮކޅަށް ބާރުގެ ބޭނުން ޮކށްގެން ނިކުތުމަކީ ލާޒިމުވެސް ކަމެކެވެ.

އިމާމުއަބޫޙަނީފާގެ އުސޫލީ ރައުޔު އެކަލޭގެފާނު ފާޅުކުރައްވައިފައިވާ ޚިޔާލުފުޅުތަކުން ޮއޅުމެއްނެތި ސާފުވެއެވެ. ނަމަވެސް އެކަލޭގެފާނު އެޮގތުގައި ސާބިތުވެ ހުންނެވީ ކިހާ ވަރަކަށްކަން ހާމަވެގެންދަނީ އަނިޔާވެރި ވެރީންނާ

މައުލާނާ ސައްޔިދު ޖަލާލުއްދީން ޢުމަރީ )ކަނާއަތް ފަރާތުގައި(

Page 15: Sun Magazine 47

15

ދެޮކޅަށް އެކަލޭގެފާނުގެ ޒަމާނުގައި ނިކުމެވަޑައިގެންނެވި ބޭކަލުންނަށް ދެއްވި ޢަމަލީ ތާއީދު ތަކުންނެވެ. މިޮގތުން ފާހަގަކުރެވޭ އެންމެ ފުރަތަމަ ޙާދިޘާއަކީ

ޒައިދު ބިން ޢަލީ އުމަވީ ދައުލަތާ ދެޮކޅަށް ނިކުމެވަޑައި ގެންނެވި ނުކުމެވަޑައި ގަތުމެވެ. ޒައިދު ބިން ޢަލީއަކީ އަލްއިމާމު ޙުސައިން ބިން ޢަލީ ރަޟިޔަهللا

ޢަންހުގެ ކާފަ ދަރިކަލެކެވެ. އިމާމު މުޙައްމަދުލް ބާޤިރުގެ އަޚެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި އަރާހުންނެވި ޢާލިމެކެވެ. ފިޤްހުވެރިޔެކެވެ. ޞާލިޙު މާތް ބޭކަލެކެވެ. ޚުދް އަބޫ ޙަނީފާވެސް ވަނީ އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައި

ގެންފައެވެ. އެކަލޭގެފާނު އުމަވީ ދައުލަތާ ދެޮކޅަށް ނިކުމެވަޑައިގަތީ ހިޖްރައިން އެއްސަތޭކަ ބާވީސްވަނަ އަހަރުގެ ޞަފަރު މަހުއެވެ. އެކަލޭގެފާނުގެ ނިކުމެވަޑައިގަތުމުގައި އިމާމުއަބޫޙަނީފާގެ ފުރިހަމަ ތާއީދުޮއތީ އެކަލޭގެފާނާ އެކުގައެވެ. އެކަލޭގެފާނަށް

މާލީޮގތުން އެހީތެރިވެވަޑައިގެން ދެއްވިއެވެ. އެކަލޭގެފާނާ ބައިވެރިވުމަށް މީހުނަށް عليه الله صىل الله ބާރުއެޅުއްވިއެވެ. އެކަލޭގެފާނުގެ ނިކުމެވަޑައިގަތުން رسول

وسلم ބަދުރު ހަނގުރާމައަށް ނިކުމެވަޑައިގެންނެވި ނިކުމެވަޑައިގަތުމާ އެއްސިފަ

ކުރެއްވިއެވެ. އާދެ، އިމާމު އަބޫ ޙަނީފާގެ އަރިހުގައި ޒައިދު ބިން ޢަލީ ހުންނެވީ ޙައްޤުގައި ކަމީ ކަށަވަރު ކަމެކެވެ. އިތުރު ސާހިބާ ހުންނެވީ ޙައްޤުގައިކަން

އެނގޭފަދައިން ސާބިތުވެ އެނގޭ ކަމެކެވެ. )ތަފްޙީވާތު، ޖިލްދު: 3، ޞަފްޙާ 245 - ސައްޔިދު އަބުލް އަޢުލާ މައުދޫދީ(

މިބާވަތުގެ ދެވަނަ ޙާދިޘާއަކީ މުޙައްމަދު ބިން ޢަބްދިهللا )ނަފްސު ޒަކިއްޔާ( އާއި އެކަލޭގެފާނުގެ އަޚު އިބްރާހީމް، ޢައްބާސީ ދައުލަތާ ދެޮކޅަށް ނިކުމެވަޑައިގެންނެވި ނިކުމެ ވަޑައިގަތުމެވެ. އެދެބޭކަލުންނަކީ އަލްއިމާމު ޙަސަން ބިން ޢަލީ ރަޟިޔަهللا

ޢަންހުގެ އައުލާދުގެ ބޭކަލުންނެވެ. އެ ދެބޭކަލުން ޢައްބާސީ ދައުލަތާ ދެޮކޅަށް ނިކުމެވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ.

ނަފްސު ޒަކިއްޔާ ޢައްބާސީ ދަޢުލަތާ ދެޮކޅަށް ނިކުމެވަޑައިގެންނެވި ޙާދިޘާގައި އިމާމުއަބޫޙަނީފާ ނަފްސު ޒަކިއްޔާއަށް ތާއީދުކުރައްވައި އޭނާއަށް އެހީތެރިވެވަޑައިގަތީ ޒައިދު ބިން ޢަލީގެ ޙާދިޘާއަށްވުރެވެސް މާފާޅުކަންޮބޑު

ގޮތެއްގައެވެ. ޢައްބާސީ ޚަލީފާ އަބޫޖަޢުފަރުލްމަންޞޫރު ސީދާ ކޫފާގައި ހުންނަވަނިޮކށެވެ. ކޫފާގައި ރޭގަނޑަށް ކާފިއު ހިންގައިފައި ޮއއްވައެވެ.

އިބްރާހީމާއެކު ޢައްބާސީންނާ ދެޮކޅަށް ނިކުތުމަކީ ސުންނަތް ޙައްޖަކަށްވުރެ ފަންސާސްގުނަ ނުވަތަ ހަތްދިހަގުނަ ސަވާބު އިތުރުވާނެކަމެއް ކަމުގައި

އިމާމުއަބޫޙަނީފާ ފަތުވާދެއްވިއެވެ. އަބޫ އިސްޙާޤު އަލްފަޒާރީއެވެ ކިޔުނު މީހަކާ މުޚާޠަބުކުރައްވައި އިމާމު ވިދާޅުވެފައިވެއެވެ. އިބްރާހީމާ ބައިވެރިވާ ކަލޭގެ އަޚާގެ

ޢަމަލު ކަލޭގެ ކާފަރުންނާ ދެޮކޅަށް ތިޔަކުރާ ހަނގުރާމައަށްވުރެ، މާހެޮޔކަން ބޮޑެވެ. އަބޫބަކުރުޖައްޞާޞާއި، އަލްމުވައްފިޤުލް މައްކީއާއި، އިބްނުލްބައްޒާރުވަނީ

އިމާމުގެ މިވާހަކަފުޅު ނަކަލު ކުރައްވައިފައެވެ. ޚުދް އެބޭކަލުންނަކީވެސް ޮބޑެތި ބޮޑެތި ފަޤީހުންނެވެ. މި ދެ ޙާދިޘާއިން ހާމަވެގެންދަނީ ކާމިޔާބު އަދި

ޞާލިޙް އިންޤިލާބެއްގެ އެކަށޭނަކަން ޮއތްކަމުގައިވާނަމަ އަނިޔާވެރި ސަރުކާރަކާ ދެޮކޅަށް ނިކުތުމަކީ ހަމައެކަނި ހުއްދަކަމަކީ ނޫންކަމަށާއި ވާޖިބުކަމެއްކަމަށް

އިމާމު ދެއްވައިފައިވާ ފަތުވާގައި ސާބިތުވެ ހުންނެވި ވަރުގަދަކަމެވެ. މުސްލިމް މުޖްތަމަޢުގެ ދާޚިލީ ނިޒާމު ފާސިދުވެރިކަމެއްގެ އަޅުވެތިކަމުން މިންޖުކުރަން މަސައްކަތްކުރުން ބޭރުގެ ކާފަރުންނާ ދެޮކޅަށް ކުރާ ހަނގުރަމަޔަކަށްވުރެ

މާމުހިންމު ކަމުގައި އިމާމު ދެކެވަޑައި ގަންނަވާކަމެވެ.މި މަސްއަލައިގައި އަލްއިމާމު މާލިކު ރަޙިމަހުهللا ޢަމަލުކުރައްވައިފައިވާ

ޮގތްކޮޅުވެސް އިމާމު އަބޫ ޙަނީފާއާ ވަކި ތަފާތެއްނޫނެވެ. ނަފްސު ޒަކިއްޔާ ނުކުމެވަޑައިގެންނެވި ދުވަސްވަރު އިމާމު މާލިކާ މީހުން ސުވާލުކުރިއެވެ.

]އަޅުގަނޑުމެންގެ ކަނދުރާގައިވަނީ ޚަލީފާ މަންޞޫރުގެ ބައިޢަތުގެ ލަގަން އެޅިފައެވެ. އެހެންވީއިރު ޚަލީފާކަމަށް ދަޢުވާކުރާ އެހެން ފަރާތަކާ

އަޅުގަނޑުމެންނަށް ބައިވެރިވެވޭނީ ކިހިނަކުންޯތއެވެ؟[ އިމާމު މާލިކު ފަތުވާ

ދެއްވިއެވެ. ޢައްބާސީންނަކީ އަނިޔާވެރިކަމުގެ ޒަރީޢާއިން ވެރިކަންކުރާ ބައެކެވެ. އިމާމު މާލިކުގެ މިފަތުވާގެ ސަބަބުން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު

ނަފްސު ޒަކިއްޔާއާ ބައިވެރިވިއެވެ. އިމާމު މާލިކަށްވަނީ އެކަމުގެ އަދަބު ލިބިވަޑައިގެންފައެވެ. މަދީނާގެ ޢައްބާސީ ގަވަރުނަރ ޖަޢުފަރު ބިން ސުލައިމާން

އެކަލޭގެފާނުގެ ގައިޮކޅުގައި ހަންމުށީން ތަޅުވައި އެކަލޭގެފާނުގެ އަތްޕުޅު ޮކނޑުހުޅުފުޅުން ލުއްސައިލިއެވެ. )ތަފްހީމާތު، ޖިލްދު: 3، ޞަފްޙާ: 249

ސައްޔިދު އަބުލް އަޢުލާ މައުދޫދީ(

ދެ އިމާމުންގެ ގިނިކަންޏާ ރައުޔެއް ނޫނެވެ.އަނިޔާވެރި ވެރީންނާ ދެޮކޅަށް ޢަސްކަރީޮގތުން ނިކުތުމުގެ މަސްއަލައިގައި

އަހްލުއްސުންނާގެ ތެރޭގައި އަލްއިމާމު އަބޫ ޙުނައިފާއާއި އަލްއިމާމު މާލިކަކީ އެބޭކަލުންގެ ރައުޔުގައި ގިނިކަންޏާ ދެބޭކަލުންނޭ ބުނުމަކީ ޞައްޙަ ބުނުމެއްނޫނެވެ.

ޙަޤީޤަތުގައި ހިޖްރީ ފުރަތަމަ ޤަރުނުގައި އިސްލާމްދީނުގެ ޢިލްމުވެރީންގެ ބޮޑުންގެ ރައުޔަކީ އަލްއިމާމު އަބޫ ޙަނީފާއާއި އަލްއިމާމު މާލިކު އެބޭކަލުންގެ ބަސްފުޅާއި ޢަމަލުފުޅުން ދައްކަވައިފައިވާ ޮގތްޮކޅެވެ. އަމީރުލް މުއުމިނީން އަބޫ ބަކުރުއްޞިއްދީޤު ރަޟިޔަهللا ޢަންހު އެކަލޭގެފާނުގެ ޚިލާފަތުގެ ބައިޢަތަށްފަހު

ދެއްވި އިފްތިތާޙީ ތަޤްރީރުގެ ވާހަކައާއި، އަމީރުލްމުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަهللا ޢަންހު ވެރީން އިހްތިސާބު ކުރުމާމެދު ދެކެވަޑައިގަންނަވާ ޮގތުގެ

ވާހަކަ އިސްވެދިޔަ ތާނގައިވަނީ ބަޔާންކުރެވިފައެވެ.وسلم ގެ ޯލފުޅުގެ ނޫރުކަމުގައި عليه الله އިސްލާމްދީނުގެ ނަބިއްޔާ صىل

ހިމެނިވަޑައިގަންނަވާ ޮލބުވެތި މާފަ ދަރިކަލުން އަލްއިމާމު ޙުސައިން ބިން ޢަލީ ރަޟިޔަهللا ޢަންހު، ޔަޒީދު ބިން މުޢާވިޔާގެ ޤާއިމުވެފައިވާ ވެރިކަމާ ދެޮކޅަށް

ނުކުމެވަޑައި ގެންނެވިއެވެ. ޚުދް އެކަލޭގެފާނަކީ އިސްލާމްދީނުގެ މުޖްތަހިދެކެވެ. وسلم ގެ عليه الله ސުވަރުގޭގެ ޒުވާނުންގެ ވެރިޔެކެވެ. ކައުސާހިބާ صىل

ސުވަރުގޭގެ ދެމަލުންކުރެ އެއްމަލެވެ. އެކަލޭގެފާނު ޔަޒީދުގެ ވެރިކަމާދެޮކޅަށް ނިކުމެވަޑައިގެންނެވިއިރު ޞަޙާބީންގެ ވަރަށްގިނަ ބޭކަލުންވެސް ދުނިޔޭގައި

ތިއްބެވިއެވެ. )ނުނިމޭ(

މައުލާނާ ސައްޔިދު ޖަލާލުއްދީން ޢުމަރީ

Page 16: Sun Magazine 47

16

ރައީސް ނަޝީދު 2013 ގައި ފެއިލްވުމަކީ ގާތްކަމެއް ...

ސިޔާސީ ތަޖްރިބާކާރުން ބުނެއެވެ. މީހަކު އިންތިހާބެއް ކާމިޔާބު ކުރަނީ އޭނަގެ އެކަނި ސަޯޕޓަރުން ދޭ ޯވޓަކުން ނޫނެނެވެ. އެކަމަކު އޭނާއާއި

ވާދަ ކުރާ ކެނޑިޑޭޓު ދެކެ ރުޅިން ނުވަތަ އޭނައަށް ނުލާންވެގެން އަނެއް މީހާއަށް ދޭ ޯވޓުންނެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތަމްސީލުވީ މި ދެންނެވި މަންޒަރެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ވަރަށް ސާފެވެ. ރައީސް މައުމޫނަށް ލިބިލެއްވީ 71779 ޯވޓެވެ. ޯވޓުލީ މީހުންގެ ސައްތައަށް

ބަލާއިރު އެއީ %40.34 މީހުން ގެ ޖަވާބެވެ. އެންމެ ކައިރިން ވާދަކުރެއްވި، ރައީސް ނަޝީދަށް ލިބި ލެއްވީ 44293 ޯވޓެވެ. ޯވޓުލީމީހުންގެ ސައްތައަށް

ބަލާއިރު އެއީ %24.91 މީހުންގެ ވާހަކައެވެ. ފުރަތަމަ ބުރުން ފެނިގެން ދިޔަ ނަތީޖާއަކީ ވަކިވަކި ބޭފުޅުންނަށް ޮއތް ތާއީދުކަމަށް ބުނުމުގެ ފުރުސަތު އެބަޮއތެވެ. ދެވަނަ ބުރު ތަފާތެވެ. މިތުރުންނާއި ހަތުރުންވެސް ރައީސް ނަޝީދުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އާހިރު ނަތީޖާއަކީ ގުޅިފައިވާ އިއްތިހާދަކުން ރައީސް

މައުމޫނުގެ މައްޗަށް ފަތަހަ ޯހދުމެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ރައީސް ނަޝީދު 2008 ވަނަ

އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މީހުން އެކަނި ދިން ޯވޓަކުންނެއްނޫނެވެ. ޮކންމެވެސް ސަބަބަކާއި ހުރެ ރައީސް

މައުމޫނާއި ނުރުހޭ، ނަފުރަތުކުރާ އަދި ބަދަލަކަށް އެދި އިއްތިހާދުގެ ބައިވެރިންނާއި ގުޅިގެން ޯވޓުދިން މިހުންގެ ޯވޓުގެ ސަބަބުންނެވެ.

ރައީސް ނަޝީދާއި ވާދަކުރައްވަން ރައީސް މައުމޫނު ނުނިކުންނެވުން ...

ފެންނަ ފެނުމަށް ބަލާއިރު ރައީސް މައުމޫނު 2013 ގެ ރިޔާސީ

ޢަބްދުهللا ޝިނާން

ގެ ރިާޔީސ އިންތިާހބުގައި

އިންތިހާބަކު ވާދައެއް ނުކުރައްވާނެއެވެ. އެހެން ވެއްޖެ ނަމަ ރައީސް ނަޝީދަށް ވާދަކުރައްވަން ޖެހޭނީ މުޅިން އާ ބޭފުޅަކާއެވެ.

ރައީސް ނަޝީދުގެ މުޅި ކެންޕެއިން އަމާޒު ހިފާފަ ހުރީ ސީދާ ރައީސް މައުމޫނާއި ދިމާލަށެވެ. ރައީސް ނަޝީދުގެ ވާހަކަ ފުޅަކީ ރައީސް މައުމޫނު

ވެރިކަމަށް ވަޑައި ގަންނަވަން މަސައްކަތް ޕުޅު ކުރައްވާ ވާހަކައެވެ. އަދި ވަޑައި ގެންފިނަމަ ވާނެ ޮގތުގެ ވާހަކަފުޅު އެކި ފަހަރު އެކި ޮގތްޮގތަށް ދައްކަވައެވެ. އަދި 2008 ވަނަ އަހަރުގެ ކުރީގެ ވާހަކަތަކުގެ ހަނދާން އާޮކށްދެއްވުމަށް

މަސައްކަތްޕުޅު ކުރައްވައެވެ. މަރުހޫމް އިވާން ނަސީމުގެ މަރުގެ ހާދިސާއާއި މާފުށީ ޖަލުގައި ހިނގާ ދިޔަ ބަޑިޖެހުމުގެ ހާދިސާގެ ވާހަކަތަކެވެ.

މިވާހަކަ ތަކުގެ ހަނދާންތައް އާކުރުމުގެ ވަރަށް މުހިއްމު ބޭނުމެއް އެބަޮއތެވެ. އެއީ ރައީސް ނަޝީދުގެ ސަޯޕޓަރުން އަބަދުވެސް ބިރުވެރިކަމެއްގެ

ތެރޭ ބޭތިއްބުމަށެވެ. ކަންޮބޑުވުމެއްގެ ތެރޭ ބޭތިއްބުމެވެ. މިސާލަކަށް އެމެރިކާ ސިފައިން އަފްގާނިސްތާނުގެ ރައްޔިތުން

މެރުމަކީ އެމެރިކާގެ ރައްޔިތުން މާކަންޮބޑުވާކަމެއް ނޫނެވެ. ސަބަބަކީ އެމެރިކާގެ ރައްޔިތުންނަށް އެމެރިކާގެ ސަރުކާރާއި ހުޅަނގުގެ މީޑިޔާއިން އަފްގާނު މީހުން

ސިފަކޮށްދީފައިވާނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި އިސްލާމިކް ޓެރަރިސްޓުންގެ ޮގތަށެވެ. ތަންތަން ޮގއްވާ މީހުން މަރާ އަދި ހުޅަނގުގެ ޮދން މީހުން މަރާ މެޝިންތަކެއްގެ ޮގތަށެވެ. ހުޅަނގުގެ ރައްޔިތުންނަކީ އެއްވެސް ކުށެއް ނެތް މީހުން މެރުމަށް ތާއީދު ކުރާ ބައެއް ކަމުގައި ނުދެންނެވޭނެ

އެވެ. ނަމަވެސް އެބައިމީހުން މަރަންނުކުމެ އުޅޭ ބަޔަކު އެސަރުކާރުތަކުން މަރާ ހުސްކުރުމަކީ ތަބީއީ ޮގތުންވެސް އެސަރުކާރުތަކުން އެކުރާ ކަންކަންމަށް

އެރައްޔިތުން ތާއީދު ކުރާނެ ކަމެކެވެ. އެހެންކަމުން ރައީސް ނަޝީދު އެބޭފުޅާއަށް ތާއީދު ކުރާ މީހުން

އެބޭފުޅާއަށް ލެންބެވުމަށް ޓަކައި މައުމޫނު އެހެން ޮގތަކަށް ދައްކަވަން އެބަޖެހެއެވެ. އަދި 2008 ވަނަ އަހަރު އާންމުޮކށް އެންމެންގެ މެދުގައި ޮއތް ބިރުވެރިކަން

“މައުމޫނު ވެރިކަމަށް ވަޑައިގެންފިނަމަ ދެންވާނީ ކިހިނެއް” މި ސުވާލު އެންމެންގެ ސިކުނޑިތަކުގައި އިންދަން ޖެހެއެވެ. އަދި ހަމަ އެސުވާލު އައުމާއި އެކު އެގޭ

2013

؟ އް ާވީނ ކިހިނެ

Page 17: Sun Magazine 47

17

ޖަވާބަކަށް މަރުހޫމް އިވާން ނަސީމުގެ ވާހަކަ އާއި ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަ އާއި އަދުލާއި އިންސާފުނެތް ވާހަކަ އެރައްޔިތުންގެ ސިކުނޑިއަށް އައުމުން

ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ކުރެވުނީއެވެ. އެކަމަކު ސުވާލަކީ 2013 ވަނަ އަހަރު ރައީސް ނަޝީދާއި

ވާދަކުރައްވަން ރައީސް މައުމޫނު ނުނިކުންނަވައިފި ނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ. ހަމަ އޭރުންވެސް 2008 ވަނަ އަހަރުގެ ނަތީޖާ ތަކުރާރުވެދާނެ ހެއްޔެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ތަޖުރިބާ ކުރެވުން ...

ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ރައްޔިތުންނަށް ވީ ފައިދާޯތ ނުވަތަ ވީ ގެއްލުންޯތ ބަލައި އެކަން ވަޒަންކުރަން ތިބި ބަޔަކީ ދިވެހި ރައްޔިތުންނެވެ. ދެން އެންމެ އަވަހަށް ޮއންނަ ރިޔާސީ އިންތިހާބެއްގައި އޭގެ

ނަތީޖާ ރައީސް ނަޝީދަށް ދެއްވާނެ ކަމާއި މެދު ޝައްކެއް ނެތެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ނިމުނު އިރު ހަމަ

ޔަގީނުންވެސް ކުރިން ކަށަވަރުނުވާ ބައެއް ކަން ކަން ކަށަވަރުވިއެވެ. ރައީސް ނަޝީދަކީ ލާދީނީ ފިކުރުގެ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން އޭރު ކުރަމުން ދިޔަ

ތުހުމަތުތަކަށް ބާރު ލިބޭ ފަދަ ކަންކަން ފަހުން ފެނިފައިވެ އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާއި އަމަލާ ދިމާނުވުމެވެ. އިތުރުފުޅު ހެއްދެވުން ވީ މަޖަލަކަށެވެ. ޮއޅުވާލެއްވުންވީ ޯޖކަކަށެވެ. ދެތެއް ބުނެވެން ޮއތަސް އިތުރު ފުޅެއް ނުހައްދަވާ ހިތްޕުޅު ހަމަ ނުޖެހޭކަހަލައެވެ. ރައީސް

ނަޝީދުގެ އިތުރުފުޅުތައް އެއްޮކށް، އެއްޮފތަކަށް ވަނީ ޖަމާޮކށް ބައެއް ފަރާތްތަކުން ވިއްކާފައެވެ.

އެހެންކަމުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަކީ އާ ޕްޮރޑަކްޓަކަށް ނުވާނެއެވެ. އެހެންކަމުން 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ޮގތް ނޭނގި އެކަމަކު “އުންމީދެއްގައި” ޯވޓު ދިން

ފަރާތްތަކުން ހަމަ އެ އުންމީދުގައި 2013 ވަނަ އަހަރު ޯވޓު ދޭނެކަމަށް ގަބޫލުކުރުމަކީ ދަތިކަމެކެވެ. އެހެންކަމުން އެއީވެސް މަދުވާނެ ޯވޓުކަމުގައި

ފެނެއެވެ. މިސާލަކަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި “ދީނީ މީހުންގެ” ޯވޓުގެ ޮބޑުބައެއް ލިބިލެއްވީ ރައީސް ނަޝީދުއަށް ކަމަށް

ބެލެވިދާނެއެވެ.

“ދެންވެސް ޮހވާނީ ރައީސް ނަޝީދުބާ!”

ދެން ޮއތީ އިހު ބުނެވުނު ދެބަޔާއި މުޅިން އިދިޮކޅު ވިސްނުމުގެ މީހުންގެ ވާހަކައެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ފެނި އެވެރިކަމުގެ ޮމޅުކަމާއި މީރުކަން ތަޖްރިބާ ކުރި މީހުނެވެ. ރައީސް ނަޝީދާއި ދިމާއަށް ޮކންމެ ބަޔަކު ކޮންމެ އެއްޗެއް ކިއި ނަމަވެސް އެއީ އެމީހުނަށް އިވޭ ފެންނަ ވާހަކަތަކެއް

ނޫނެވެ. އެމީހުންގެ ތެރޭ ދެ ބަވާތެއްގެ މީހުން ހިމެނެއެވެ. އެއްބަޔަކީ ރައީސް

ނަޝީދުގެ ކިބައިން ފެނުނު ނުރަނގަޅު ސިފަތަކަކީ އެއީ އެބޭފުޅާގެ އަމިއްލަ ކަމެއް ކަމަށް ގަބޫލުކުރާ މީހުނެވެ. އަނެއްބަޔަކީ އެއީ ޯގސްކަންތައް ކަމަށް

ގަބޫލުކުރާ އެކަމަކު ރައީސް ނަޝީދަށް މަރުދޭ ސަޯޕޓަރުންނެވެ. އެމީހުން ބުނާނީ “ދެންވެސް ޮހވާނީ ރައީސް ނަޝީދު” ކަމަށެވެ.

އެހެންކަމުން މިދެބައި މީހުނަކީ ރައީސް ނަޝީދުގެ ފަހަތުގައި 2013 ގެ ރިޔާސީ އިންތިހާބުގައި ވަރުގަދަޔަށް ވިއްދައިގެން ތިބޭނެ ބައެކެވެ. ނަމަވެސް

ރައީސް ނަޝީދަށް މިފަހަރު އަތުލަން އެންމެ އުނދަގޫވާނެ އެއް ޯވޓަރސް ބްޮލކަކީ “ސްވިންގް ޯވޓަރސުން” ނެވެ. ސަބަބަކީ އެމީހުނަކީ ޕާޓީ ފިކުރަށް

ވުރެ އެމީހުން ގަބޫލުކުރާ އުސޫލަށް ތާއީދުޮކށް އެންމެ ފަހުވަގުތުގައި ބަސް ބުނާ މީހުނެވެ. އެމީހުންގެ ބަހަކީ ޯވޓުގެ ނަތީޖާ ނުކުންނާނެ ޮގތް ކަނޑައަޅާ ވަރަށް

މުހިއްމު އަސްލެކެވެ. ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ

ފުރުސަތު މިއަންނަނީ އިތުރަށް ހަނި ވަމުންނެވެ. އަވަސް އިންތިހާބެއް ނުބާއްވާ ދިގުލާ ޮކންމެ ދުވަހަކީ ރައީސް ނަޝީދުގެ ޮއފު ކެނޑެމުން ދާނެ ދުވަހެކެވެ.

Page 18: Sun Magazine 47

18

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ވަނަ އަކީ ޔުނައިޓެޑް ކިންޑަމް އާއި ޮކމަންވެލްތުގެ 15 ގައުމެއްގެ އެންމެ މަތީ ވެރިޔާއެވެ.

ޮކމަންވެލްތު ރިއަލްމްގެ ނަމުން މަޝްހޫރުވެފައިވާ، މިނިވަން، މުސްތަގިއްލު 16 ދައުލަތެއްގެ ދުސްތޫރީ ވެރިޔާއެވެ. އަދި 54 ގައުމު ހިމެނޭ ޮކމަންވެލްތު

ޖަމާއަތުގެ ވެރިޔަކީ ވެސް އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައެވެ. ރަސްގެފާނު ޯޖޖް 6 ވަނަ އާއި މަންމަރާނީ އެލިޒަބަތުގެ ރެހެންދި

ދަރިކަނބަލުން ކަމުގައި ވާ އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުގެ އެޕްރީލު މަހުގެ 21 ވަނަ ދުވަހުއެވެ. އެހެން

ނަމަވެސް ރަސްމީޮކށް އެކަމަނާގެ އުފަން ދުވަސް ފާހަގަ ކުރެވެނީ ޮކންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ދެވަނަ އާދީއްތަ ދުވަހުއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ލަންޑަނުގައެވެ. ރާނީ އެލިޒަބަތުގެ ފުރިހަމަ ނަންފުޅަކީ އެލިޒަބަތު

އެލެގްޒެންޑްރާ މޭރީއެވެ. އާއިލީ ޮގތުން ގާތް ބޭފުޅުން އެކަމަނާއަށް ދެއްވައިފައި ޮއންނަ ނަންފުޅަކީ ލިލިބަތުއެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ

ވިންޑްސަރ ދަރިޮކޅަށެވެ.

އެކަމަނާ ދިރިއުޅުއްވަނީ ބަކިންހަމް ގަނޑުވަރުގައެވެ. ދިވެހިން އިނގިރޭސި ރާނީއޭ ކިޔަސް އިނގިރޭސި ބަހުން ކުއީން ނުވަތަ ކިންގ ޮއފް އިންގްލޭންޑޭ އެންމެ ފަހުން ކިޔައިފައިވަނީ ކުއީން އޭން )1707-1702( ޮއފް

އިންގްލޭންޑަށެވެ. އޭގެ ފަހުން ވަޑައިގެންނެވި ބޭފުޅުންނަށް ކިޔަނީ ކިންގ ނުވަތަ ކުއީން ޮއފް ގްރޭޓް ބްރިޓެއިންއެވެ. މިހާރު ކިޔަނީ ކިންގ ނުވަތަ ކުއީން ޮއފް

ޔުނައިޓެޑް ކިންގޑަމްއެވެ.ރާނީއަށް ވެރިކަން ލިބިވަޑައިގަތީ ޮބޑުބޭބޭފުޅު އެޑްވަރޑް 8 ގެ

ފަހުން ބައްޕާފުޅު ޯޖޖް 6 ވެރިކަން ކުރެއްވުމަށް ފަހުއެވެ. ބައްޕާފުޅު 6 ވަނަ ޯޖޖް ރަސްގެފާނު އަވަހާރަވުމުންނެވެ. އެކަމަނާއަށް ރަނިކަން ލިބިވަޑައިގަތް އިރު އުމުރުފުޅުން 25 އަހަރުފުޅެވެ. ކުއީން އެލިޒަބަތުގެ ޮކޮރނޭޝަންގެ ރަސްމިއްޔާތު

ޮއތީ 2 ޖޫން 1953 ގައެވެ. މި ރަސްމިއްޔާތު ޓީވީން ދެއްކިއެވެ. މިއީ އިނގިރޭސިވިލާތުގެ ރަސްކަލެއް ނުވަތަ ރަނިކަނބަލެއްގެ ޮކޮރނޭޝަން ޓީވީން

ދެއްކި ފުރަތަމަ ފަހަރު ވެސްމެއެވެ.އެލިޒަބަތު )2 ވަނަ( އިނގިރޭސި ތަހުތުގައި އިށީނދެ ވަޑައިގަތީ

ކުީއން އެލިޒަބަތަީކ ާކކު؟

Page 19: Sun Magazine 47

19

6 ފެބުރުވަރީ 1952 ގައެވެ. އެއާ އެކު އެކަމަނާ ވެވަޑައިގަތީ ޮކމަންވެލްތުގެ ވެރިޔާގެ އިތުރުން، ޮކމަންވެލްތުގައި ހިމެނޭ މިނިވަން 7 ގައުމެއްގެ ވެސް

ރާނީ ކަމުގައެވެ. އެ ގައުމުތަކަކީ ޔޫ.ކޭ އާއި ކެނެޑާ އާއި ޮއސްޓްރޭލިޔާ އާއި ނިއުޒިލޭންޑާއި ދެކުނު އެފްރިކާ އާއި ޕާކިސްތާނާއި ސިޯލނެވެ. މި ބަޔާންކުރި ގައުމުތަކުގެ ތެރެއިން ފުރަތަމަ 4 ގައުމުގެ ރާނީއަކީ އަދި ވެސް އެކަމަނާއެވެ.

މީގެ އިތުރުން އެކަމަނާއަކީ ޖެމެއިކާ އާއި ބާބަޮޑސް އާއި ބަހާމާސް އާއި ގްރެނާޑާ އާއި ޕަޕުއާ ނިއުގިނީ އާއި ޮސޮލޮމން އައިލެންޑްސް އާއި ތުވާލޫ އާއި ސެންޓް ލޫސިޔާ އާއި ސެންޓް ވިސެންޓް އެންޑް ދަ ގްރެނަޑިންސް އާއި ބެލީޒް އާއި އެންޓިގުއާ އެންޑް ބާބިއުޑާ އާއި ސެންޓް ކިޓްސް އެންޑް ނެވިސްގެ ވެސް

ރާނީއެވެ.އިނގިރޭސީންގެ ވެރިކަމުގެ އާދަތައް ހަމަޖެހިފައިވާ ޮގތުން ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރަސްކަމުގެ ތަހުތުގައި އިންނަވާ ބޭފުޅާއެވެ. ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ޮބޑުވަޒީރެވެ. ސަރުކާރު ހިންގުމުގެ ފުރިހަމަ ބާރާއި

މިނިވަންކަން ޮބޑުވަޒީރަށް ލިބިވަޑައިގެންފައި ވިޔަސް، މި ބާރުތަކުގެ މައްޗަށް ވެސް ރާނީ ބޭނުންފުޅު ނަމަ ބާރު ހިންގެވެއެވެ. މި ޮގތުން ޕާލަމެންޓް

އުވައިލެއްވުމަށް ޮބޑުވަޒީރު އެދިވަޑައިގަތުމުން އެކަމަށް އިންކާރުކުރެއްވުމާއި، އެކަމަނާ އަމިއްލަފުޅަށް އިހުތިޔާރުކުރައްވާ ޮބޑުވަޒީރަކު އައްޔަން ކުރެއްވުމާއި،

ބޮޑުވަޒީރާއި އޭނާގެ ސަރުކާރު އުވައިލެއްވުން ފަދަ ބާރުތައް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ޗަރޗް ޮއފް އިންގްލޭންޑްގެ އެންމެ

އިސް ވެރިޔަކީ ވެސް އެކަމަނާއެވެ. އެހެންކަމުން ހުދުމުހުތާރު ރަސްކަމެއްގައި ރަސްކަލަކަށް ލިބޭ ފަދަ ބާރުތައް ކުއީން އެލިޒަބަތަށް ލިބިވަޑައިގެންފައިވާ ކަމަށް

ގިނަ ބަޔަކު ގަބޫލުކުރެއެވެ.ކުއީން އެލިޒަބަތު ތައުލީމު ހާސިލުކުރެއްވީ ގަނޑުވަރަށް ޓީޗަރުން

ގެންނަވައިގެންނެވެ. ކިޔަވައިވިދާޅުވި މައިގަނޑު މާއްދާތަކަކީ ތާރީޚް، ޖިޮއގްރަފީ،

ބަސް، އަދަބިއްޔާތު، މިޔުޒިކް، އާންމު ސައެންސް، އާންމު ސިއްހަތު، ފަލްސަފާ، މަންތިގު )ޮލޖިކް(، އިގްތިސާދީ އިލްމު، އިޖްތިމާއީ އިލްމު، ނަފްސާނީ އިލްމު،

ހިސާބު އިލްމުގެ އިތުރުން ގާނޫނާއި ދީނެވެ. ފަރަންސޭސި ބަހާއި ލެޓިން ބަސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ.

ރާނީ އެލިޒަބަތަކީ އިނގިރޭސި ތަހުތުގައި ދެވަނައަށް އެންމެ ގިނަ ދުވަހު ރެދަލި ކުރެއްވި ބޭފުޅާއެވެ. އެކަމަނާގެ ވެރިކަމަށް 60 އަހަރުވެފައިވާއިރު،

މިއަށް ވުރެ ގިނަ ދުވަހު އެ ތަހުތުގައި އިންނެވި ހަމަ އެކަނި ބޭފުޅަކީ 63 އަހަރު ދުވަހު ވެރިކަން ކުރެއްވި ކުއީން ވިކްޯޓރިއާއެވެ. އެކަމަނާގެ ވެރިކަމުގެ ރިހިޔޫބީލް ފާހަގަޮކށްފައި ވަނީ ވެރިކަމަށް 25 އަހަރުވުމުން 1977 ގައެވެ. ރަންޔޫބީލް ފާހަގަޮކށްފައިވަނީ ވެރިކަމަށް 50 އަހަރުވުމުން 2002 ގައެވެ. އާންމުޮކށް އަލިމަސްޔޫބީލް ފާހަގަކުރަނީ 75 އަހަރުވުމުން ކަމަށް ވިޔަސް،

އެކަމަނާގެ ވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރީ ރަނިކަމަށް 60 އަހަރުވުމުން މިއަހަރު، 2012 ގައެވެ. އެއީ އިނގިރޭސި ރަސްކަމުގެ އަލިމަސްޔޫބީލަކީ 60

އަހަރު ކަމުގައި ކަނޑައަޅައިފައި ޮއންނާތީއެވެ. އިނގިރޭސި ރަސްކަމުގައި އަލިމަސްޔޫބީލް ފާހަގަކުރި ހަމައެކަނި އަނެއް ބޭފުޅަކީ ކްއީން ވިކްޯޓރިއާއެވެ.

ކުއީން އެލިޒަބަތު ދެވަނަ ވަނީ ދުނިޔެއަށް އެންމެ ހަލުވިޮކށް އައި ތަރައްގީ އާއި ޮބޑެތި އިޖްތިމާއީ ބަދަލުތަކުގެ ފަސް ދަހައިގައި އިނގިރޭސި ރަނިކަމުގައި ރެދަލި

ކުރައްވައިފައެވެ.އެކަމަނާގެ ރަނިކަމުގެ އަލިމަސްޔޫބީލްގެ ރަސްމިއްޔާތުގައި ލަންޑަނުގެ މޭޔަރ ޮބރިސް ޯޖންސަން ވިދާޅުވިއެވެ. “ރަނިކަމުގައި 60 އަހަރު ހޭދަކުރެއްވި

އިރު، އެކަމަނާ ވަނީ ގައުމެއް އެއްބައިވަންތަކަމާއެކު ޮއތުމުގައި ރަސްކަމެއް އަދާކުރާ މުހިންމު ދައުރު ދައްކަވައިދެއްވައިފަ” އެވެ.

އެކަމަނާގެ އަލިމަސްޔޫބީލަށް ހުދުމުހުތާރު އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިޮކށް ނުހިއްތަވާ ވެރީންނަށް ދައުވަތު ދެއްވި ކަމަށް ބުނެ ބައެއް

Page 20: Sun Magazine 47

20

ފަރާތްތަކުން ވަނީ އެކަމާއަށް ފާޑުކިޔުންތައް އަމާޒުޮކށްފައެވެ. ދައުވަތު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ

އާލްޚަލީފާ އާއި ސްވާޒިލޭންޑްގެ ރަސްގެފާނު އެމްސްވާތީ 3 އާއި ކުވައިތާ ސައުދީ ޝާހީ އާއިލާގެ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

މީގެ ތެރެއިން ސްވާޒިލޭންޑްގެ ރަސްގެފާނަކީ ރައްޔިތުން ބަނޑަށް ތިއްބައި ވެސް ލަގްޒަރީ ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މި ރަސްގެފާނުގެ އަނބިއަނބިކަނބަލުން ދުނިޔޭގެ ބައެއް ގައުމުތަކަށް ހަމައެކަނި ޮޝޕިންގ ކޮށްލުމަށް ވެސް ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރައްވައި، އެތަކެއް

ބޭކާރު ހަރަދެއް އެބަ ކުރައްވައެވެ. ސްވާޒިލޭންޑްގެ ރަސްގެފާނުގެ މިވަގުތު ވެސް 14 އަނބިކަނބަލުން އެބަ ތިއްބެވިއެވެ.

ރާނީއާ ކައިވެނި ބައްލަވައިގެން ހުންނެވީ ޑިޔުކް ޮއފް އެޑިންބާގ އަމީރު ފިލިޕެވެ. މި ދެކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވާ އިރު، ކާފަމާމަ ވިދާޅުވާ އަށް ބޭފުޅުން އެބަ ތިއްބެވިއެވެ. ރާނީ އެލިޒަބަތުގެ ފިރިކަލުނާ

އެކަމަނާއާ އާއިލީ ޮގތުން ވަރަށް ގާތެވެ. އެއް ޮގތުން އެ ދެ ބޭފުޅުންނަކީ ޑެންމާކުގެ ރަސްގެފާނު ކްރިސްޓިޔަން 9 ވަނައިގެ ދަރިޮކޅުން ބަލާނަމަ ސެކަންޑް

ކަޒިންސް ވަންސް ރިމޫވްޑް އެވެ. އަދި ކްއީން ވިކްޯޓރިޔާގެ ދަރިޮކޅުން ބަލާ ނަމަ ތަރޑް ކަޒިންސްއެވެ. އެލިޒަބަތު ވިދާޅުވާ ޮގތުގައި ފިރިކަލުން އަމީރު

ފިލިޕް ދެކެ ޯލބިފުޅުވެވަޑައިގަންނަވާން ފެށި އިރު އެކަމަނާގެ އުމުރުފުޅަކީ 13 އަހަރުފުޅެވެ. އެއީ 1939 ވަނަ އަހަރު ޯރޔަލް ނޭވަލް ޮކލެޖުގެ ބައްދަލުވުމަކުން ފެނިވަޑައިގަތުމުންނެވެ. އެ ދެބޭފުޅުންގެ ދެމެދުގައި ދެން ބަދަލުކުރެވެމުން ދިޔައީ

ސިޓީފުޅުތަކެވެ. އެންގޭޖްމަންޓް އިއުލާން ކުރެވުނީ 9 ޖުލައި 1947 ގައި، އެކަމަނާގެ އުމުރުފުޅުން 21 އަހަރުފުޅުގައެވެ.

މި ދެ ބޭފުޅުން ޒަވާޖީ ޮގތުން ގުޅިވަޑައިގަތުމާ މެދު ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. އެއް ކަމަކީ އަމީރު ފިލިޕަކީ އިނގިރޭސިވިލާތަށް

އުފަން ބޭފުޅެއް ކަމުގައި ނުވުމެވެ. އެމަނިކުފާނު އުފަންވެ ވަޑައިގަތީ ޔޫނާނަށެވެ. )ގްރީސް އަށެވެ.( އަނެއް ކަމަކީ އެމަނިކުފާނުގެ ދައްތައިން ކައިވެނީގެ ޮގތުން ގުޅިވަޑައިގެން ތިއްބެވީ ނާޒީންނާ ގުޅުން ހުރި އަދި ޖަރުމަނުގެ މަތީ ފެންވަރުގެ ބޭފުޅުންނާ ކަމުގައި ވުމެވެ. އަދި ބައެއް މީހުން އެމަނިކުފާނަށް ފާޑު ކިޔަމުން

އެއީ ގަނޑުވަރެއް އަދި ރަސްކަމެއް ނެތް އަމީރެއް ކަމަށް ސިފަކުރަމުން ދިޔައެވެ.އެހެން ކަމާއެކު މި ކައިވެނިފުޅަށް ޓަކައި އަމީރު ފިލިޕް ވަނީ ކުރީގެ

Page 21: Sun Magazine 47

21

ލަގަބުފުޅުތައް ވެސް ދޫޮކށްލައްވައިފައެވެ. ކުރީން އެމަނިކުފާނުގެ ލަގަބުފުޅަކީ ޕްރިންސް ފިލިޕް ޮއފް ގްރީސް އެންޑް ޑެންމާކެވެ. ކުރީން އެމަނިކުފާނަކީ ކްރިސްޓިޔަން ދީނުގެ ގްރީކް ޮއޮތޮޑކްސް މަޒްހަބުގެ ބޭފުޅެކެވެ. އެހެން ނަމަވެސް އެލިޒަބަތާ ކައިވެނިފުޅު ބައްލަވައިގަތުމަށް ޓަކައި އިނގިރޭސި އެންގްލިކަން

މަޒްހަބަށް ބަދަލުވެ ވަޑައިގަތެވެ. އަދި އާއިލީ ނަންފުޅެއްގެ ޮގތުގައި، އެމަނިކުފާނުގެ މަންމަގެ އިނގިރޭސި މަތިޮކޅުގެ އާއިލީ ނަންކަމުގައިވާ

މައުންޓްބޭޓްން ބޭނުން ކުރައްވާން ފެށްޓެވިއެވެ. ކައިވެނީގެ ކުރީން އިނގިރޭސި ރަސްގެފާނު ވަނީ އަމީރު ފިލިޕަށް ޑިޔުކް ޮއފް އެޑިންބާގްގެ ލަގަބު

ދެއްވައިފައެވެ. މިހާރު ވެސް އެމަނިކުފާނުގެ ރަސްމީ ލަގަބުފުޅަކީ އެއީއެވެ.

އަމީރާ އެލިޒަބަތާއި އަމީރު ފިލިޕްގެ ކައިވެނިފުޅު ކުރެވުނީ 20 ޮނވެންބަރު 1947 ގައެވެ.

ވެސްޓްމިންސްޓަރ އަބޭގައެވެ. ކައިވެނިފުޅުގެ ހަދިޔާގެ ޮގތުގައި ދުނިޔޭގެ އެތަން މިތަނުން 2500 އަށް ވުރެ ގިނަ ހަދިޔާ ލިބިވަޑައިގަތެވެ. އެލިޒަބަތުގެ ފުރަތަމަ ދަރިކަލުން އަމީރު ޗާލްސް އުފަންވެ ވަޑައިގަތީ 14 ޮނވެންބަރު 1948 ގައެވެ. ދަރިކަނބަލުން އަމީރާ

އޭން އުފަންވެވަޑައިގަތީ 15 ޯއގަސްޓް 1950 ގައެވެ. އަމީރު އެންޑްރޫ އުފަންވެ ވަޑައިގަތީ 19 ފެބުރުވަރީ 1960 ގައެވެ. އަމީރު އެޑްވަރޑް އުފަންވެ ވަޑައިގަތީ

10 މާރިޗު 1964 ގައެވެ.އިނގިރޭސި ރާނީއަކީ މުއްސަނދި ކަމާއި މާލީ

ތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ޮކންމެ އުފަލެއް ވެސް ހާސިލު ކުރެއްވިދާނެ ބޭފުޅެކެވެ. އެހެން

ނަމަވެސް އެކަމަނާއަށް ވެސް ހިތާމަވެރި ވަގުތުޮކޅުތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އުނދަގޫ އަދި

ދަތިފުޅު ހާލަތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އުތުރު އަޔަރލޭންޑުގެ މައްސަލަ އާއި ޯފލްކްލޭންޑް ހަނގުރާމަ އާއި

އެމެރިކާއިން އިސްނަގައިގެން ފެށި އިރާގާއި އަފްގާނިސްތާނު ހަނގުރާމައަކީ ރާނީގެ ވެރިކަމުގައި އިނގިރޭސީންނާ ކުރިމަތިވި އެންމެ ޮބޑެތި ހާދިސާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދެވަނަ ޮބޑު ހަނގުރާމައިގެ ތެރޭގައި އެލިޒަބަތާއި ޮކއްޯކފުޅު ކެނެޑާއަށް ފޮނުވުމަށް ލަފާ އެރުވެވުމުން ރާނީގެ މަންމާފުޅު ވިދާޅުވީ “އެ ކުދީން

އަހަންނާ ނުލައެއް ނުދާނެ. އަހަރެން ރަސްގެފާނު އަރިހުގައި ނޫނީ ނުދާނަން. ރަސްގެފާނު ވަޑައެއް ނުގަންނަވާނެ.” ކަމަށެވެ.

އެކަމަނާގެ އެންމެ ހިތްދަތި ވަގުތުޮކޅުތަކުގެ ތެރޭގައި، ބައްޕާފުޅު އަވަހާރަވުމާއި، ފިރިކަލުންގެ ޮބޑުބޭބޭފުޅު ޯލޑް މައުންޓްބޭޓްން އަވަހާރަޮކށްލެވުމާއި، އެކަމަނާގެ ބޭފުޅުންގެ ކައިވެނިފުޅުތައް 1992 ވަނަ އަހަރު ރޫޅުމާއި، 1997 ގައި އަމީރާ ޑަޔާނާ އަވަހާރަވުމާއި، މަންމާފުޅާއި އަންހެން ޮކއްޯކފުޅު 2002 ވަނަ އަހަރު

އަވަހާރަވުން ހިމެނެއެވެ. 1992 ވަނަ އަހަރަށް އެކަމަނާ ދެއްވައިފައިވާ ލެޓިން ނަމަކީ “އެއްނަސް ޮހރިބިލިސް” އެވެ. އިނގިރޭސިން މާނައަކީ “ޮހރިބަލް

އިޔަރ” އެވެ.

ކިތަންމެ މުއްސަންޖަސް އާންމުޮކށް މީހުން ގެންގުޅޭ ކަހަލަ އެންޓަޓެއިންމަންޓް ސާމާނު އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ބޭނުންފުޅެއް ނުކުރައްވައެވެ.

އެހެން ނަމަވެސް ރާނީ މިހާރު ވަނީ ފޭސްބުކާއި، އައިޕެޑާއި އައިޮޕޑް ފަދަ ތަކެތި ބޭނުންކުރައްވާން ފައްޓަވައިފައެވެ. ރާނީއަށް އެންމެ ފުރަތަމައަށް އައިޮޕޑެއް ދެއްވީ

އެމެރިކާގެ ރައީސް ބަރަކް ޮއބާމާއެވެ.މާމަ ދަރިކަލުން ވިލިޔަމްގެ އަނބިކަނބަލުން ގެންގުޅުއްވާ ނިންޓެންޯޑ ޑަބްލިޔޫ

ޓޫގެ ގޭމަށް އެކަމަނާ ޝައުގުވެރިވެ ވަޑައިގަތް ޮބޑުކަމުން ގޭމް އުފައްދާ ކުންފުނި ޓީ.އެޗް.ކިއު އިން ވަނީ އެކަމަނާއަށް ހާއްސަޮކށްގެން ރަން ޕްލޭޓް ކަވަރަކާއެކު

ނިންޓެންޯޑ ޑަބްލިޔޫ ޓޫ އެއް ހަދިޔާޮކށްފައެވެ.އެކަމަނާ މިހާތަނަށް އެއްވެސް ނޫސް ޮކންފަރެންސެއްގައި ބައިވެރިވެ ވަޑައެއް

ނުގަންނަވައެވެ. އެއްވެސް ނޫސް އިންޓަވިއުއެއް ވެސް ނުދެއްވައެވެ. އެހެންކަމުން އެކަމަނާ ސިޔާސީ ފިކުރު ގެންގުޅުއްވާ ޮގތެއް އާންމު ރައްޔިތުންނަކަށް އެހާ ހާމައެއް ނޫނެވެ. އެކަމަނާ އެންމެ ޝައުގުވެރިވެ ވަޑައިގަންނަވަނީ އަސްޮކޅު ދުއްވެވުމަށާއި ޮފޯޓފުޅު ނެންގެވުމަށެވެ. ރާނީ ވިދާޅުވާ ޮގތުގައި އިންސާނަކަށް

ނުވި ނަމަ ދެން އެންމެ ވާން ބޭނުންފުޅީ އަހަކަށެވެ. ދެން ދޫންޏަކަށެވެ.

Page 22: Sun Magazine 47

22

އަޅުގަނޑުގެ ރައްޓެހި ފަރަންސޭސިއަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. ފްރެންޗް އެކަޑެމީގެ ފަރާތުން، ފަރަންސޭސި ޅެންވެރިކަމުގެ ޮފތެއް

ޝާއިއު ކުރުމަށް ޓަކައި އެ ޮފތުގެ މަސައްކަތް ފުރިހަމަޮކށް، ޮފތް ޗާޕަށް ޮފނުވައި، ވިހިހާސް ޮކޕީ ޗާޕު ކުރެވުނު ފަހުން، ލިޔުމުގެ ހަމަ އެންމެ ކުށެއް

ޮފތުގައި ޮއތްކަން ފާހަގަ ކުރެވުނެވެ. އާދައިގެ ލިޔުމުގެ ކުށެކެވެ. ކިޔާ ޮކންމެ މީހަކަށް ވެސް އެއީ ލިޔުމުގެ ކުށެއް ކަން ނުހަނު ފަސޭހައިން ފަހުމު ޮކށްގަނެވޭ ފަދަ އާދައިގެ ކުށެކެވެ. އެހެން ނަމަވެސް، އެ ކުށާ އެކު ޮފތް ޝާއިއު ކުރާކަށް، ފްރެންޗް އެކަޑެމީގެ އިސް ބޭފުޅުން ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން ޗާޕު ކުރެވިފައި ހުރި ވިހިހާސް ޮކޕީ ނެއްތައިލެވުނީއެވެ. އެތައް ހާސް ފްރޭންކެއްގެ

ޮބޑު ގެއްލުމާ އެކު ވެސް، އެކަޑެމީން ބޭނުންވީ ޮފތް ފުރިހަމަ ޮކށްގެން ނެރޭށެވެ. ފެންނަ ފެނުމުގައި މިއީ ވަރަށް ކުޑަކުޑަ ކަމެކެވެ. ނަމަވެސް

ހަގީގަތުގައި މިއީ ވަރަށް ޮބޑު ކަމެކެވެ. ޢިލްމީ މައިދާނުގައި ތިމާމެން ކުރާ މަސައްކަތްތަކުގައި، މި ދެންނެވި ދަރަޖައަށް ކަމަށްކަމޭހިތައިގެން ނޫން

ޮގތަކަށް މުޖުތަމައެއް ޢިލްމީ ޮގތުން ތަރައްގީ ވެގެނެއް ނުދާނެއެވެ. ޢިލްމަށާއި ޮފތްތެރިކަމަށާއި، ލިޔުންތެރިކަމަށް މި ދެންނެވި މިންވަރަށް އިހުތިރާމު ޮކށްގެން ނޫނިއްޔާ، އެއްވެސް ގައުމެއް ޢިލްމީ ޮގތުން ދުނިޔޭގައި ފަތިފިރުކާލެވޭ ފަދަ

ގައުމަކަށް ވެފައެއް ނެތެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ނެރެވޭ ޮފތެއް، ނޫހެއް ނުވަތަ

މަޖައްލާއެއް ފަދަ އެއްޗެއް ހުޅުވާލައިގެން ޮކންމެ ލިޔުމެއް ބަލައިލިޔަސް، އަދި ޮއންލައިންޮކށް ނެރެވޭ ނޫހާއި މަޖައްލާ ފަދަ ތަކެތީގައި ހުންނަ ލިޔުންތަކަށް

ބަލައިލިޔަސް، އެ ލިޔުންތަކުން އެންމެ އަޅައިގަންނަ އެއް ސިފަޔަކަށް ވަނީ ކިޔާ މީހުންގެ ޮބލުގައި ރިހުން އުފައްދާ ފަދަ މިންވަރަކަށް ހުންނަ ލިޔުމުގެ ކުށްތަކެވެ. ޢިލްމީ މައިދާނުގައި ފަރުވާ ކުޑަކުރުމަކީ ވަރަށް

ޮބޑު ކުށެކެވެ. ނަމަވެސް އެއަށްވުރެ ވެސް ޮބޑު ކުށަކީ އިލްމީ އުސޫލުތަކަށާއި ހަމަތަކާ ޚިލާފަށް

ލިޔެވިފައި ހުންނަ ލިޔުންތަކަކީ ޢިލްމީ ދިރާސާތައް ކަމުގައި ބުނެ ޝާއިއު ޮކށް އާއްމު ކުރުމެވެ.

ރާއްޖެއާ ޚިލާފަށް، ދުނިޔޭގެ އެހެން ގައުމުތަކުގައި ޮކންމެ އަހަރަކު ވެސް އެތައް

ސަތޭކަ، ނުވަތަ އެތައް ހާސް ޢިލްމީ ޮފތްތަކެއް ޝާއިއު ކުރެވެއެވެ. މިފަދަ ޮފތްތަކުގެ ތެރެއިން އެ ގައުމެއްގެ ޔުނިވަރުސިޓީތަކާއި ބަހުގެ އެކަޑެމީ ފަދަ މުއައްސަސާތަކާއި ދިރާސާ ކުރާ މުއައްސަސާތަކުން ޝާއިއު ޮކށްދިނުމުގެ ޝަރަފު ލިބެނީ ޢިލްމީ ޮގތުން ޚާއްސަ މަގާމެއް ލިބިގެންދާ ޮފތްތަކަށެވެ. ޢިލްމީ

މައިދާނުގައި ގަބޫލު ކުރެވޭ ހަމަތަކާއި އުސޫލުތަކާއި މަންހަޖަށް ފުރިހަމަޔަށް ތަބާވެގެން ލިޔެފައި ހުންނަ ޮފތްތަކަށެވެ. ޮފތެއްގެ މައުޒޫއަކީ ޢިލްމީ މައުޒޫއަކަށް ވިޔަސް، އެ ޮފތެއްގައި ޢިލްމީ އުސޫލުތަކާ ޚިލާފު ވާހަކަތައް ލިޔެ، ޢިލްމީ ޮގތުން ތަސައްރަފު ނުފުދޭ ދައުވާތައް ޮކށްފައި ހުންނަ ނަމަ، އެޮފތެއް ޔުނިވަރުސިޓީތަކާއި

ބަހުގެ އެކަޑެމީ ފަދަ މުއައްސަސާތަކުން ޝާއިއު ޮކށެއް ނުދޭނެއެވެ. އަދި ކީއްޯތއެވެ. ޒިންމާދާރު އެއްވެސް ޕަބްލިޝަރަކު އެފަދަ ޮފތްތަކާއި ލިޔުންތައް

ޝާއިއު ޮކށެއް ނުހަދައެވެ. ޚާއްސަޮކށް، ޢިލްމީ ޮގތުން ތަސައްރަފު ފުދިފައިވާ، ޢިލްމަށް ކަމޭ ހިތާ މުޖުތަމައުތަކުގައި މިކަން ޮއންނަނީ މިހެންނެވެ.

މިހައި ހިސާބުން އެހެން ވާހަކައެއް ދައްކަން ޖެހެއެވެ. ޢިލްމީ ޮގތުން ޒިންމާދާރު ވުމާ ގުޅޭ އެހެން ވާހަކައެކެވެ.

ދަރުމަވަންތަ ރަސްގެފާނަކީ އަޅުގަނޑުމެންގެ ރާއްޖެ އިސްލާމް ދީނަށް އެނބުރުނު އިރު ދިވެހި ސިންގާސަނާގައި އިންނެވި ރަދުން ކަމަށް ދިވެހި ތާރީޚު ބުނެއެވެ. އަދި ރާއްޖެ އިސްލާމް ވުމުގެ ކުރީން، ކަނޑުން އަރާ ރަންނަމާރިއަކަށް ޮކންމެ މަހަކު ވެސް ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު “ގުރުބާން” ކުރުމަކީ ރާއްޖޭގައި ޮއތް އާދައެއް ކަމަށް ފުޯލކު ވާހަކައެއްގައި ކިޔެއެވެ. ނަމަވެސް އެ ރަންނަމާރިއަކީ ކާކުކަން އަންގައިދޭ އެއްވެސް ޢިލްމީ ހެތްކެއް އަޅުގަނޑުމެންނާ

ޢިލްީމ ގޮތުން ޒިންާމާދރުވުން ...އަލްއުސްތާޛް އަޙްމަދު މާޖިދު

Page 23: Sun Magazine 47

23

ހަމަޔަށް ވާސިލުވެފައެއް ނެތެވެ. ކިތާބީ ހެތްކެއް، ނުވަތަ މުތަވާތުރު ޝަހާދާއެއް، ނުވަތަ އާރކިޮއޮލޖިކަލް ހެތްކެއް ނެތް ތާނގައި، އެފަދަ ދައުވާއަކަށް ބާރުދޭ

ނުވަތަ އިޝާރާތް ކުރާ “ޯފލްކް އެވިޑެންސް” އެއް ވެސް ފެންނާކަށެއް ނެތެވެ.އެހެންކަމުން، އެއްވެސް ހެތްކަކަށް ބުރަވުމެއް ނެތި، ވައިގެ ތެރޭގައި

ބިނާކުރެވޭ ރައުޔެއްގެ ޮގތުގައި، “ދަރުމަވަންތަ ރަސްގެފާނަކީ ރަންނަމާރިއޭ، އެ ހުރިހާ ބިކުރުވެރި އަންހެން ކުދީންގެ އިއްފަތްތެރިކަމާއި އިސްމަތްތެރިކަން ފޭރިގަންނަވައި، އެކުދީންގެ ފުރާނަތައް ދިރުވަމުން ގެންދިޔަ ނުބައި ފުރޭތައަކީ

ދަރުމަވަންތަ ރަސްގެފާނޭ” މިހެން ބުނެ ކުރެވޭ ދައުވާ އަކީ އެއްވެސް ހާލެއްގައި ޢިލްމީ ދައުވާއަކަށް ނުވާނެއެވެ. އަދި ކީއްޯތއެވެ! އެއީ ޮދގު ހެދުމެވެ. އެފަދަ ދައުވާއެއް ކުރާ ޮފތްތައް ޝާއިއު ކުރުމަކީ ޮދގު ޝާއިއުޮކށް ފެތުރުމެވެ. އެއީ ޢިލްމީ ދިރާސާގެ ތެރެއިން ނެރެވޭ ރައުޔެއް ޝާއިއު ކުރުމެއް ނޫނެވެ. އެހެނީ

ކަމެއް ހިނގާފައި ވޭޯތ ނުވަތަ ނޫންޯތ މިއީ ރައުޔާ ގުޅޭ ސުވާލެއް ނޫނެވެ. މިއީ “ފެކްޓް” ނުވަތަ ޙަޤީޤަތަކާ ގުޅޭ ސުވާލެކެވެ. މިކަމުގައި ވަކި ޮގތެއް ހާމަކުރާން

ޖެހޭނީ، ހާމަ ކުރެވޭނީ ފެންނާން ހުރި ހެކިތަކުގެ އަލީގައެވެ. ތިމާގެ އަމިއްލަ ރައުޔުގެ ބަހެއްގެ ޮގތުގައެއް ނޫނެވެ.

ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރީން، ވަކި ދުވަސްތަކެއްގައި ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު “ރަންނަމާރި” އަށް ގުރުބާން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި ޮއތް ކަމަށް ބުނަނީ ދިވެހީން ކިޔައިއުޅުނު ފުޯލކު

ވާހަކައެއްގައެވެ. އެ ވާހަކައިގައި އެ “ރަންނަމާރި” އަކީ ރަސްގެފާނޭ، ނުވަތަ ޮބޑުވަޒީރޭ، ނުވަތަ ޮބޑުކަތީބޭ، ނުވަތަ ޮބޑު ހާމުދުރޭ ބުނެފައެއް ނެތެވެ.

ކުރީންވެސް ދެންނެވި ފަދައިން، އެ “ރަންނަމާރި” އެއްގެ ހަގީގަތް ބަޔާން ޮކށްދޭ، ނުވަތަ އެ ރަންނަމާރިއެއްގެ ހަގީގަތާ ދިމާޔަށް އިޝާރާތް ކުރާ އެއްވެސް ތާރީޚީ

ހެތްކެއް އަޅުގަނޑުމެންނާ ހަމަޔަށް ވާސިލު ވެފައެއް ނެތެވެ. މިހެން ކަން ޮއތުމުން، ރަންނަމާރީގެ ހަގީގަތާ މެދު ކުރެވޭ

ބަހުސެއްގައި، އަޅުގަނޑުމެންނަށް ކިރިޔާ ވެސް އަލިކަމެއް ޯފރުޮކށްދޭނީ އެއިރު ދިވެހީންގެ ތެރޭގައި ޮއތް ދީނީ ސަގާފަތް ފަދަ ސަގާފަތެއް، އެތަންތަނުގައި ޮއތް ދުނިޔޭގެ އެހެން މުޖުތަމައުތަކުންނެވެ. އެފަދަ ތަންތަނުގައި މިފަދަ ހާދިސާތަކެއް

ހިނގާފައި ވޭޯތ ބަލައި، އެ ތަންތާނގައި އެރި “ރަންނަމާރި”ތަކަކީ ޮކން ބައެއްޯތ ބަލަން ޖެހެއެވެ. މިފަދަ ދިރާސާއަކުން، ރާއްޖޭގައި އުޅުނު ރަންނަމާރީގެ ހަގީގަތާ މެދު ހިސާބެއްގެ އަލިކަމެއް ލިބިދާނެއެވެ. ނަމަވެސް އެފަދަ ދިރާސާއަކުން ވެސް، މަންޠިޤީ ގޮތުން މުޅީން ސާބިތު ކުރެވޭ ދަރަޖައަކަށް ނަތީޖާއެއް ނުނެރެވޭނެއެވެ. އަޅުގަނޑުމެންގެ ރާއްޖެ އިސްލާމް ވުމުގެ ކުރީން ރާއްޖޭގައި ޮއތް ފަދަ ދީނީ ސަގާފަތްތަކެއް އިންޑިއާ ފަދަ ގައުމުތަކުގައި އެއް ޒަމާނެއްގައި

ޮއތެވެ. އެތަންތަނުގެ ތާރީޚުން ވެސް ރަންނަމާރި ވާހަކައިގައި ކިޔައިދެވިފައިވާ ހާދިސާތަކާ ދާދި އެއްޮގތް ހާދިސާތައް އަޅުގަނޑުމެންނަށް ފެނެއެވެ. މިފަދަ

ހާދިސާތަކަށް ނަޒަރު ހިންގައިލުމުން އަޅުގަނޑުމެންނަށް ފެންނަނީ، މި ދަންނަވާ މުޖުތަމައުތަކުގައި “ރަންނަމާރީ” ގެ ދައުރު އަދާޮކށް، މަހުން މަހުން، ނުވަތަ އަހަރުން އަހަރުން ބިކުރުވެރި ޒުވާން

އަންހެން ކުދީން ފައްޅިއަށް ގެންޮގސް ސިއްރިޔާތުގައި އެކުދީންގެ ޢިއްފަތްތެރިކަން ލޫޓުވައި، ކަލާނގެއަށް ޤުރުބާން ކުރުމުގެ ނަމުގައި އެކުދީން މަރަމުން ގެންދިޔައީ ބާޠިލް ދީންތަކުގެ

ޕުޯރހިތުންނާއި ހާމުދުރުން ކަމެވެ. ރާއްޖެއަށް އެރި “ރަންނަމާރި” އަށް ޤުރްބާން ކުރަން ގެންދެވުނު ކުދީން ވެސް ގެންދެވުނީ މާލޭގައި

އެއިރު ހުރި ބުދުޯކލަށެވެ. މިއީވެސް އެ ކުދީން ޤުރުބާން ކުރެވުނު ރަންނަމާރިއަކީ ދީނީ ޮބޑުން ކަމަށް އިޝާރާތް ކުރާ ނުކުތާއެކެވެ.

ޮކންމެއަކަސް، މި މައުޒޫއުގައި އަޅުގަނޑުމެން އިތުރަށް ވާހަކަ ދައްކަން ވީއެވެ. ބަހުސް ކުރަން ވީއެވެ. ދިރާސާ ކުރަން ވީއެވެ. ނަމަވެސް

ޢިލްމީ ދިރާސާތަކާއި، ބިންގަލެއް ނެތް ވާހަކަތައް ތަފާތު ކުރުމަށް ފަރުވާތެރިވާން ޖެހެއެވެ. އަދި ޢިލްމީ މުއައްސަސާތަކުން ޝާއިއު ކުރާ ޮފތްތަކަކީ ބިންގަލެއް

ނެތް ވާހަކަތަކުގެ ބަދަލުގައި، ޢިލްމީ ޮގތުން ތަސައްރަފު ފުދޭ ވާހަކަތައް ހުންނަ ޮފތްތަކަށް ހަދާން ޖެހެއެވެ. ޢިލްމީ ޮގތުން ޒިންމާދާރު ނުވެވުމަކީ މުޖުތަމަޢުތަކަށް

ހީވެސް ނުކުރާ ފަދަ ޮބޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. ދެން އެހެން ވާހަކައެކެވެ.

ޢިލްމީ މައުޟޫޢެއްގައި، ޢިލްމީ ރިފަރެންސްތަކުގެ އަލީގައި ލިޔުންތެރިއަކު ލިޔުމެއް ލިޔުމުން، އެއަށް ރައްދު ދިނުމުގެ ޮގތުން ދައްކާ ވާހަކަ ވާން ޖެހޭނީ “އެޑް ޯހމިނެމް” ޙަމަލާއަކަށެއް ނޫނެވެ. އެ ލިޔުންތެރިއާ އަކީ އެވަނި ދާއިރާއަކުން ކިޔަވައިގެން ހުރި މީހެއް ނޫނޭ، މިވަނި ދާއިރާއަކުން ކިޔަވައިގެން ހުރި މީހެއް ނޫނޭ ބުނެ، އެ ދާއިރާތަކުގައި ކިޔަވައިގެން ހުރި މީހަކީ ތިމަންނާއޭ ނުސީދާޮގތުން ބުނެ، ތިމާގެ ނަމުގެ ކުރިޔަށް “ޑރ” މި ލަފުޒު ޮއތް ކަން ދައްކައިގެން ޒާތީ ޮގތުން ދިމާކުރުމުގެ ވާހަކަތައް ލިޔުމަކީ ރައްދު ދިނުމެއް ނޫނެވެ. އެއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. ޢިލްމަކީ

ހަމައެކަނި ޕާކިސްތާނުގެ ޖާމިޢާއަކުން ލިބޭ އެއްޗެއް ނޫނެވެ. އެހެންނަމަ، ޝައިޚް ނާޞިރުއްދީން އަލްބާނީގެ ބަސްފުޅެއް މި އުއްމަތުގެ މީހުން އަޑެއް ނޭހީހެވެ. ހަމަ އެހެންމެ، ޕާކިސްތާނުގެ ޖާމިޢާއަކުން، ނަމުގެ ކުރިޔަށް ޑރ މި ލަޤަބު ލައިދީފައި ޮއންނަ ޮކންމެ މީހަކީ ޢިލްމުވެރިއެއް ވެސް ނޫނެވެ. ނަމުގެ ކުރިޔަށް ޑރ ގެ ލަޤަބު ޮއތަސް، މި ދެންނެވި ފަދަ ދަށު ދަރަޖައިގެ ވާހަކަތައް، ޢިލްމީ ޮގތުން ތަސައްރަފު ނުފުދޭ ޢިބާރާތްތަކުން ދައްކާ ނަމަ، އެމީހަކީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ފަދަ “ޮފތް އުފުލާ ޙިމާރެއް” ކަމަށް ދެކެން މަޖުބޫރު ވެދާނެއެވެ.މަންޠިޤީ ޢިލްމު އަޅުގަނޑުމެންނަށް ބުނެދޭ ޮގތުގައި، މީހަކު ޢިލްމީ

ރައުޔެއް ހާމަ ކުރުމުން، އެ ރައުޔަކަށް ރައްދު ދިނުން ކަމުގައި ބެލެވޭނީ އެ ރައުޔެއް ޢިލްމީ ހަމަތަކުގެ މަތީން ތަހުގީގުޮކށް، ޢިލްމީ ތަރާދަކުން އެ

ރައުޔެއް ކިރުމުންނެވެ. އޭގެ ބަދަލުގައި، އެ ރައުޔެއް ހާމަކުރި ލިޔުންތެރިޔާގެ ޝަޚްޞިއްޔަތާއި ޒާތާ ދިމާ ކުރުމަކީ “އެޑް ޯހމިނެމް” ޙަމަލާއެކެވެ. މިފަދަ

ޙަމަލާއެއް އެކަކު އަނެކަކަށް ދިނުމުން، އެ ފެންނަނީ އެ ޙަމަލަ ދޭ މީހާގެ ހުރި އުނިކަމެވެ. މި ވާހަކަ ދައްކަން ޖެހެނީ މިއީ ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން

ފެންނަމުންދާ ކަމަކަށް ވާތީއެވެ. ނަމުގެ ކުރިޔަށް “ޑރ” މި ލަޤަބު ޮއންނަ ބައެއް ބޭފުޅުން ވެސް އެކަން ކުރައްވާ މަންޒަރު ފެންނާތީއެވެ. ދީނީ ޢިލްމީ

ތަޢާރަފު ވެފައިވާ މަޖައްލާތަކުގައި ވެސް މި މަޖައްލާތަކުގެ ޮގތުގައި ދެންނެވި ފަދަ ތާކުންތާކު ނުޖެހޭ، “ޚުލްޤު

ނުބައި” އަދި ތަސައްރަފު ނުފުދޭ ވާހަކަތައް ޝާއިއު ކުރެވޭތީއެވެ.

Page 24: Sun Magazine 47

24

ހަސަދައިގެ ރާގުގެ ބަސްތައް ކަންފަތަށް އަރާއިރު އެކަމާއި އެއްގޮތަކަށްވެސް ފިކުރުކުރާނެކަމެއްނެތެވެ. ހަސަދައަކީ އާއެއްޗެއް ނޫނެވެ. އެއީ

ދުނިޔެ ފެށުނީންސުރެން އިންސާނުންގެ ތެރޭގައި ޮއތްކަމެކެވެ. ޅެންވެރިއަކު ބުނާފަދައިން؛

ކުއްތަންވާންވީ ދަރުމަ ޯހދުމަށް މަސައްކަތްކުރުމަށެވެ.ފުރަގަސްދޭންވީ ތިމާއަށް ހަސަދައާއި ބަދުބަސްބުނާ މީހުންނަށެވެ.

އަހަރެމެންގެ ހަޔާތުގެ ދުވަސްތަކަކީ ހެޮޔ ކަންކަން ކުރަންވީ މޫސުމެވެ.ހެޔޮކަންކަން ގަބޫލު ކުރައްވާނީ ދުނިޔެވީ ހަޔާތުގައެވެ. އެއަށްފަހު ވަނީ މަރެވެ.

މަރަކީ ހުރިހާ ހަސަދަވެސް ނިމޭ ހިސާބެވެ.ހަސަދައަކީ ހަމަ ދިމާވާޮކންމެ ދެމީހެއްގެ ދެމެދު ހިނގާކަމެއް ނޫނެވެ. ހަސަދަވަނީ

ޮކންބައެއްތޯ މިކުރުވާހަަކައިން ދޭހަވާނެއެވެ. އެއްދުވަހުހަކު ރަށްފުށުގައި އުޅޭ ކުއްތާއެއް ސަހަރަށް ޒިޔާރަތް ކުރުމަށް ގަސްދުޮކށްފިއެވެ. ސަހަރުގައި އުޅެފައި

އެނބުރި ރަށަށް އައުމުން އޭނާގެ ރަހަމަތްތެރިން އައިސް އޭނަކައިރީ ހާލު އަހުވާލު އެހުމަށްފަހު ސަހަރުގެ ވާހަކައެހިއެވެ. ސަހަރަށް ދިޔަ ކުއްތާ ބުންޏެވެ.

އަހަރެން އެންމެ ހައިރާންވީ ސަހަރުގައި އުޅޭ ކުއްތާތައް އަހަރެން ފެނިގެން ހަޅޭއްނުލަވާތީއެވެ.

މިކުރު ހިޔާލީ ވާހަކައިން ލިބިދޭ ފިލާވަޅަކީ ނުދަންނަ ދެކެފަރިތަނޫން މީހަކާއި މީހުން އަޅާނުލާކަމެވެ. އަޑުލާ ހަސަދަވަނީ އަހަރެމެން ދަންނަ ދެކެފަރިތަ

ރައްޓެހިނާއި ތިމާގެ މީހުންނާއެވެ. އަހަރެމެން ނުދަންނަ މީހުންދެކެ އަހަރެމެން ހަސަދައެއް ނުވާނެއެވެ. ޝާހްރުކް ހާން ކިތަންމެ މައްޝޫރުވެ މުއްސަނދިވިޔަަސް

އަހަރެމެން ކަންޮބޑުވެ ދެރެވެ ހަސަދައެއް ނުވާނެއެވެ. އެކަމަކު އަހަރެމެން ތެރޭން މީހަކު އަހަރެމެންނަށްވުރެ ޮމޅުވެ ކުރިއަރައި ދާކަމަށްވަނީނަމަ އަހަރެމެން

ހަސަދަލައެވެ. އަދި އޭނާ ބަލިކުރަން އެކި ފެންވަރުގައި މަސައްކަތްކުރެއެވެ.އަޅުގަނޑަށް ލަފާކުރެވޭޮގތުގައި ހަސަދައިގެ ކުރީގައި އުފެދޭ އުދާހަކީ

އެހެންމީހެއްގެ ފަރާތުން ފެނުނުކަމެއް ނުވަތަ އެއްޗެއް ބޭނުންވެގެން ހިތަށް ކުރެވޭ ހިތްނުތަނަސްވުމެކެވެ. މިފަދަ ހާލަތުގައި އެކި މީހުން ކަންކުރާ ޮގތް ތަފާތު ވާނެއެވެ. ހަސަދަވާ ކަންކަމުގެ ތެރޭގައި މީހުންގެ ޝަހްސިއްޔަތު، ރީތިކަން، ފައިސާއާއި ބޭނުންކުރާ ގަހަނާ، އަންނައުނާއި، ނަސަބާއި، ރަހްމަތްތެރީންނާއި މާއްދީ އެހެން ކަންކަން ހިމެނެ އެވެ. ހަސަދަވަނީ ހަމައެކަނި ޮލލަށްފެންނަ

ކަންކަމަށް އެކަންޏެއް ނޫނުވެ. ބުއްދިވެރިކަމާއި ތަގްވާވެރި ކަމަކީވެސް މީހުން ހަސަދަވާ ކަންކަމެވެ.

އާންމު ޮގތެއްގައި މަސައްކަތު މާހައުލުގައި މުއައްޒަފުންގެ މެދުގައި ހަސަދަ ވަނީ ތަނުގައި ބައެއްކަންކަން ރޭވި ހަމަޖެހިފައިވާ ޮގތުންނެވެ. އަދި ވެރިން

ކަންކަން ކުރާ ޮގތުން މުއައްޒަފުން އެކަކު އަނެކަކަށް ހަސަދަ ވުމަށް މަގުފަހިވެ

އެވެ. ތިރީގައި މިލިޔެލަނީ މަސައްކަތު މާޙައުލުގައި، މީހުން އެކަކު އަނެކަކަށް ހަސަދަވެރި ވުމަށް މަގުފަހި ވެދާނެ ބައެއް ކަންކަމެވެ.

ވަޒީފާގެ ކުރިއެރުން - މުއައްޒަފުންނަށް ކުރިއެރުން ދެވޭއިރު ފެންވަރަށާއި މަސައްކަތަށް ނުބަލާ ވައިޖަހައިގެން އުޅޭ މުއަޒަފުންނަށް ކުރިއެރުން

ޯފރުކޮށްދިނުމުން މަސައްކަތު މާހައުލުގައި ހަސަދަވެރިކަން އުފެދޭނެއެވެ. އެއް ފެންވަރުގެ ދެމީހުންކުރެ އެކަކަށް ކުރިއެރުން ދޭނަމަ ކުރިއެރުން ނުލިބޭ މީހާއަށް

ނުލިބެނީ ކީއްވެގެންކަން ހާމަޮކށްދީ އެނާއަށް ކުރިއެރުން ލިބުމަށް ބޭނުންވާ ހުނަރު ނުވަތަ އުޅެންޖޭހޭ ޮގތް ކިޔާދިނުމުން މަސައްކަތު މާހައުލު ހަސަދައިން މިންޖު

ކުރެވޭނެއެވެ.

ކުރާމަސައްކަތް ފާހަގަކުރުން - މަސައްކަތެއް ނިންމީމައި ޝުކުރު އަދާކުރާއިރު އެކަމުގައި ޝާމިލުވާ އެންމެންގެ މަސަކަތް ފާހަގަކުރަން ވާނެއެވެ.

ވަކި ބައެއް ހުނިޖަހާލާފައި ޝުކުރު އަދާޮކށްލުމުން މުއައްޒަފުންގެ މެދުގައި ހަސަދައިގެ އުދާސް އުފެދޭނެއެވެ. މުއައްޒަފުންނަށް ސެޓްފިކެޓްއެއް ނުވަތަ

ސަރވިސް ޗާޖެއް ދޭނަމަ ވަކި ބަޔަކަށް އެކަން ޙައްގުވާ ސަބަބު އާންމުކުރަން ވާނެއެވެ. އަދި ނުލިބުނު މުއައްޒަފުންނަށް އެނުލިބުނީ ކީއްވެކަން އަންގައިދޭން

ވާނެއެވެ.

ވަކިމުއައްޒަފެއް ގާތްކުރުން - ހިތްރުހޭ މުއައްޒަފެއް ހުރުމަކީ އިންސާނީ ތޮބިއްޔަތެކެވެ. އެހެންނަމަވެސް މަސައްކަތު މާހައުލެއްގައި އެކަކާއި ދިމާއަށް

ހުރިހާ މަސައްކަތެއް ދިނުމަކީ އެހެން މުއައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުމަށް މަގު ތަނަވަސްވާނެކަމެކެވެ. ވީމާ ހުރިހާ މުއައްޒަފުނަނަށް ވެސް މަސައްކަތް ދިނުމުގައާއި ހިޔާލު ޯހދުމުގައި އެއްމިންގަނޑެއް ގެންގުޅުން ރަނގަޅުވާނެއެވެ.

ޓީމް އެއްބާރުލުން ނެތުން - ވަކި ސެކްޝަނެއް ނުވަތަ ޑިޕާރޓްމަންޓެއް އެހެން ސެކްޝަންތަކަށް ވުރެ މުހިންމުކަމާއި އަހްމިއްޔަތު އިތުރުވާކަން އެހެން ފަރާތްތަކަށް އިހްސާސް ކުރެވުމަކީ ހަސަދަވެރިކަން އިތުރުވާނެ ކަމެކެވެ. ބައެއް ސެކްޝަންތަކުން މަސައްކަތް ލަަސް ވިޔަސް

އެކަން ކަމަކަށް ނުވެ ދެއެވެ. ވެރިންގެ މެދުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމާއި އެއްބާރުލައި އެއް ލަނޑުދަނޑިއަކަށް މަސައްކަތް ނުކުރެވުމަކީ

ހަސަދަ އިތުރުވާކަމެކެވެ. ވަޒީފާގެ މާހައުލުގައި ތިމާ ކުރިއަރާ ދާއިރު ހަތުރުންނާއި މިތުރުން ތިބޭނެއެވެ. ހަތުރުންނާއި އަބަދު ކުރިމަތިލާން ޖެހޭނެ އެވެެ. އެމީހުން

ހައަލީ ޚާލިދު

Page 25: Sun Magazine 47

25

ތިމާއަށް ނަފްރަތު ކުރާނެ އެވެ. ތިމާ ހާސިލު

ކުރާ ކާމިޔާބު ތަކަށް ނަފްރަތުޮކށް ކުޑަކުރަން މަސައްކަތް ކުރާނެއެވެ. އަދި ބައްދަަން ސައިޒް

ވެގެން އެކިކަހަލަ ދަންތުރަޖަހަމުން ގެންދާނެއެވެ. ހަސަދަލައިގެން އުޅޭ މީހުން އަމަލުތައް ހުންނަޮގތުން ފާޅުކަން ޮބޑުޮކށް އެނގޭނެއެވެ. އަނެއްބައި ހަސަދަވެރިން ތިބޭނީ ފުރުސަތަކަށް ބަލަބަލައެވެ. ފުރުސަތު ލިބޭވަގުތު އަޅާވިހެލާނެއެވެ. މިއީ

އެންމެ ނުރައްކާ ވައްތަރުގެ މީހުންނެވެ. މިފަދަ މީހުންނަށް ފުރުސަތު ނުދީ ވޭޯތ ބަލަންވާނެއެވެ. އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ހަސަދަލައިގެން

އުޅޭ މީހުންނާއި ކުރިމަތި ލެވޭނެ ޮއތީ ދެ ޮގތެކެވެ. އެއީ އެމީހުންގެ ހަސަދަވެރިކަން ހުއްޓުވާލުމެވެ. އަނެއްޮގތަކީ އެމީހުންނާއި ކެރިގެން ކުރިމަތިލުމެވެ.

ހަސަދަވެރިކަން ހުއްޓުވާލަން ކުރެވިދާނެ ކަންކަން:

ތިމާގެ ތަބިއްޔަތުގައި އެހެންމީހުން ނުރުހޭނެ ސިފަތަކެއް އެބަހުރިޯތ ބަލައިލާށެވެ. ތިމާގެ އަމަލުތަކުގެ ސަބަބުން އެހެންމީހުންގެ ހަސަދައިގެ އަލިފާން

ހިލޭފަދަ ކަމެއް ކުރެވޭޯތ ބަލައިލާށެވެ. ތިމާގެ ބަހާއި އަމަލުން އެހެންމީހުން ކުޑައިމީސްކުރެވި އިހްތިރާމްކުޑަ ކުރެވޭޯތ ބަލައިލާށެވެ. އެހެންމީހުންގެ ކުރިއެރުމަށް

ހުރަހެއް އެޅިފައި ވޭޯތ ބަލާށެވެ. މިއިން ކަމެއް ހުރިނަމަ އަވަހަށް ތިމާގެ އަމަލުބަދަލު ކުރެވޭޯތ މަސައްކަތްކުރާށެވެ. ތިމާ އެންމެ އަހައްމިއްޔަތުކަން ދޭ ކަމަކީ މުއައްޒަފުންނާއި ޓީމްކަމުގައި ހަދައި އެމަގަށް މަސައްކަތްކުރާށެވެ. މީގެ

ސަބަބުން މުއައްޒަފުންގެ އިހްތިރާމް ލިބެން ފައްޓާނެއެވެ. އަދި ހަސަދަވާ ފަރާތް އެކަހެރިކުރާށެވެ. އެކަހެރިވުމުން ހަސަދަވެރިކަން މަޑުމަޑުން ތިރިވެ ގުރޫޕްއާއި ގުޅެން ބޭނުންވާނެއެވެ. މުއައްޒަފެއްގެ ފަރާތުން ހަސަދައިގެ ޮކޅުމަތި ފެންނަން

ފަށާއިރަށް ތިމާގެ ފަރާތުން އެފަދަ ކަމެއް ނެތްކަން އަންގައިދޭންވާނެއެވެ. އެފަދަ މުއައްޒަފަކަށް ކުރިއެރުމެއް ނުވަތަ މަރުހަބާ ކިޔަން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ

ތިމާއަކީ އެންމެ ކުރީގައި އެފަރާތަށް މަރުހަބާ ކިޔާ މީހެއް ކަމުގައި ވާންވާނެ އެވެ.

މިއީ ޮބޑު ޒުވާބަކަށް ދިއުމެއްނޫނެވެ. ޒުވާބު ކެންޕޭނެއް ފައްޓައިފިނަމަ އެއީ ހަސަދަވާ ފަރާތަށް ލިބޭ ކާމިޔާބެކެވެ. އެފަރާތުން ބޭނުުންވާ ހުރިހައި ވާހަކައެއް ގޮވައި މަސައްކަތު މާހައުލުގައި ނެތިނުބައި ކިޔުމުގެ އެއްވުންތަކެއް ހިންގަން ފައްޓަން ލިބޭ ފުރުޞަތެކެވެ. އެހެންކަމުން މިކަހަލަ ހަރަކާތަކަށް ނުޮގސް

އެހެން މުއައްޒަފުންނަށް އިހްތިރާމްޮކށް ނެތިނުބައި ކިޔުމާ އެކަހެރި ވާންވާނެއެވެ. ތިމާއަށް ދިމާވެގެން އުޅޭ މައްސަލަ ވެރިންނާއި ހިއްސާކުރަންވާނެއެވެ. އަދި އެމީހުންގެ ރުހުން ޯހދައިގަންނަން ވާނެއެވެ. ހަސަދަ ވެރީންނަށް އަބަދުވެސް އެމީހުންގެ އަމަލުތައް އަނބުރައި ގެންދެވޭ ޮގތަށް ފުރުޞަތު ޮއންނަންވާނީ

ހުޅުވާލެވިފައެވެ. އެމީހަކު ވާހަކަ ދައްކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް މަރުހަބާ ކިޔަންވާނެއެވެ. ރާއްޖެއަށް ވަޑައިގެންނެވި ދީނީ އިލްމުވެރިއެއް

ކަމުގައިވާ ޒިމްބާބްވޭގެ މުފްތީ މެންކުގެ ފޭސްބުކްގެ ސްޓޭޓަސްގައި މިއަހަރުގެ މާޗް މަހުގައި ލިޔުއްވާފައި ޮއތް އިބްރަތްްތެރި ބަސްޮކޅެއް ނަކަލުޮކށްލާނަމެވެ. “މީހެއްގެ ހަސަދަވެރިކަން ޮއންނާނީ އެމީހަކަށް ވުރެ ޮކންމެވެސް ޮގތަކުން

މަތިވެރިކަމެއް ނުވަތަ ފުދުންތެރިކަމެއް ނުވަތަ ހުނަރުވެރިކަމެއް އެހެންމީހެއްގެ ކިބައިގައި ހުރިމީހަކަށެވެ. ވީމާ މިފަދަ ނިއުމަތެއް ލިބިފައިވާ މީހަކު އެކަމަށް

ޝުކުރުވެރިވާށެވެ. ހަގީގަތުގައި އަހަރެމެން ކަންޮބޑުވާންވީ މީހަކު ހަސަދަވެރިވާނެ ސިފައެއް ނެތްނަމައެވެ. މިފަދަ ސިފައެއް ނެތްނަމަ ނަފްސު އިތުރަށް ކުރިއަރުވާނެ

ފުރުސަތު އެބަޮއތެވެ. މީހުން ބުނެއެޅެއެވެ. ގާއުކާނީ މޭވާ އަޅާ ގަސްގަހަށެވެ.”

ކެރިގެން ކުރިމަތިލުން

Page 26: Sun Magazine 47

26

Page 27: Sun Magazine 47

ސީނާ އަޙްމަދު ޒާހިރު

ޮކމަންވެލްތަކީ ގިނަ އެހީތަކެއް ރާއްޖެއަށް ދެމުން އަންނަ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން މެންބަރު ޤައުމުތަކަށް އެހީވެދިނުމުގައި

އުސޫލީ ފަސޭހަތަކެއްވެސް ހުރެއެވެ. އެޖަމުޢިއްޔާގައި ހިމެނޭ ގިނަ ޤައުުމުތަކަކީ ކުދި ޤައުމުތަކަށްވުމުން މެންބަރު ޤައުމުތަކާއި ކުރިމަތިވާ ތަރައްޤީގެ ގިނަ ހުރަސްތައްވަރަށް އެއްޮގތެވެ. އެހެންކަމުން ދިމާވާ

މައްސަލަތަކަށް ތަޖުރިބާގެ އަލީގައި، ރަގަޅު އަވަސް ހައްލެއް ޯހދުމަށްވެސް ބައެއްފަހަރު އެއްވިސްނުމެއްގައި މަސައްކަތްކުރުން ފަސޭހަވެގެންދެއެވެ. ޮކމަންވެލްތުގައި ހިމެނޭ ހުރިހާ ޤައުމަކީވެސް ޮކންމެވެސް އިރެއްގައި، ޮކންމެވެސް މިންވަރަކަށް އިނގިރޭސިންގެ އިސްތިޢުމާރީ ކުޑައިގެ ހިޔާ

ލިބިފައިވާ ޤައުމަށްވުމާއި އެކު އެޤައުމުތަކާއި ދިމާވާ ގިނަ މައްސަލަތަކުގައި އެއްޮގތްކަމެއް ހުރެއެވެ. ޚާއްޞަޮކށް އެފްރިކާ އާއި އޭޝިޔާ އާއި ދެކުނު

އެމެރިކާގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ. ފެށުނީއްސުރެ އަޅުގަނޑުމެންގެ ރާއްޖެއާއި އެންމެ ޮބޑު ގުޅުމެއް ޮއންނަ ދެ ޤައުމަކީ އިންޑިއާ އާއި ސްރީލަންކާއެވެ. އަޅުގަނޑުމެންގެ

ރާއްޖެ އާއި ކުރިމަތިވާ ޮކންމެ ކަމަކާއި އެދެ ޤައުމުން އަޅުގަނޑުމެންގެ ރާއްޖެއަށް އެހީތެރިކަން ޯފރުޮކށްދެމުން އާދެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭރުގެ ބޭންކަކީ އިންޑިއާގެ ބޭންކެކެވެ. އަޅުގަނޑުމެންގެ ރާއްޖެ އަށް އެންމެ ފުރަތަމަ ދާއިމީ

ޮގތަކަށް ވައިގެ ދަތުރުފަތުރު ކުރަންފެށީ އިންޑިއާގެ އެއަރލައިނަކުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ

ޒިޔާރަތްކުރެއްވި ޮބޑުވަޒީރަކީ އިންޑިއާގެ ޮބޑުވަޒީރެކެވެ. އަޅުގަނޑުމެންނާއި ޓެރަރިޒަމް އާއި ބަލިމަޑުކަމުގެ ޯރގާގެ ދަތިތަކާއި ކުރިމަތިވުމުންވެސް

އެންމެ ފުރަތަމަ އެހީ ޯފރުޮކށްދޭ ޤައުމުތަކުގެ އެންމެ ކުރީގައި ޮއންނަނީ އިންޑިއާއެވެ. މީގެ އިތުރަށް އެކި ފެންވަރުގައި އިންޑިއާގެ ސަރުކާރުންވަނީ

ވޭތުވެދިޔަ އަހަރުތަކުގައި އެތަކެއްސަތޭކަ މިލިއަން ޮޑލަރުގެ އެހީ ތަފާތުޮގތްޮގތަށް ރާއްޖެ އަށް ވެދީފައެވެ. ހަމައެފަދައިން ސްރީލަންކާއަކީވެސް

އެޤައުމުގެ ފެންވަރުން ރާއްޖެ އަށް އެހީތެރިވެދޭ ޤައުމެކެވެ. ސްރީލަންކާ ޮބޑަށް ބެލެވިފައި ޮއންނަނީ ރާއްޖޭގެ ބައިނުލްއަޤްވާމީ ޮދޯރށި

ހުޅުވުމުގެކުރިން ރާއްޖެ އަށް އެކިއެކި ކަންކަމުގައި މަގު ފަހިކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ބޭސްފަރުވާ އާއި ވިޔަފާރީގެ ކަންތައްތަކާއިގެން ކުރިޔަށް ދިއުމަށް މެދުވެރިއެއްގެޮގތުގައި ޮއންނަ ޤައުމެއްގެ ޮގތުގައެވެ.

ރާއްޖޭގެ އެންމެ އަވައްޓެރި، އެންމެ ގާތް އެކުވެރި ޤައުމެވެ. މިދެ ޤައުމަކީވެސް ޮކމަންވެލްތުގެ ދެ ޤައުމެވެ.

ދިވެހިރާއްޖެކަހަލަ ކުޑަ ޤައުމަކަށް މައްސަލައެއް ދިމާވުމުން އެކަމާއިބެހޭޮގތުން ޮކމަންވެލްތުފަދަ ޖަމްޢިއްޔާތަކުގެ ޮކމިޓީތަކުން

މަސައްކަތްކުރާނެޮގތަކަށް ބަލާލަމާޯތއެވެ؟ އެފަދަ ޮކމިޓީތަކުގައި ހިމެނޭ ގިނަ ޤައުމުތަކުން، ރާއްޖެކަހަލަ ކުޑަކުޑަ ޤައުމެއްގައި ހިނގާ

ކަމަކާއިމެދު މާޮބޑު ޝަޢުޤުވެރިކަމެއް ނުޮއވެދާނެއެވެ. އެބޭފުޅުންގެ ޚިޔާލު ފާޅުކުރައްވާނީ ހުށައެޅިފައިޮއންނަ މައްސަލައަކާއިބެހޭޮގތުން ތައްޔާރުޮކށްފައި

ޮއންނަ ރިޯޕޓެއްގެ މައްޗަށެވެ. އެކަމަކާއިމެދު ޝަޢުޤުވެރިކަންހުންނަ ޤައުމަކުން ހުށައެޅިފައި ޮއތް މައްސަލައެއް ވަކިޮގތަކަށް ނިންމުމަށް

ބޭނުންވާނަމަ ޮކމިޓީގެ މެންބަރުންގެ އަރިއަހަށް ވަޑައިގެން އެފަރާތެއް ތަރުޙީބުދެއްވާޮކޅަކަށް ބުރަވެވަޑައިގެން ވާހަކަ ދައްކަވާފާނެއެވެ.

އަދި އެފަރާތުން ބޭނުންވާޮގތަކަށް އެކަމެއް ނިންމުމަށް ޯވޓުދެއްވުމަށް އެދިވަޑައިގަންނަވާފާނެއެވެ. ނުފޫޒުގަދަ ބިޔަ ޤައުމަކުން މިފަދަ މަސައްކަތެއް ޮކށްފިނަމަ، މިފަދަ ޮކމިޓީތަކުގައި އެފަރާތަކުން އެދޭޮގތަކަށް އެފަދަ ކަމެއް ނިމިގެންދިއުމުގެ ފުރުޞަތު ވަރަށް ޮބޑެވެ. ޮކމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް )ސީމެގް( ގައިވެސް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލައިގައި، މިފަދަޮގތަކަށް ކަންތައްތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.

އަޅުގަނޑުމެން ޤަބޫލުކުރާޮގތުގައި ސީމެގުން ދިވެހިރާއްޖެ އާއި މެދު ގެންގުޅުއްވާ ޚިޔާލަކީ ނުވަތަ ސިޔާސަތަކީ، ޒިއްމާދާރުކަން ކުޑަ، ޑެޮމކްރަސީ އާއި ފުށުއަރާ ޚިޔާލެއްކަމުގައިވިޔަސް، އަޅުގަނޑުމެން މަސައްކަތްކުރަންވާނީ ޒިއްމާދާރުކަމާއި އެކުގައެވެ. އެކަކު ޯގހެއް ހެދީތީވެ، އަނެކަކުވެސް ޯގހެއް

ހަދައިގެންނުވާނެއެވެ. ރާއްޖެ އާއި ދަތިތަކާއި ކުރިމަތިވާއިރު، ރާއްޖެ އާއި އަބަދުވެސް ގާތްކަން ބާއްވާ ރާއްޖޭގެ އެންމެ އެކުވެރި ޤައުމުތަކުން

އިޚްލާޞްތެރިކަމާއި އެކު އެހީތެރިވެދޭނެކަމާމެދު ޝައްކެއްނެތެވެ. އެހެންނަމަވެސް އޭގެ މާނައަކީ ރާއްޖެ ހިތްހަމަނުޖެހޭޮގތަށް ކަންތައްކުރާ ހުރިހާ

ފަރާތްތަކާއި ގުޅުން ކަނޑާލުމެެއް ނޫނެވެ. ޮކމަންވެލްތުން ވަކިވުމަށް ރާއްޖޭގެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކެވުމަކީ ސިޔާސީ ނަޒަރަަކުން ބަލާއިރު، އެފަދަ ވާހަކައަކުން ލިބިދާނެ

ފައިދާއަކަށްވުރެ ޮބޑަށް ގެއްލުންޮބޑުވާނެ ވާހަކައެކެވެ. ޮކމަންވެލްތުން ވަކިވުން ދުރުގައި ބާއްވާފައެވެ. ޮކމަންވެލްތުން ދިިވެހިިރާއްޖެ ވަކިވުމުން އެ ޖަމުޢިއްޔާއަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތެވެ. އުނދަގުލެއް

ވިއްޔާ ވާނީ ދިވެހިރާއްޖެއަށެވެ. ދަތުރުފަތުރުކުރުމުގައިވެސް ޮކމަންވެލްތުގެ ޤައުމަކަށްވެއްޖެނަމަ ބައެއް ޙާލަތުގައި، ބައެއް ޤައުމުތަކުގައި މެންބަރު

ޤައުމުތަކަށް ފަސޭހަތަކެއް ލިބިގެންދާތީވެއެވެ. ސިޔާސީ ވާދަވެރިން، ބައިނުލްއަޤްވާމީ ޖަމުޢިއްޔާއެއްގެ ސިޔާސަތާ

އިމެދުހިތްހަމަނުޖެހިގެން، އެޖަމުޢިއްޔާއަކުން ވަކިވުމާއި ބެހޭޮގތުން ދައްކާ ވާހައިގެތެރެއަށް ސަރުކާރުންވަނުމަކީ، ރަގަޅު، ސިޔާސީ ވިސްނުމަކަށް

ނުވެދާނެއެވެ. ޮކމަންވެލްތުގެ ޝަރުތުތަކަށް ރާއްޖެ ނުފެތިގެން އެޖަމުޢިއްޔާ އިން ރާއްޖެ ވަކިކުރުމަށް ނިންމައިފިނަމަ، އެއީ އެޖަމުޢިއްޔާގެ ނިންމުމެކެވެ. އެކަމުގެ ސަބަބުން ރާއްޖެއާއި އުނދަގޫތަކާއި ކުރިމަތިލާންޖެހުނަސް، އެކަމާއި ބެހޭޮގތުން ރާއްޖެއިން ކުރާނެކަމެއް ނުޮއންނާނެއެވެ. ރާއްޖެއަކީ ޮކމަންވެލްތަށް

ފަހުން ވަން ޤައުމަކަށްވުމާއިއެކު ޮކމަންވެލްތުގައި ނުހިމެނި އުޅުމުގެ ތަޖުރިބާއެއްވެސް ރާއްޖެއަށް ލިބިފައިވާނެެއެވެ.

ޤައުމުތަކެއްގެ މައްޗަށް އެކުލެވިފައި ޮއންނަ ބައިނުލްއަޤްވާމީ ޖަމުޢިއްޔާއަކުން ވަކިވާ ވާހަކަ ރާއްޖެކަހަލަ ކުޑަ ޤައުމަކުން ދެއްކުމަކީ ޤައުމަށް އެންމެ ފައިދާހުރިޮގތަކަށްްނުވެދާނެއެވެ. އެފަދަޖަމުޢިއްޔާއަކުން ވަކިވުމާއިބެހޭޮގތުން

ބަހުސަކަށް ދިއުމަކީވެސް ބުއްދިވެރިކަމަކަށް ނުވެދާނެއެވެ. ސަބަބަކީ އެފަދަ ބަހުސެއްގެތެރޭގައި، ޑިޕްޮލމެޓިކްޮގތުން ބަލައިގަންނަ ސުލޫކީ މިންގަނޑުން ބޭރުން ވާހަކަ ދެއްކޭނެތީވެއެވެ. އެފަދަވާހަކަތަކުން އެޖަމުޢިއްޔާއަކާއިމެދު ޮއންނަ ގުޅުމަށް ހީނަރުކަމެެއް އަތުވެދާނެތީވެއެވެ.ބައިނުލްއަޤްވާމީ ބައެއް ޖަމުޢިއްޔާތަކުން ކުރާ ބައެއް މަސައްކަތައް ފާޑުކިޔާ، އެފަރާތްތަކުގެ

ނިންމުންތައް ޯދދިޔާކަމުގެ ވާހަކައާއި ދެޮކޅުނުޖެހޭ ވާހަކަ ދެއްކުމަކީ މުޅިން އެހެން މައްސަލައެކެވެ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ޑެޮމކްރެޓިކް

ޙައްޤެކެވެ.

ން ާފ ސިކުނީޑގެ ޠޫ

27

Page 28: Sun Magazine 47

މިންނު

ބޭާކރު ބިއުީޓ ޕްރޮޑަކްޓްސް ގަންާނނެ ކަމެއް ނެތް....

ފިހާރައިގަ ހުންނަ ހުރިހާ ބިއުޓީ ޕްޮރޑަކްޓްސް ތަކަކީ ޮކންމެހެން ގަންނަން ޖެހޭ އަދި ބޭނުން ކުރަން ޖެހޭ ޕްޮރޑަކްޓްސް ތަކެއް ނޫނެވެ. އިޝްތިހާރު ތަކުގެ ފުރިހަމަ ކަމުންނާއި ފުޅި ނުވަތަ ދަޅު ތަކުގެ ރީތި ކަމުން ޮކންމެހެން ގަންނަންދާ އެއްޗެހިތަކަށް ވުރެ ބޭނުން ކުރަން ނުޖެހޭ އެތައް އެއްޗެއް ގަނެވޭތަން އާދެއެވެ.

28

ފޫޓް މާސްކް

ފޭސް މާސްކް ނުވަތަ މޫނުގައި ހާކާ މާސްކް އަކީ ބޭނުން ތެރި އެއްޗެކެވެ. އެކަމަކު ފޫޓް މާސްކް އަކީ އެއްޮގތަކަށްވެސް ބޭނުން ތެރި އެއްޗެއް ނޫނެވެ. ފައި

ރީތި ޮކށް ބަހައްޓަން ޕެޑިކިޯއއެއް ނެގުމުން ނުވަތަ އެންމެ އާދައިގެ ޮގތުގައި ހޫނު ފެނަށް ފައިލައިގެން އިނުމަށްފަހު ޮމއިސްޗަރައިޒަރެއް ހޭކުމުން ފަޔަށް

ބޭނުންވާ ފަރުވާ ލިބެއެވެ. މާސްކް އަކީ ޮކންމެހެން ބޭނުން ތެރި އެއްޗެއްނޫނެވެ.

ލިޕް އެކްސްޯފލިއޭޓަރ

ތުންފަތަކީ ޮކންމެހެންވެސް ރީތިޮކށް ބަހައްޓަން ބޭނުންވާ ގުނަވަނެކެވެ. ނަމަވެސް ލިޕް އެކްސްޯފލިއޭޓަރެއް ގަތުމަކީ ބޭކާރު ހަރަދެކެވެ. ތުންފަތް އެކްސްޯފލިއޭޓް ކުރަން ބޭނުން ކަމަށްވާނަމަ މަޑު ދަތްއުނގުޅާ ބުރުހަކުން ތުންފަތުގަ ހާކާށެވެ.

ނުވަތަ ތުވާލި ވެސް ހޭކިދާނެއެވެ. މިކަމަށް އެކްސްޯފލިއޭޓަރެއް ވަކިން ގަންނާކަށް ބޭނުމެއް ނުވެއެވެ.

މީ ހުސް ބޭކާރު ހަރަދެވެ. އެހެނީ ގަންނަ ހުރިހާ ޕްޮރޑަކްޓްސް ތަކަކީ ބޭނުން ކުރެވޭ ނުވަތަ ކުރަންޖެހޭ އެއްޗަކަށްވެސް ނުވެއެވެ. އެހެން ކަމުން މި އާޓިކަލް ގަ މި ބަލާލަނީ މި ޮގތަށް ޮކނެމެހެން ގަންނަން ނުޖެހޭ ބައެއް ޕްޮރޑަކްޓްސް

ތަކަށެވެ.

Page 29: Sun Magazine 47

29

ޯޓނަރ

ބައެއް ބިއުޓީ މާހިރުންގެ ހިޔާލު މިކަމާ ތަފާތު ކަމަށް ވިޔަސް ޯޓނަރ އަކީ ޮކންމެހެން މަޖުބޫރުޮކށް ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ޯޓނަރ ގެ ބޭނުމަކީ މޫނު ޮދވުމުންވެސް މޫނުގައި އިތުރުވެފައި ހުރި މޭކަޕްތައް ނުވަތަ ތެޮޔތައް ޮދވުމެވެ.

އެކަމަކު މިހާރު ހުންނަ ފޭސް ޮވޝް ތައް މި ބޭނުންތައް ފުއްދައިދެ އެވެ. އެހެންކަމުން ޯޓނަރ އެއް ވަކިން ގަތުމުގެ މާޮބޑު ފައިދާއެއް ނެތެވެ.

ނެކް ކްރީމް

ވަކި ގުނަވަންތަކުގެ ނަންތައް ޖަހާފަ ހުންނަ ކްރީމް ތަކަކީ އެއާއި ނުލާ އުޅެވޭނެ ޕްޮރޑަކްޓްސް ތަކެކެވެ. މޫނުގައި ހާކާ ޮމއިސްޗަރައިޒަރަކީ ކަރުގައި ވެސް ބޭނުން

ކުރެވޭނެ ޮމއިސްޗަރައިޒަރެކެވެ. އެހެން ކަމުން ވަކިން ކަރަށް ކްރީމް އެއް ގަތުމަކީ ހަމަ ބޭކާރު ހަރަދެކެވެ.

އެންޓި-އޭޖިން ޕްޮރޑަކްޓްސް

ގިނަ ޮކސްމެޓިކްސް ޮކމްޕެނީތަކުން ފައިދާ ޯހދުމުގެ ބޭނުމުގައި ވަކިން އެންޓި-އޭޖިން ޕްޮރޑަކްޓްސް އުފައްދައެވެ. މި ޕްޮރޑަކްޓްސް ތަކުގައި އެހެން ޕްޮރޑަކްޓްސް ތަކާ މާޮބޑު ތަފާތެއް އަސްލު ނުހުރެއެވެ. އަދި އެންޓި-އޭޖިން ޕްރޮޑަކްޓްސް އިން މޫނުގައި ހުންނަ ރޫތައް ފިލާކަމުގެ ނިޝާންތައް ފެންނަނީ މަދުފަހަރަކުއެވެ. ޮކމްޕެނީ ތަކުން ކުރާ އިޝްތިހާރު ތަކުން ޮކންމެ މީހަކުވެސް ޮގސް މި ޕްޮރޑަކްޓްސް ތައް ގަންނަނީއެވެ. ނަމަވެސް މި ކަހަލަ ޕްޮރޑަކްޓްސް

ގަތުމަށް ވުރެ ރަނގަޅު ކްލެންސަރ އަކާއި ޮމއިސްޗަރައިޒަރެއް ގަތުމުން ފުދެއެވެ. އަދި ހަމަށް މާ ޮބޑަށް ފައިދާ ވެއެވެ.

ޯލވަރ ލޭޝް މަސްކަރާ

ޮކންމެހެން ގެންގުޅެންޖެހޭ މޭކަޕް އައިޓަމެއްގެ ޮގތުގައި މަސްކަރާ ވެއެވެ. ނަމަވެސް ހާއްސަޮކށް ޯލވަރ ލޭޝް )ޮލލުގެ ތިރީ އެސްފިޔަތަކަށް( މަސްކަރާ

އަކީ އެއްވެސް ޮގތަކަށް ބޭނުންތެރި އެއްޗެއްނޫނެވެ. ޮލލުގައި ހުންނަ އެސްފިޔަތަކުގައި ހުންނަނީ އެއް އިސްތަށިތަކެކެވެ. އެއީ މަތީ ޮލލުގައި ހުންނަ އެސްފިޔައަށް ވިއަސް އަދި ތިރީ ޮލލުގައި ހުންނަ އެސްފިޔަ ވިއަސް އެވެ.

އެހެންކަމުން ދެވައްތަރެއްގެ މަސްކަރާ އެއް ބޭނުމެއް ނުވެއެވެ. މިއީ ހަމަ ބޭކާރު ހަރަދެކެވެ.

ޝޭވިން ކްރީމް

ފައި ޝޭވް ކުރުމަކީ ޮކންމެހެން ކުރަންޖެހޭ ކަމަކަށް ވިޔަސް ޝޭވް ކުރުމަށް ޝޭވިން ކްރީމެއް ގަތުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ޝޭވިން ކްރީމްގެ ބަދަލުގައި ޮކންޑިޝިއަނަރ ނުވަތަ ޮބޑީ ޮވޝްއެއް ބޭނުން ކުރެވޭނެއެވެ.

ޝޭވިން ކްރީމް އަކީ އެހާ އަގު ޮބޑު އެއްޗެއް ނޫނަސް މިއީ ގަތުން މުހިއްމު އެއްޗެއްނޫނެވެ.

Page 30: Sun Magazine 47

މުހައްމަދު ބުޝްރީ ކެޮޔނިރު

30

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމުކަމުގެ އުފާ އެންމެ ޮބޑަށް ލިބެންޖެހޭ ބަޔަކީ ދިވެހިންނެވެ. ބިދޭސީ ގިނަ ބަޔަކު ދެކޭޮގތުގައި ދިވެއްސަކަށް ވުމަކީ ވަރަށް ބޮޑު ފަހުރެކެވެ. އެއީ އެހާ ރީތި ޤައުމެއްގެ ރައްޔިތަކަށް ވީތީއެވެ. ދިވެހިރާއްޖެއަކީ އެމީހުންނަށް ހުވަފެނީ މަންޒިލެކެވެ. ހިތާމައަކީ ދިވެހިރާއްޖޭގެ

ގުދުރަތީ ރީތިކަމަކީ ޚުދު ދިވެހިންނަށް ވެސް ހުވަފެނަކުން ނޫނީ ތަޖުރިބާ ނުކުރެވޭ ކަމަކަށް ވެފައިވާތީއެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ހުދު ޮގނޑުޮދއްތަކާއި، ހިތްގައިމު މާމެލާ މެއްޔާއި، ސާފު މޫދުތަކާއި، ހިތްގައިމު ވައިޯރޅިތައް ވެފައިވަނީ ދިވެހިންނަށް ހަމައެކަނި ޓީވީން ނާއި މަޖައްލާތަކުގެ ޮފޯޓއިން އިހްސާސް ކުރަންޖެހިފައިވާ އެއްޗަކަށެވެ. ދެމަފިރިއަކާއި ދެދަރިންގެ ކުޑަ އާއިލާއެއް، އެންމެ ދެރެއަށް ރިޯސޓެއްގައި ޗުއްޓީ ހޭދަޮކށްލަން ވެސް، ދިވެހިންނަށް ހާއްސަ ޕެކޭޖުގެ ދަށުން ދިހަވަރަކަށް

ހާސް ރުފިޔާ ހަރަދުވެއެވެ. މިދެންނެވި “ޯލކަލް ޕެކޭޖް” ގެ ދަށުން ދިވެހިންނަށް ޮކޓަރި ވިއްކަނީވެސް ބަނޮޑސް ފަދަ މަދު ރިޯސޓަކުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ފެންވަރުގެ މީހުންނަށް އަމާޒުޮކށް ރިޯސޓުތައް ހަދައި، މިދެންނެވި ރިޯސޓުތައް އިޝްތިހާރުކުރަން އަހަރަކު އެތައް މިލިޔަން

ޮޑލަރެއް ހޭދަކުރާއިރު އެތެރޭގެ ފަތުރުވެރިކަމަށް އަމާޒުޮކށް ދިވެހިންނަށް ހާއްސަ ރިޯސޓެއް ހަދާކަށް އެއްވެސް މީހަކު ހިޔާލުކުރާތަނެއް ނުފެނެއެވެ. މާލެ، ޮތއްޖެހި

ގައުމުގައި އިޖުތިމާއީ އެތައް ބައްޔެއް އާއްމުވެފައި ވާއިރު، ފޫހިވެގެން ލާހޫރޭ ޒުވާނުންނާއި، ސާފު ވައިޯރޅިއެއް ނުލިބިގެން އުޅޭ އާއްމު ދިވެހި ރައްޔިތުން ހިތްއުފާ ކޮށްލަން މާލެއިން ފުރައިގެން އެހެން ރަށަކަށް ދިއުމަކީ ވަރަށް ދަތި

އުނދަގޫ ކަމެކެވެ. ޮއފްސީޒަންގެ ރިޯސޓުތަކުގެ ގިނަ ޮކޓަރިތައް ހުހަށް ހުއްޓަސް ޯލކަލް

ޕެކޭޖްގެ ދަށުން ދިވެހިންނަށް ޮކޓަރި ވިއްކަން ބޭނުންވަނީ ވަރަށް މަދު ރިސޯޓަކުންނެވެ. އެހެންކަމުން ކިރިޔާވެސް ލާރިއެއް ލިބޭ މީހަކު ވެއްޖިއްޔާ ޗުއްޓީ ހޭދަޮކށްލަން، ޮބޑު ހަރަދުޮކށްފައި ދަނީ ޮކލަމްޯބ، ބެނގަލޫރު ނުވަތަ ބެންޮކކް ފަދަ

ތަނަކަށެވެ. މީގެ ބަދަލުގައި، ތަހުޒީބު އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ފަދައިން

އަމިއްލަ ގައުމުގައި ތިބެގެން އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ހޭދަކުރެވޭނެ ފަދަ ނިޒާމެއް ހަމަޖައްސައި ދިނުމަކީ ވިޔަފާރީގެ ނަޒަރަކުން ބެލިކަމުގައިވިޔަސް،

ދިވެހިރާއްޖޭގައި ކުރަންޖެހިފައިވާ ކަމެކެވެ. މިދެންނެވި ފަދަ އެތެރޭގެ ފަތުރުވެރިކަމުގެ ވަރަށް ޮބޑު މާކެޓެއް ޮއތްކަން ޔަގީނެވެ. އެމާކެޓަށް ކޭޓަރ ކުރެވޭ ފަދަ ދިވެހި ރިޯސޓުތަކާއި، ގެސްޓް ހައުސްތައް ހެދި، އެކަމާއި ގުޅޭ

ޓްރެވެލް އެޖެންސީތައް ވެސް އުފެދިއްޖެ ނަމަ ރާއްޖޭގެ އެތެރޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރައި، ގިނަ ބަޔަކަށް އެކަމުން މަންފާ ލިބި، ދިވެހިން ޗުއްޓީ

ހޭދަޮކށްލާނެ ރަނގަޅު ޮގތްތަކެއްވެސް ހަމަޖެހިގެން ދާނެއެވެ. އުތީމާއި، އައްޑު އަޮތޅު ގަން ފަދަ މަންޒިލުތަކަށް ދިވެހިންނަށް ފަސޭހައިން

ދަތުރު ކުރެވޭނެ ޮގތްތަކެއް ހަމަޖެހިއްޖެ ނަމަ އެތެރޭގެ ފަތުރުވެރިކަމުގެ

ސަބަބުން، ދިވެހިންގެ ހިތްތަކުގައި ގައުމީ ޯލބި އިތިރުވުމަކީ ވެސް ނުވެނުދާނެ ކަމެކެވެ. އެތެރޭގެ ފަތުރުވެރިކަމަށް އަމާޒުޮކށް ހަދާ ރިޯސޓުތަކަށް ދެވެންވާނީ

ހަމައެކަނި ދިވެހިންނަށާއި، ބިދޭސީ ޯވކްޕާމިޓް ޯހލްޑަރުންނަށް އެކަންޏެވެ. އެފަދަ ރިޯސޓެއްގައި މާ ޮބޑެތި ލަގްޒަރީ ފެސިލިޓީޒް ތަކެއް ނެތަސް ޮކޓަރިތައް ސާފުތާހިރުވެފައި، އައުޓް ޯޑރ ކުޅިވަރުތަކާއި، ޯފނުގެ ކުޅިވަރުތައް ކުޅެވޭ ޮގތަށް ހުންނަން ޖެހޭނެއެވެ. ރޫމް ޮއންލީ އުސޫލުން ދިވެހިންނަށް ޮކޓަރިތައް ވިއްކާފައި، ޮކފީ ޮޝޕާއި، ރެސްޯޓރެންޓް ފަދަ އެފް.އެން.ބީ އައުޓްލެޓްތައް އެހެން ބަޔަކަށް

ކުއްޔަށްދީގެން ވެސް ހިންގިދާނެއެވެ. މާލެ އާއި ކައިރިން ބަލާއިރު މިފަދަ ދިވެހި ރިޯސޓެއް ގާއިމުކުރެވިދާނެ

ރަށްތަކުގެ ތެރޭގައި ކުޑަބަނޮޑސް، އާރަށް އަދި ފޭދޫ ފިޮނޅު ހިމެނެވެ. މިކަމަށްޓަކައި ސަރުކާރުން އެންމެ ޯލލާރިއެއްވެސް ހަރަދު ކުރާކަށް ނުޖެހެއެވެ. މިދެންނެވި ކަހަލަ ރަށެށް އެކަމަށް ކަނޑައަޅާފަ ވަކި އުސޫލެއްގެ ދަށުން ބިޑަށް

ލުމުން ރަށް ތަރައްގީޮކށް ހިންގާނެ ފަރާތްތައް ވާނެކަން ޔަގީނެވެ. ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ފަހުޮކޅު، ނުވަތަ ނުވަދިހައިގެ އަހަރުތަކުގެ ކުރީޮކޅު ބަނޮޑސް ފަދަ ރިޯސޓުތަކުގައި ދެވެން ހުރި ފަދަ

މެދުމިނެއްގެ ހިދުމަތްތަކާއެކު، މިޙާރު ދިވެހި ރިޯސޓެއް ހެދިޔަސް ރެޔަކަށް އެއްހާސް ރުފިޔާގެ ރޭޓުން ޮކޓަރި އެކަނި ވިއްކައިގެން އެހެނިހެން އެކްސްޓްރާޒް

ތަކުން ޮބޑު ފައިދާއެއް ލިބޭ ޮގތަށް ދިވެހި ރިޯސޓެއް މާލެއާއި ކައިރީގައި ހިންގިދާނެކަން ޔަގީނެވެ.

ކުޑަބަނޑޮހަކީ މިވަގުތު ނައިބުރައީސް މުހައްމަދު ވަހީދުއްދީނުގެ ބެއްލެވުމުގެ ދަށުގައިވާ ރަށަކަށް ވުމުން ދިވެހިންނަށް މިފަދަ ރިޯސޓެއް ހައްދަވައިދެއްވުމަކީ

އެމަނިކުފާނުގެ ވިޔަފާރިއަށްވެސް ފައިދާވާނެ، އަދި ރައްޔިތުންގެ ޯލބިވެސް ލިބިގެންދާނެ ކަމަކަށް ވާނެއެވެ. ހަމައެފަދައިން އާރަށް ދިވެހިރައްޔިތުންގެ

ރިޯސޓަކަށް ހައްދަވައިދެއްވައިފިނަމަ ރައީސް ޑރ.ވަހީދަށްވެސް ރައްޔިތުންގެ ޯލބި ލިބިގެންދާނެއެވެ.

ދުވަހު ދެދަޅައަށް ފުއް ޖަހައިގެން މާލެ ވަށާ ސައިކަލުގަ ބުރުޖެހުން ނޫން އެހެން ކަމެއް ކުރެވެނީ މަދު ދިވެހިން ޮކޅަކަށެވެ. ޗުއްޓީ ލިބުނަސް ގިނަ މީހުން

ކުރާކަމީ ނިދާފަ، ރޭގަނޑު އަނބިމީހާ ޮގވައިގެން ބާމިޮގރެންއެއް ކާލަންށާއި ކުރުނބާ ފަނިތައްޓެއް ޯބލަން ހާބަރު ކަޑައަކަށް ދިއުމެވެ. މިއީ ދުނިޔޭގެ އެންމެ މަގުބޫލު އަދި ހުވަފެނީ މަންޒިލުކަމުގައިވާ ޯމލްޑިވްސް ނުވަތަ ދިވެހިރާއްޖޭގައި، ދިވެހިންގެ ހާލު ހުރިޮގތެވެ. މިކަން ބަދަލުޮކށް، އިޖުތިމާއީ ބަލިމަޑުކަމުން ގައުމު ސަލާމަތްޮކށްދިނުމުގެ ބާރުޮއތީ ޓޫރިޒަމް މިނިސްޓްރީ އާއި، ދިވެހިސަރުކާރާއި،

ވިޔަފާރިވެރިންގެ އަތްމަތީގައެވެ. ކުޑަބަނޮޑސް، ފޭދޫ ފިޮނޅު، ނުވަތަ އާރަށުގައި ދިވެހި ރިޯސޓެއް ހުޅުވޭ

ދުވަސް ވެގެންދާނީ ތާރީހީ ދުވަހަކަށެވެ. މިދެންނެވި ތާރީހީ ދުވަސް ދިވެހިންނާ ހަމައަށް ގެނެސް ދެއްވާނީ ޮކން ލީޑަރެއް ނުވަތަ ޮކން ލީޑަރުންތަކެއް ބާއެވެ؟

ދިވެހި ރިސޯޓެއް ހަދައިދޭީނ ާކކު؟

Page 31: Sun Magazine 47

31

ބޮީލވުޑް

އަީމާތބުގެ ކުީރގެ މަންޒަރުތައް އަލުން ކުޅެީނ

މި އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ އައިޝްވާރިޔާ ރާއީއަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ އެންމެ ޮބޑު ސަބަބަކީ ނޫސްވެރިންނަށް އަދި މާ

ރަނގަޅަށް ފެނިފައި ނުވާ، ދަރިފުޅާއެކު އައިޝްވާރިޔާ ފިލްމު ފެސްޓިވަލަށް ދިޔަ ކަމެވެ. ކޭންސް ފިލްމު ފެސްޓިވަލަކީ މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވާ ފެސްޓިވަލެކެވެ. އައިޝްވާރިޔާއަކީ ކޭންސް ފިލްމު ފެސްޓިވަލަށް ޮކންމެ އަހަރަކު ވެސް ދާ ތަރިއެކެވެ. ޮކންމެ އަހަރަކު ވެސް އެތައް ޕަޕަރާޒީންނެއް އެމީހުންގެ ކެމެރާތައް އައިޝްއަށް އަމާޒުޮކށްގެން، އައިޝްގެ ޮކންމެ

ހަރަކާތެއް ޮފޯޓ ނެގޭޯތ މަސައްކަތް ކުރެއެވެ. ޮކންމެ އަހަރަކު ވެސް އައިޝް ލައިގެން ހުންނަ ހެދުމާއި އައިޝްގެ އިސްތަށިގަނޑުގެ ސްޓައިލު ދެކެން އެތައް ބަޔަކު އިންތިޒާރު ކުރެއެވެ. އެހެން ނަމަވެސް މި ފަހަރު އައިޝްއަށް ވުރެ ވެސް ޮބޑަށް އައިޝްގެ ތުއްތު އަންހެން

ދަރިފުޅު ދެކޭން މީހުން ބޭނުންވި ކަމަށް ހަބަރު ލިބެއެވެ. ގިނަ ބަޔަކު ބަލަން ބޭނުންވީ އެ ކުއްޖާ ވައްތަރީ އަބީޝެކާ ހެއްޔެވެ؟ ނުވަތަ އައިޝްވާރިޔާއާ ހެއްޔެވެ؟ ނުވަތަ އައިޝްގެ

މަންމައާ ހެއްޔެވެ؟ ނުވަތަ އަބީޝެކްގެ މަންމައާ ހެއްޔެވެ؟ ހަމަ މިއާ އެކު ކޭންސް ފިލްމު ފެސްޓިވަލަށް ދަރިފުޅު ޮގވައިގެން އައިޝް ދިޔަ ނަމަ ވެސް އެ ދަރިފުޅުގެ ޮފޯޓ ނެގުމުގެ ނަސީބު ޕަޕަރާޒީންނަށް ލިބޭނެބާވައެވެ؟ މިއީ ވެސް އޭރު އަދި ޖަވާބު ނުލިބޭ ސުވާލެކެވެ. ޮކންމެއަކަސް

މިފަހަރު އެންމެވެސް އެންމެ ދެކޭހިތްވީ އައިޝްގެ އަންހެން ދަރިފުޅު އަރާދްޔާއެވެ.

އަމީތާބް ބައްޗަން އަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން މަޝްހޫރުކަމަށް އެއްވެސް ބަދަލެއް ނާންނަ ތަރިއެކެވެ. އެތައް އަހަރެއް ވީ އިރުވެސްމެއެވެ. އަމީތާބް އެކްޓްޮކށްފައިވާ ފިލްމުތަކުގެ މަންޒަރުތައް

އަލުން ކުޅެ، އެ މަންޒަރުތައް މިހާރުގެ ފިލްމުތަކުގައި ހިމެނުމަކީ ފިލްމު އުފައްދާ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށް މިހާރުވަނީ ވެފައެވެ.

ދާދި ފަހުން ނުކުތް ރާމް ޯގޕާާލް ވަރްމާގެ ޑިޕާޓްމަންޓުގައި ސަންޖޭދަތު ވަނީ “ނަމަކް ހަލާލް” ފިލްމުގައި އަމީތާބް އެކްޓްޮކށްފައިވާ ލަވައެއް ކަމުގައިވާ “ޯތޅީ ސީ ޯޖ ޕީ ލޭ ހޭނ”

ހުށަހަޅާދީފައެވެ. ކުރީގެ މަންޒަރުތައް އަލުން ގެނެސްދިނުމުގެ ސިލްސިލާއެއް ފެށިފައިވާއިރު، މިހާރު އެންމެ އަވަހަށް ފެންނާނެ މިފަދަ މަންޒަރަކީ އަމީތާބާ އެއްވަރު ޮބޑު ބިހެއްގެ ތެރެއިން އަމީތާބު

ނުކުންނަ މަންޒަރެވެ. ޒަމާނީ ޓެކްޮނލޮޖީގެ އެހީގައި މިފަދަ މަންޒަރުތައް އަލުން ކުޅުމުން މީހުންގެ ޝައުގުވެރިކަން

ލިބޭނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ދެކޭއިރު، އަމީތާބު އެ މަންޒަރު ކުޅުނު އިރު ހުރި އުމުރު ދައްކައިދޭނީ ކިހިނެއް ކަމެއް އެކަކު ވެސް ބުނެއެއް ނުދެއެވެ. އުމުރު ހަގުޮކށް ދެއްކުމަކީ ވެސް މިހާރު މާ ބޮޑު އުނދަގުލަކާ ނުލައި ކުރެވިދާނެ ކަމަކަށް ވާތީ އެވާހަކަ ނުދައްކަނީ ކަމަށް

ވެދާނެއެވެ. ޮކންމެ އަކަސް އިންސާނަކު ބިހެއްގެ ތެރެއިން ދުނިޔެއަށް ނޭވާލުމަކީ ހަގީގީ ހަޔާތުގައި ވާނެ ކަމެއް ނޫން ނަމަވެސް، މި ފަހަރު ބިހެއްގެ ތެރެއިން އިންސާނަކު ނުކުންނަތަން ފެންނާނެއެވެ. ދުނިޔޭގައި އާންމުޮކށް ހުންނަ އެންމެ ޮބޑެތި ބިސްތައް ކަމުގައިވާ މާދޫނި ބިހާއި، ޑައިނަޯސރ ބިހަށް ވުރެ

ވެސް ޮބޑު ބިހަކުންނެވެ.

އައިޝްާވރިާޔ - ދަރިފުާޅއެކު ފިލްމު ފެސްޓިވަލަށް

Page 32: Sun Magazine 47

ބޭނުންވާތަކެތި

ސިންދު ބިރިޔާނީ ރެސިޕީ

5 ޯޖޑު ބާސްމަތީ ހަނޑޫ )ފެނުލައި މަޑުޮކށްފައި(500 ގްރާމް ކުކުޅު )ޮކށާފައި(

¼ ޯޖޑު މަސްމިރުސް

1 ސައިސަމުސާ ރީނދޫ1 ސައިސަމުސާ މުގުރި މިރުސް

1 ސައިސަމުސާ ހަވާދު1 މޭޒުމަތީ ސަމުސާ ޮލނުމެދު ޕޭސްޓް1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް

1 ޯޖޑު ދަހީ )ޕްލެއިން ޯޔގަޓް(2 މޭޒުމަތީ ސަމުސާ މަސްޓަރޑް ޮއއިލް

4 މޭޒުމަތީ ސަމުސާ ގިތެޮޔ )ނުވަތަ މާޖިރިން(1 ސައިސަމުސާ ދިރި

1 އިންޗި ހުންނަ ވަރުގެ ޮފނިޮތށި ޮކޅެއް7 ކާފޫރު ޮތޅި6 ކަރަންފޫ

3 ފިޔާ )ތުނިޮކށް ޮކށާފައި(

ތައްޔާރު ކުރާނެޮގތް

ކުކުޅު ޮކޅުގެ ތެރެއަށް ޮލނު، ރީނދޫ، ތެޅިމިރުސް، ހަވާދު، ޮލނުމެދު އަދި އިނގުރު ޕޭސްޓް އަޅައި ރަނގަޅަށް އެއްޮކށްލާށެވެ. އެއަށްފަހު ދަހީ އާއި )ޯޔގަޓާއި( މަސްޓަރޑް ތެޮޔ އެޅުމަށްފަހު ރަނގަޅަށް އެއްޮކށްލައި ކަމީރު

ކުރަން ބަހައްޓާށެވެ.ތަންޮކޅެއް ފުން ތަތް ނުލަވާ ތަވައެއްގައި ގިތެޮޔޮކޅު ހޫނު ޮކށްލާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ދިރިޮކޅާއި، ކަރަންފޫ، ޮފނިޮތށި، ކާފޫރުޮތޅި އަދި ފިޔާޮކޅު އަޅައި، މަޑުގިނީގައި ރަތްކުރާށެވެ. ދެން މަސްމިސްރުސްޮކޅު އަޅައި

އެއްޮކށްލުމަށް ފަހު އިރުޮކޅެއް ވަންދެން ބަހައްޓާށެވެ. އެއަށްފަހު އަލުވިޮކޅު އަޅައި އުނދުނުގެ ގިނި ކުޑަތަންޮކޅެއް ގަދަޮކށްލާށެވެ.

މިހިސާބުން ޮލނާއި ޯރމިރުސްޮކޅު ވެސް އެއްޮކށްލައި، ކަމީރު ޮކށްފައިހުރި ކުކުޅާއެކު އަޅައި، ރަނގަޅަށް އެއްޮކށްލާށެވެ. ކުދީނާ ފަތްޮކޅާއި، ފެނުލައި

މަޑުކޮށްފައިހުރި ބާސްމަތީ ހަނޑޫ އަޅައި، ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ތިން ޯޖޑު ފެންއަޅައި ރަނގަޅަށް ހަލަމުން ގެންދާށެވެ. ރަނގަޅަށް

ކެކެން ފެށުމުން އޭގެ ތެރެއަށް ކިރުޮފދާއި އެކުގައި ހުރި ކުކުންޮކޅު އެއްޮކށްލާށެވެ. ދެން މަތިޖަހައިގެން މަޑުގިނީގައި އިރުޮކޅަކު ކައްކައިލާށެވެ.

މިއީ ހަތަރު މީހުންގެ ކެއުމަކަށް ފުދޭ މިންވަރެވެ.

"އެންމެ ޮބޑު ޖާހިލަކީ، ދެޮކޅު ޖެހޭ ވާހަކަ އާއި ދެޮކޅު ނުޖެހޭ

ވާހަކަ ވަކިކުރަން ނުދަންނަ މީހާއެވެ."

32

Page 33: Sun Magazine 47
Page 34: Sun Magazine 47

34

)ކުރީގެ އަދަދާ ގުޅޭ(

ނަތީޖާއަކަށްވީ ޒައިދުގެ ޯއގާވެރި ފިރުމުން ތަކާއި ބީހުންތަކުގެ ލައްޒަތުގެ ތެރެއަށް ހިތާއި ހަށިގަނޑު އަނެއްކާވެސް ދޫޮކށްލަން ރަޝާޤާއަށް ޖެހުމެވެ. އުފަލާއެކުގަ

އެވެ.“ހާދަ ލަހުން މިއަދު ތިއައީ.” ރަޝާޤާއާއި ޒައިދަށް ބަދިގެ ފަރާތަށް ދެވުނުއިރު ހުރީ ނުވައެއް ޖަހަން ކައިރިވެފަ އެވެ. “ބައްޕަ ވަރަށް ގިނައިރު ސައި ނުޮބއި

އިނދެފައި ދެންމެ ސައި ޮބއިގެން ބޭރަށް އެދިޔައީ.” މަންމަގެ ވާހަކަތަކަށް އެއްވެސް ޖަވާބެއް ދިނުމެއް ނެތި ރަޝާޤާ ވަނީ

ބަދިގެއަށެވެ. ސައިހަދާށެވެ. ޒައިދު ޖައްސާލީ މޭޒުކައިރީގަ އެވެ. ޒައިދުގެ މޫނުމަތިން މިއަދު ފެންނަނީ އެހެންޏާ ނުފެންނަ ފަދަ ކުލަތަކެކެވެ. ތާޒާކަމެވެ.

ސާފު ލޭގެ ރަތްކަމެވެ. އުޖާލާ ވިދުވަރެކެވެ. ރަޝާޤާގެ މޫނުމަތިންވެސް ފެންނަނީ މިފަދަ ކުލަތަކެކެވެ.

“ބައްޕަ މިއަދު ބުނެފި މާލެދާ ވާހަކަ.” ރަޝާޤާމެން ސައިމޭޒު ޮދށުގައި ސައިޯބން ތިއްބާ ސިތާރާ އައިސް އެތަނުން ޮގނޑިއެއްގައި ޖައްސައިލި އެވެ.

“ޮކންބައެއް؟” ރަޝާޤާ ބަލައިލީ މަންމަގެ މޫނަށެވެ.“ދަރިފުޅާ ޒައިދާ ބައިތިއްބާފަ މަންމައާއި ބައްޕަ ދާންކަމަށް މި އުޅެނީ.”“ކިހިނެއްވީ ކުއްލިއަކަށް މާލެދާން ތި އުޅެނީ؟” ޒައިދު އަހައިލި އެވެ.

“ބައްޕަ ކުޑަޮކށް ބަލިޮކށޭ އުޅެނީ. ޮބލުގަ ރިއްސާ ވަރުބަލިވެ ޮގތްޮގތްވާ ވާހަކަ ދެއްކީމަ ހިތަށް އެރީ ޮޑކްޓަރަށް ދައްކައިލާ ޓެސްޓް ހަދައިލަންވީއޭ.”

“އާނ، ތިހެން ވަންޏާ ލަސްނުޮކށް ޮޑކްޓަރަށް ދައްކައިލުން ބުއްދިވެރީ.”ޖެހިގެން އައި ދުވަހުގެ ފަތިހުގެ ވަގުތެވެ. އިރުމަތީ ފަރާތް ޮދން ކުރަމުން

ދިޔައިރު “ނަޔާ” ޯދނި ރަށުގެ ފަޅުން ނިކުމެގެން މާލެއާ ދިމާއަށް މިޞްރާބު ޖަހައިފި އެވެ. ވަހީދުގެ ދެމަފިރިންނާއި އެދެ މަފިރިންގެ ކުޑަ ދަރިފުޅު ތިބީ ދޯނީގަ އެވެ. ފަތިސް ހަނދުވަރުގެ އަލީތެރޭގައި ތިބި ރަޝާޤާއާއި ޒައިދާ

ދިމާއަށް އެމީހުން ބަލަންތިބީ ގިނަ ދުވަސްތަކެއް ނުވެ ބައްދަލުވާނޭ ކަމަށް ކުރާ އުއްމީދާއެކުގަ އެވެ.

ދޯނި ވަކި ހިސާބަކަށް ދިޔުމުން ޒައިދާއި ރަޝާޤާ ހިނގައިގަތީ އެއްގަމަށެވެ. ރައްޓެހިންނާއި ތިމާގެ މީހުން ފުރުވަން އައި އެހެން މީހުން ފަދައިންނެވެ.

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

ރަޝާޤާގެ އަތް ޮއތީ ޒައިދުގެ އަތުގެ ތެރޭގަ އެވެ.އެ ދެ މީހުންނަށް ދެވުނީ ތަންޮކޅަކަށެވެ. މަގުގެ އެއްފަރާތުން ކުރިމައްޗަށް ކުއްލިއަކަށް ނިކުތްތަން ފެނުނީ އިހުސާނެވެ. ހުސް ޯސޓުގަނޑެއް ލައިގެން

ހުރިއިރު އޭނާ ހީވަނީ ޮމޔައެއް ހެންނެވެ. ޯބ ހުރީ ހޭވިފަ އެވެ.އިހުސާން ފެނުމާއެކު ރަޝާޤާގެ މޭ ތެޅިގަތެވެ. އޭނާއަށް އަވަސް އަވަހަށް ޒައިދުގެ ނިވަލަށް ވަދެވުނެވެ. ޒައިދުގެ ގައިގައި ބާރަށް ހިފެހެއްޓުނެވެ. އިހުސާންގެ ނަޒަރު

ހުއްޓިފައި ހުރީ ރަޝާޤާއާ ދިމާއަށެވެ.އިހުސާން ކުރިއަށް ޖެހިލި އެވެ. ރަޝާޤާއާ ދިމާއަށެވެ. އޭނާ މަސައްކަތްކުރީ

ރަޝާޤާގެ ގައިގައި ހިފަހައްޓާށެވެ. ޒައިދު އެކަމަށް ހުރަސް އެޅި އެވެ. އެހެންނަމަވެސް އެއަށްވުރެ އިހުސާން މާ ހުޝިޔާރެވެ. އޭނާ ކުއްލިއަކަށް އެއްލި އަތުން ރަޝާޤާގެ އަތުގައި ހިފަހައްޓައިފި އެވެ. ހަމަ އެ ސިކުންތުގައި އޭނާއާ

ދިމާއަށް ދަމައިގެންފި އެވެ. ރަޝާޤާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.“ހަމަ މިހާރު ދޫޮކށްލާ!” ޒައިދު ޮގސް ރަޝާޤާގެ އަތުގައި ހިފެހެއްޓި އެވެ.“ކަލޭ ތީ ކާކު މަށަށް އަމުރުކުރަން؟” އިހުސާން ދަތްކުނޑި ވިކައިގަތެވެ.

“މަށަކީ ކާކުކަން ދައްކާނުލަނީސް ރަޝާޤާގެ ގައިން ދޫޮކށްލާ!”“ނުކުރާނަން! ކީކޭ ހިތަށް އަރައިގެން ތި އުޅެނީ؟ ކަލެއަކަށް އެއްކަމެއް ވެސް

ނުކުރެވޭނެ.” ރަޝާޤާގެ މެދުހަށީގައި ބައްދައިގެން ހުރެ އިހުސާން ކުރިއަށް ހިނގައިގަތެވެ.

ރަޝާޤާއަށް ބިރުން ޮރވިއްޖެ އެވެ. މިތަން ފެނިފައި ޒައިދުގެ ރުޅި ޮކންޓްޯރލުން ނައްޓަން ފަށައިފި އެވެ. އެހެންނަމަވެސް އޭނާ މަސައްކަތްކުރީ ހަމަޖެހިގެން

ހުރެވޭޯތ އެވެ. “ކަލެއަކަށް ނީވޭތަ މި ބުނާ އެއްޗެއްގެ އަޑެއް!” ޒައިދު ޮގސް އިހުސާންގެ ކުރި ބެއްދި އެވެ. “ޮކންތާކަށް ދާނަމޭ ހިތާ ތިއުޅެނީ؟ ހަމަ މިހާރު ރަޝާޤާގެ ގައިން

ދޫޮކށްލާ!” “ބުނަން ވާހަކައެއް؟ މީ މަގޭ ރަށް. ތިހެން އަރާ ބީރައްޓެހިންނަކަށް ރަށަށް ގަދަޮކށްގެނެއް ނޫޅެވޭނެ. މަ ބޭނުން ތަނަކަށް ދާނީ. ހަމަ މިހާރު ކުރިމަތިން

ދުރަށްދޭ! އެހެންނޫނީ.....”އިހުސާނަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ޒައިދުގެ އަތުގެ ހޫނު އެތިފަހަރެއް

އޭނާގެ ކަންފަތްމައްޗަށް އަރައިފި އެވެ. )ނުނިމޭ(

Page 35: Sun Magazine 47
Page 36: Sun Magazine 47