Sun Magazine 37
description
Transcript of Sun Magazine 37
2ރ0 ގު: އަ2011 ،ބަރުވެން ޮނ30 ،37 :ބަރުނަމް
ާރއްޖެ ާސފު ޗެމްޕިއަންޝިޕަށް
ކުާރ ދަތުރު
އެޑިޓަރުގެ ނޯޓް
އަދަދު: 37 30 ޮނވެންބަރު 2011
ސިނާން އަލީއެޑިޓަރު
ސަން މަޖައްލާގެ 37 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަމެވެ. ސަންގެ 36 ވަނަ އަދަދަށް ދެއްވި
ތަރުހީބަށް ޓަކައި ޝުކުރު އަދާ ކުރަމެވެ.
މި ފަހަރު ތިޔަ ބޭފުޅުންގެ ސަން އަނެއްކާވެސް މި ނުކުންނަނީ ވަރަށް ޚާއްސަ މުނާސަބަތަކާ ދިމާޮކށެވެ. އެއީ ސަރަހައްދީ އެންމެ ޮބޑު ފުޓުޯބޅަ ޢީދު ކަމަށްވާ ސާފް
ޗެމްޕިއަންޝިޕެވެ. އަންނަ ހުކުރު ދުވަހު މި މުބާރާތް ފަށާ އިރު ދިވެހި ގައުމީ ޓީމު މިހާރު ވަނީ މި ފަހަރުގެ މުބާރާތް ޮއންނަ ގައުމު ކަމަށްވާ އިންޑިއާ އަށް ޮގސްފަ އެވެ. ރާއްޖޭގެ
ފުރަތަމަ މެޗު ޮއންނާނީ މުބާރާތް ފަށާ ދުވަހު ހަވީރު އެވެ.
ފުޓުޯބޅަ އަކީ އެންމެ ގިނަ ދިވެހިން ކުޅޭ އަދި ސަޯޕޓު ކުރާ ކުޅިވަރެވެ. އެހެން ކަމުން ދިވެހިރާއްޖެ ސާފް ޗެމްޕިއަންޝިޕަށް ކުރާ މި ފަހަރުގެ ދަތުރުގައި ދިވެހިން ބޭނުން ވަނީ މުބާރާތުގެ ތަށި އަނެއްކާވެސް ރާއްޖޭގެ ފަސްގަނޑަށް ގެންނާށެވެ. މި ކާމިޔާބު ހާސިލު ކުރުމަށް ދިވެހި ގައުމީ ޓީމު އިންޑިއާގެ ނިއުދިއްލީގެ މަޝްހޫރު ނެހްރޫ ސްޓޭޑިއަމްގައި ކުޅޭ ޮކންމެ މެޗަކީ ވެސް ދިވެހިންގެ ލެޔާއި ގުޅިފައިވާނޭ މެޗެކެވެ. ދިވެހިންގެ ވިންދާއި ގުޅިފައި
ވާނޭ މެޗެކެވެ.
މި ބުނެވުނު ލޭ ކައްކާލުމުގެ ތެރެއިން ކުޅިވަރުގެ ރޫހާ އެކު ގައުމީ ޓީމަށް ދެވޭނެ ސަޯޕޓަކީ ތަށި ޯހދުމަށް ކުރާ ދަތުރުގެ އެންމެ މުހިންމު ބައި ކަމުގައި ނޫނީ ނުވާނެ އެވެ. ތަނަވަސްކަން ހުރި މީހުން މުބާރާތް ޮއންނަ ދަނޑަށް ޮގސް ސަޯޕޓު ދިނުމަކީ އޭގެ
ފައިދާ ވަކީން ޮބޑު ވާނޭ ކަމެކެވެ. އަދި އެއީ ގައުމީ ޓީމުގެ ޮކންމެ ކުޅުންތެރިއެއްގެ ވެސް އެދުމަކަށް ވާނެ އެވެ. ހަމަ މިއާ އެކު ދެވޭ މީހުންނާއި ނުދެވޭ މީހުން ވެސް ގައުމީ ޓީމަށް
ކާމިޔާބަށް އެދި ދުއާ ކުރުމަކީ އެންމެ ފައިދާ ޮބޑު ޮގތެވެ.
ސާފް ޗެމްޕިއަންޝިޕަށް ސަން މީޑިއާ މި ފަހަރު މި ވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރު ވެފަ އެވެ. އެ ޮގތުން މެޗުތައް ސަންގެ ކުޑައިގެ ދަށުގައި ހިމެނޭ ސަން އެފްއެމް ރޭޑިޯއ އިން ވަގުތުން ގެނެސްދިނުމުގެ އިތުރުން ސަންގެ ވެބް ސައިޓުން ވެބްކާސްޓް ކުރުމާ އެކު، ވެބްސައިޓު މެދުވެރިޮކށް ލައިވް ވީޑިޯއ ސްޓްރީމް ވެސް ކުރެވޭނެ އެވެ. މި މުބާރާތުގެ
އެންމެ ތާޒާ މައުލޫމާތު ގެނެސްދިނުމަށް ޚާއްސަ ޮސފުހާއެއް ސަންގެ ވެބްސައިޓުގައި މިހާރު ގާއިމު ޮކށްފައި ވާއިރު، އެންމެ ފަހުގެ ޚަބަރު ތަކާއި މައުލޫމާތުތައް ވަގުތުން
ގެނެސްދިނުމަށް ސަންގެ ނިއުސްޓީމު މިހާރު ވަނީ އިންޑިއާގެ ނިއުދިއްލީ އަށް ޮގސްފަ އެވެ.
މި ފަހަރުގެ ކަވަރު ސްޯޓރީގެ ޮގތުގައި ހިމަނާފައި ވާނީ ސާފް ޗެމްޕިއަންޝިޕާ ބެހޭ މުހިންމު މައުލޫމާތު ތަކެވެ. މީގެ އިތުރުން ފިރުއައުނާ ބެހޭ ވަރަށް އިލްމީ ލިޔުމެއް އެތެރޭގައި ހިމަނާފައި ވާނެ އެވެ. އަދި ހަމަ އެހެންމެ މި ފަހަރުގެ އަދަދުގެ އެތެރޭގައި ވަރަށް ޚާއްސަ ހަދިޔާއެއް ވެސް ޮއންނާނެ އެވެ. އެކަމަކު އެއީ ސިއްރެކެވެ. އަވަހަށް
ކުރިޔަށް ވަޑައިގަންނަވާށެވެ.
އެޑިޓަރު: ސިނާން އަލީ
އެގްޒެކެޓިވް އެޑިޓަރުން:
އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް
ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް
އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު
ސްޓާފް ރައިޓަރ: އިޔާޒު ނަސީމް
ލިޔުންތެރިން:އަބްދުهللا އަޒްމީން
ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު
ޢަބްދުهللا ޝިނާންމިންނު
ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު
ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި
އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން
ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް
ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ
މާކެޓިން:
ސަން އެފްއެމް މާކެޓިން ޓީމް
ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.
"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.
ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:
ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789
5
މިއަދަށް ސަމާލުކަން ދެއްވާށެ
ޢަބްދުهللا ފާރޫޤު ޙަސަންދިޔަ ތިކި
އިރު އަރައިފިނަމަ އިރު ޮއއްސެންދެން އިންތިޒާރު ނުކުރައްވާށެވެ. ހަމައެކަނި މިއަދާމެދު ވިސްނާވަޑައިގަންނަވާށެވެ. އަދިކީއްޯތއެވެ؟ މިވަގުތުގެ މަތީން ހަނދުމަފުޅު ބަހައްޓަވާށެވެ. އެހެނީ އިއްޔެ ވަނީ އުފާވެރި ޮގތުގައި ނަމަވެސް ހިތާމަވެރި ޮގތެއްގައި ނަމަވެސް ވޭތުވެޮގސްފައެވެ. މާދަމާއާމެދު ވެސް
ފިކުރު ޮބޑުނުކުރައްވާށެވެ. އެހެނީ މާދަމައެއް އަދިއެއް ނާދެއެވެ. ވިސްނާވަޑައިގަންނަވާށެވެ. "އަހަރެންގެ ޢުމުރަކީ އެންމެ ދުވަހެއްގެ މުއްދަތެވެ. އެދުވަސް އަހަންނަށް ވަނީ ލިބިފައެވެ." ކަލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީވެސް ދުނިޔެއަށް އަލްވަދާޢު ވިދާޅުވާނީވެސް
ހަމަ މިއަދު ފަދައެވެ. މިޮގތަށް ވިސްނުންފުޅު ގެންގުޅުއްވުމުން ކަލާގެ ޙަޔާތްޕުޅެ މާޒީގެ ހިތި ހަނދާންތަކުގެ ހިޔަނިތަކާއި
މާދަމާއާމެދު ކުރެއްވީ ފިކުރުތަކާއި ކަންޮބޑުވެވަޑައިގަތުންތަކުގެ މެދުގައި ހައްޔަރުވެފައެއް ޯނންނާނެއެވެ.
ކަލާގެ ފުރިހަމަ ސަމާލުކަމާއި ހުރިހާ ޤާބިލިއްޔަތަކާއި އުފެއްދެވުންތެރިކަމާއި، ތޫނު ވިސްނުންފުޅު މިއަދަށް
އަމާޒުކުރައްވާށެވެ. މިއަދުގެ ނަމާދު މަޑުޮމޅިކަމާއި ފަރުވާތެރިކަމާއެކު އަދާކުރެއްވުމަށެވެ. ޤުރްއާން ކިޔަވައިވިދާޅުވާއިރު މާނައާމެދު ވިސްނައިވަޑައިގަންނަވަމުން ކިޔަވައިވިދާޅުވުމަށެވެ. އެއްޗެއް
އުނގެނިވަޑައިގަންނަވާނަމަ ރަނގަޅަށް ސަމާލުކަން ދެއްވުމަށެވެ. ޒިކުރުކުރައްވާނަމަ ޝައުޤުވެރިކަން ބެހެއްޓެވުމަށެވެ. މުޢާމަލާތެއް ކުރައްވާނަމަ ކަމުގެ އެޮކޅުމިޮކޅު ވިސްނާވަޑައިގަތުމަށެވެ. ކަލާޔަށް
ލިބިވަޑައިގެންފައިވާ މިއަދުގެ ވަގުތުތައް ބައްސަވައިލައްވާށެވެ. ހެޮޔކަމުގެ ޮގވާން ކުރައްވާށެވެ. އިޙްސާންތެރިވެވަޑައިގަންނަވާ
ށެވެ. ތައުބާވެވަޑައިގަންނަވާށެވެ. މާތްهللا ހަނދުމަކުރައްވާށެވެ. އާޚިރަތުގެ ދަތުރު ހައްދަވަމުން ގެންދަވާށެވެ. އޭރުން ކަލާގެ މިއަދު ވޭތުވެގެންދާނީ އުފާފާގަތިކަމުގައެވެ. ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ
އެކުގައެވެ. އޭރުން ކަލާޔަށް ހުންނެވޭނީ ކަލާއަށް ލިބިވަޑައިގަންނަވާ ރިޒުޤާއި، ފުރުސަތުތަކާއި، ޢާއިލާއާއި، ދިރިއުޅުއްވުމާމެދު ހިތްޕުޅުހަމަ
ޖެހިވަޑައިގެންފައެވެ. "ފަހެ ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ދެއްވި
ކަންކަމުގައި ހިފަހައްޓަވާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ." )އަލްއަޢުރާފު: 144(
ކަލާގެ މިއަދު ހިތާމަފުޅާއި، ހިތްޕުޅު ދަތިކުރެއްވުމާއި ޮމޅިވެރިކަމުން ހުސްކުރައްވާށެވެ. ޙަސަދަވެރިކަމާއި ނީހައިން
ރައްކާތެރިވެވަޑައިގަންނަވާށެވެ. ނަފުސު އިޞްލާޙުކުރެއްވުމާއި ބިނާކުރަނިވި ވިސްނުންފުޅުގައި މަޝްޣޫލުވެވަޑައިގަންނަވާށެވެ.
ކަލާގެ ޤާބިލިއްޔަތު އިތުރުކުރެއްވުމާއި، މަސައްކަތްޕުޅުތައް ކުރިޔަށް ގެންދެވުމުގައި ސާބިތުވެވަޑައިގަންނަވާށެވެ. ޢަޒުމު ކަނޑައަޅުއްވާށެވެ. އަހަރެން ދިރިއުޅޭނީ ހަމައެކަނި މިއަދުއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި ހެޮޔކަމުގެ ނިރުތައް ފަޅުވާނަމެވެ. ނުބައިނުލަފާ ކަމަކަށް،
މަކަރު ޙީލަތަކަށް، ކެހިވެރިކަމަކަށް، ކުށްހީއަކަށް ޖާގައެއް ނުދޭނަމެވެ. ހުރިހާ ނުބައިކަމެއްގެ މޫތައް ޮކށައިފައި އުކައިލާނަމެވެ.
އެހެން މީހުންނަށް މަންފާ ޯހދައިދޭނަމެވެ. ހެޮޔޮކށް ހިތައި އިޙްސާންތެރިވާނަމެވެ. ބަލި މީހުންނަށް ޮގވައިލަން ދާނަމެވެ.
ޖަނާޒާތަކުގައި ބައިވެރިވާނަމެވެ. މަގު ގެއްލިފައި ތިބޭ މީހުންނަށް ތެދުމަގު ދައްކާނަމެވެ. ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް
ކާއެތިޮކޅު ޯފރުވައިދޭނަމެވެ. އަނިޔާ ލިބޭ މީހުނާ ބައިވެރިވާނަމެވެ. އެހެންމީހުންގެ އުފަލާއި، ޮމޅިއާއި ހިތާމައިގައި ބައިވެރިވާނަމެވެ. ނިކަމެތީންނަށް ޯއގާވެރި ވާނަމެވެ. މާތް މީހުންނަށާއި ޮބޑެތި
މީހުންނަށް އިޙުތިރާމު ކުރާނަމެވެ. އަހަރެން ދިރިއުޅޭނީ ހަމައެކަނި މިއަދުއެވެ. އެހެންކަމުން އޭ މާޒީވެދިޔަ ތަނާއެވެ. ކަލޭގެ އިރެކޭ އެއްޮގތަށް ޮއއްސިގެންދާށެވެ.
ހަނދާނުންވެސް ޮފހެވިގެން ދާށެވެ. އަހަރެން ފަހަރެއްގައިވެސް ކަލެޔާއެކު ނުޯރނަމެވެ. އެސްފިޔަ ޖަހައިލާހައި އިރުޮކޅަކުވެސް
ކަލޭގެ މައްޗަކުން ހަނދާނެއް ނުކުރާނަމެވެ. އެހެނީ ކަލޭ ފަސްދީ ހިނގައްޖައީމުއެވެ. ފާއިތުވެއްޖައީމުއެވެ. އެހެންކަމުން ކަލެޔަކަށް
އެނބުރިއެއް ނާދެވޭނެއެވެ. އޭ މުސްތަޤްބަލާއެވެ! ކަލޭގެ ތިޔަވަނީ ޣައިބުގެ ޢާލަމުގައެވެ. ހޭލާހުރެ ހުވަފެން ދުށުމަށާއި، ޚިޔާލީ ޮފލާ
ކައްކަން އާދަވެފައިވާ މީހަކަށް އަހަރެން ނުވާނަމެވެ. އުފަންވެސް ނުވާ އެއްޗެއްގެ ފަހަތުން އަހަރެން އަޅައިގަންނާންވީ ކީއްކުރަން ހެއްޔެވެ؟
އެހެނީ މާދަމާއަކީ އަދި ނާންނަ ދުވަހެކެވެ.އަހަރެންގެ ވެރިރަސްކަލާނގެ އަންގަވަނީ މާދަމާގެ އަޅުކަމަށް އެދިޮވޑިނުގަންނަވާ ކަމަށެވެ. މާދަމާގެ
ރިޒުޤަށް ނޭދުމަށެވެ. އޭ އިންސާނާއެވެ! މިއަދަކީ ނަސީބުވެރިކަމުގެ ރަދީފުގައިވާ އެންމެ ހެޮޔކަން ޮބޑު ލަފުޒެވެ. ޙަޔާތުގެ އުފާތަކާއި، ހިތްގައިމުކަމާއި،
ކާމިޔާބީގެ ޙައްޤުވެރިޔަކަށް ވާނީ މިއަދާމެދު ޚިޔާލު ބަހައްޓާ މީހުންނެވެ. އެމީހެއްގެ މިއަދު އާރާސްތުޮކށް ބިނާކުރާ މީހުންނެވެ.
6
މަީދނަތުއްޒަހްާރޢިމާރާތް ކުރުމުގެ ފައްނަކީ އިސްލާމީ ހަޒާރަތުގެ ތެރޭގައި
އެންމެ ޮބޑަށް ތަރައްގީ ވެގެން ދިޔަ އެއް ފައްނެވެ. އިންޑިޔާއިން ފެށިގެން ސްޕޭނާ ހަމަޔަށް، މުސްލިމުން ވެރިކަން ކުރި، އަދި އިސްލާމީ ހަޒާރަތުގެ
މަރުކަޒުތައް ކަމުގައި ވި މުހިއްމު ތަންތަނުގައި ބިނާކުރުމުގެ ފައްނު ނުވަތަ އާރކިޓެކްޗަރގެ ލާމަސީލު އެތައް ނަމޫނާއެއް ވެއެވެ. އެފަދަ އެއް ތަނަކީ މުޅި ދުނިޔޭގެ ދުލުން އެ ތަނަކަށް ތައުރީފު ޮއހޭ ތާޖުމަޙަލެވެ. ނަމަވެސް
ތާޖުމަޙަލަކީ އިސްލާމީ އާރކިޓެކްޗަރގެ އެންމެ ފުރިހަމަ ނަމޫނާއެއް ނޫނެވެ. އެ ޝަރަފުވެރި މަގާމު ލިބެނީ، ވަރަށް ގިނަ ބައެއްގެ ނަޒަރުގައި، އިސްލާމީ ސްޕޭނުގެ ރަން ޒަމާނުގައި އެ ތަނުގެ މުސްލިމުން ބިނާ ކުރި
"މަދީނަތުއްޒަހްރާ" އަށެވެ. މަދީނަތުއްޒަހްރާއަކީ އެ ތަނެއްގެ ވާހަކަ އަޑުއަހާ މީހާ ވެސް ހައިރާން ކުރުވާނެ އަޖާއިބެކެވެ. މަދީނަތުއްޒަހްރާއާއި
ތާޖުމަޙަލް އަޅާކިޔާ ނަމަ ދަންނަވަން ޖެހެނީ، މަދީނަތުއްޒަހްރާއަކީ އިރު ނަމަ، ތާޖުމަޙަލަކީ ދުރުދުރުން، ފަނޑު ޮގތަކަށް ފިޔަ ޖަހާލާ ތަރިއެއް ކަމަށެވެ. މަދީނަތުއްޒަހްރާ ބިނާ ކުރެއްވީ މީލާދީން 936 އާއި 950 އާ ދެމެދުގައެވެ. އެ މަޝްރޫއު ފެއްޓެވީ މުސްލިމް ސްޕޭންގެ އެންމެ ފާހަގަ
ޮކށްލެވޭ އެއް ޚަލީފާ ޢަބްދުއްރަޙްމާން އައްނާޞިރެވެ. މަދީނަތުއްޒަހްރާ އަކީ މުސްލިމް ސްޕޭނުގެ ވެރިރަށް ޤުރުޠުބާގެ ހުޅަނގު ފަރާތުގައި ބިނާ ކުރެވުނު
ކުޑަވަރެއްގެ ޝަހަރެކެވެ. ނުވަތަ އެތައް ބައެއްގެ މައްޗަށް ހިމެނޭ ބިޔަ
އަލްއުސްތާޛު އަޙުމަދު މާޖިދު
ދި އިޑިއެޓް
"ދި އިޑިއެޓް" އަކީ މަޝްހޫރު ރޫސީ އަދީބު ފިޮޔޯޑރ ޮދސްޮތއެވްސްކީގެ ވާހަކައެކެވެ. މި ވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 1868 ވަނަ އަހަރުން
ފެށިގެން 1869 ވަނަ އަހަރާ ހަމަޔަށް، އެއިރު ރަޝިޔާގައި ނެރެވުނު ނޫހެއް ކަމަށް ވާ "ދަ ރަޝިޔަން މެސެންޖަރ" ގައެވެ. މި ވާހަކަޔަކީ ވެސް ރޫސީ އަދަބިއްޔާތުގެ
"ރަން ޒަމާނުގެ" އެންމެ މުހިއްމު އެއް ނާވިލެވެ. ފިޮޔޯޑރ ޮދސްޮތއެވްސްކީއަށް ނާވިލު ލިޔުންތެރިކަމާއި އަދީބުންގެ ދުނިޔޭގައި ލިބިވަޑައިގެންފައި ވާ އާދަޔާ ހިލާފު މަގާމުގެ
ސަބަބުތަކުގެ ތެރޭގައި މި ފުރިހަމަ ނާވިލު ވެސް ހިމެނެއެވެ. "ދި އިޑިއެޓް" އަކީ މި ޒަމާނުގެ ދުނިޔޭގެ ހާލަތާ މެދު މުހިއްމު މެސެޖެއް ދޭ ވާހަކައެކެވެ. ވާހަކައިގެ ބަތަލަކީ އުމުރުން ސައްބީސް އަހަރުގެ ޒުވާނެކެވެ. އޭނާގެ
ނަމަކީ ލެވް ނިޮކލަޔެވިޗް މިޝްކިނެވެ. ލެވް އުޅުނީ ސްވިޓްޒަރލޭންޑުގައި ހުރި، ސިކުނޑީގެ ބަލި މީހުންނަށް ފަރުވާ ދޭ ސެނެޯޓރިއަމެއްގައެވެ. އޭނާއަކީ ތެދުވެރި،
އަހުލާގު ރަނގަޅު، މީހުންނަށް އިތުބާރު ކުރާ ޒުވާނެކެވެ. ނަމަވެސް ސްވިޓްޒަރލޭންޑް ދޫޮކށްލާފައި އަމިއްލަ ވަޒަން ކަމަށް ވާ ރަޝިޔާގެ އެސްޓީ. ޕީޓަރސްބަރގަށް އައުމަށް
ފަހު އޭނާއަށް އުޅެން ޖެހެނީ މުޅީން ތަފާތު މާހައުލެއްގައެވެ. ފައިސާއާއި، ބާރާއި، ނުފޫޒާއި، ޖިންސީ ނަހަމަ ގުޅުންތަކާއި، އަހުލާގީ އަގުތަކުގައި ޮކޅުފައިން ޖެހުމުގެ
ސަގާފަތެއްގައެވެ. އެހެންކަމުން އޭނާއާ މެދު ޕީޓަރސްބަރގްގެ މުޖުތަމައު ބެލީ ޮމޔައެއްގެ ޮގތުގައެވެ. އެންމެ ފަހުން އޭނާއަށް އިހުސާސް ކުރެވުނީ އޭނާ ފަދަ ތެދުވެރި، އަހުލާގު ރަނގަޅު އިންސާނަކަށް މިޒަމާނުގެ ދުނިޔޭގައި ޖާގަ ލިބޭނީ ހަމައެކަނި ސެނެޯޓރިއަމެއް
ކަހަލަ ތަނަކުން ކަމެވެ.
ކިއްލާއެކެވެ. އެ ޝަހަރު ބިނާ ކުރެވުނީ މުސްލިމް ސްޕޭނުގެ އާ ވެރިރަށެއްގެ ޮގތުގައެވެ. މަދީނަތުއްޒަހްރާގެ ސަރަހައްދުގެ ތެރޭގައި ހުރީ ސަރުކާރުގެ އިދާރީ ޮއފީސްތަކާއި މަރުކަޒުތަކެވެ. އޭގެ އިތުރަށް މުސްލިމް ސްޕޭނުގެ ފައިސާ ޖަހާ
"ނަޢްނާޢު" އާއި، މިސްކިތާއި، ބައެއް ކަހަލަ މަސައްކަތްތައް ކުރާ ކާރުގާހުތަކާއި، ސިފައިންގެ މަރުކަޒުތަކާއި، މަތީ ފެންވަރުގެ ބޭފުޅުންގެ އަމިއްލަފުޅު ހަވޭލީތަކާއި،
ހައްމާމުތަކުގެ އިތުރަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތް ފެންވަރުގެ ރީތި ބަގީޗާތައް ޝަހަރުގެ ތެރޭގައި ހިމެނެއެވެ.
މަދީނަތުއްޒަހްރާ ބިނާ ކުރެވުނީ މުސްލިމް ސްޕޭނީ ޚިލާފަތުގެ އިއްޒަތާއި ބާރާއި ތަރައްގީގެ ރަމްޒެއްގެ ޮގތުގައެވެ. އިރުމަތީގެ މުސްލިމް ޝަހަރުތަކާ ވާދަ ޮކށްލެވޭ ވަރުގެ ފުރިހަމަ ޝަހަރެއް ބިނާ ކުރައްވަން ޚަލީފާ ޢަބްދުއްރަޙްމާން
ބޭނުންފުޅު ވުމުގެ ނަތީޖާއެއްގެ ޮގތުންނެވެ. އެ ޝަހަރަކީ ޚަލީފާ އެންމެ ޯލބިފުޅުވާ ޖާރިޔާގެ ޝަރަފުގައި ބިނާ ކުރެވުނު ޝަހަރެއް ކަމަށް ވެސް ބުނެވެއެވެ.
19 ވަނަ ގަރުނުގެ އެންމެ މަޝްހޫރު އެއް މުއައްރިހު ކަމަށް ވާ ސްޓޭންލީ ލޭން-ޯޕލް އޭނާގެ "ދަ ސްޯޓރީ ޮއފް ދަ ޯމރޒް އިން ސްޕެއިން"
ގައި ލިޔުއްވާފައި ވެއެވެ. "ދުރު ހިސާބުތަކުން އެކިއެކި ފަންތިތަކުގެ، އެކިއެކި މަސައްކަތްތައް ކުރާ، އެކި ދީންތަކުގެ މީހުން އެ ޝަހަރަށް ޒިޔާރަތް ކުރެއެވެ.
އަމީރުންނާއި، ސަފީރުންނާއި، ސައުދާގަރުންނާއި، ސައްޔާހުންނާއި، ދީނީ އިލްމުވެރީންނާއި ޅެންވެރީން ފަދަ ހުރިހާ އެންމެން ވެސް އެ ޝަހަރު ދުށުމަށް
އަދަބާއި ފަންނު
ފޮތުގެ ދުނިޔެއިން
7
ފިޮޔޯޑރ ޮދސްޮތއެވްސްކީ އަކީ ރޫސީ އަދަބިއްޔާތުގެ އެންމެ މުހިއްމު އެއް ނަމެވެ. އޭނާއަކީ ދުނިޔެ ދެކެފައި ވާ އެންމެ ޮމޅު ނާވިލުލިޔުންތެރީންގެ ތެރެއިން އެއް ބޭފުޅެކެވެ. ފިޮޔޯޑރ މިޚައިޮލވިޗް ޮދސްޮތއެވްސްކީ އުފަންވެވަޑައިގަތީ މީލާދީން 1821
ވަނަ އަހަރުގެ ޮނވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ލިޔުއްވި މަޝްހޫރު ނާވިލުތަކަކީ "ކްރައިމް އެންޑް ޕަނިޝްމަންޓް" އާއި "ދި އިޑިއެޓް" އާއި "ދަ
ބްރަދަރޒް ކަރަމަޯޒވް" އެވެ. ޮދސްޮތއެވްސްކީއަކީ ހަމައެކަނި ނާވިލު ލިޔުންތެރިއެއް ނޫނެވެ. އޭނާއަކީ
ފަލްސަފާވެރިއެކެވެ. އަދި ނަފްސާނީ އިލްމު ވަރަށް ޮބޑަށް ދިރާސާ ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ނާވިލުތަކުން އެންމެ ޮބޑަށް ފެނިގެން ދާ އެއް ކަމަކީ
އެކި ހާލަތުތަކުގައި އިންސާނާގެ ނަފްސާނީ ހާލަތު ހުންނާނޭ ޮގތް އޭނާގެ ނާވިލީ ޝަހުސިއްޔަތުތައް މެދުވެރި ކުރައްވައި ހާމަ ކުރައްވާފައި ވާ ލެއް ފުރިހަމަކަމެވެ.
ފާޑުކިޔާ ފަރާތްތައް އާއްމުޮކށް ބުނާ ޮގތުގައި ޮދސްޮތއެވްސްކީއަކީ ދުނިޔޭގެ ނާވިލުލިޔުންތެރީންގެ ތެރެއިން، އިންސާނާގެ ނަފްސިއްޔާތު އެންމެ ފުރިހަމަޔަށް
ދެނެވަޑައިގެން ހުންނަވައި ނާވިލު ލިޔުއްވި އެއް ލިޔުންތެރިޔާއެވެ. މި ޒަމާނުގެ އެންމެ މުހިއްމު ފަލްސަފީ ފިކުރުތަކުގެ ތެރޭގައި
ހިމެނޭ "އެގްސިސްޓެންޝަލިޒަމް" ގެ ފިކުރުގެ އެންމެ މުސްކުޅި އަސަރުތައް އެ ލިޔުންތެރިއެއްގެ ލިޔުންތަކުން ފެންނަ އެއް ލިޔުންތެރިޔަކީ ވެސް ޮދސްޮތއެވްސްކީއެވެ.
ޯވލްޓަރ ޮކއުފްމަން ވިދާޅުވާޮގތުގައި ޮދސްޮތއެވްސްކީ ލިޔުއްވި "ޯނޓްސް ފްޮރމް އަންޑަރގްރައުންޑް" އަކީ އެގްޒިސްޓެންޝަލް ފަލްސަފާގެ އެންމެ ފުރިހަމަ ތަމްހީދެވެ. ޮދސްޮތއެވްސްކީގެ ނާވިލުތަކަކީ "ރަންމުތްތަކެއް" ފަދަ ނާވިލުތަކެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ޮގތަކަށް އޭނާ ލިޔުއްވާފައި ވާ ރީތި ވާހަކަތަކަކީ ކިޔުންތެރިޔާއަށް ހިކުމަތުގެ ފިލާވަޅުތައް ވެސް ނަގައިދޭ ވާހަކަތަކެކެވެ. އެ ކަހަލަ
ވާހަކަތައް އެހައި ގިނައެއް ނޫން، އެހެން ނޫންޯތއެވެ؟
ފަހު ބުނަނީ އެފަދަ މަންޒަރެއް އެބައިމީހުންގެ ދިގު ދަތުރުތަކުގައި ދުވަހަކުވެސް ނުދެކޭ ކަމަށެވެ. އަދި އެ ޝަހަރާ ވަރުން އަޅައިލެވޭ
ވަރުގެ އެހެން ތަނެއް ވެސް ދުވަހަކުވެސް އެބައިމީހުން ދެކެފައި ނުވާ ކަމަށެވެ."
މަދީނަތުއްޒަހްރާގެ ވީރާނާތައް ދިރާސާ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރި އާރކިޮއޮލޖިސްޓުންގެ ޓީމެއްގެ ވެރިޔާ އެންޯޓނިޯއ ވަލޭޯޔ ވިދާޅުވެފައި ވެއެވެ. "މިއީ ހުޅަނގު ޔޫރަޕުގެ މުޅި ތާރީހުގައި ވެސް ޕްލޭން ޮކށްގެން، މުޅީން އަލަށް ބިނާ ކުރެވުނު އެންމެ ޮބޑު ޝަހަރެވެ. ހުޅަނގު ޔޫރަޕުގެ ޮބޑެތި ގިނަ ޝަހަރުތަކަކީ ކުދިކުދި
އަވަށްތައް ފެތުރި ތަރައްގީ ވެގެން އައިސް އުފެދިފައި ވާ ޝަހަރުތަކެވެ. ނަމަވެސް މި ޝަހަރަކީ އެންމެ ޑިޒައިނަކާ އެކު، އެއްފަހަރާ ކުރެވުނު
މަސައްކަތުން ބިނާ ކުރެވުނު ޝަހަރެކެވެ." މަދީނަތުއްޒަހްރާގެ ސަރަހައްދުގެ ޮބޑުމިނަކީ ގާތްގަނޑަކަށް 280 އޭކަރެވެ.
މަދީނަތުއްޒަހްރާ ފަރުމާ ކުރެވުނީ ތިން ފައްތަރަކަށް ޮއންނަ ޮގތަށެވެ. އެއް ފައްތަރު ޮއންނަނީ ވުރެ އަނެއް ފައްތަރަށް ވުރެ
އުސްޮކށެވެ. ޚަލީފާގެ ގަނޑުވަރު ހުންނަނީ މީގެ ތެރެއިން އެންމެ އުސް ފައްތަރުގައެވެ. ޝަހަރުގެ ތެރޭގައި ބިޔަ ތިން ބަގީޗާއާއި، ކުދިކުދި އެތައް ބަގީޗާއަކާއި ހުސް ވިނަ ބިންތައް ހިމެނުނެވެ. މި ދެންނެވި ބަގީޗާތަކުގެ
ތެރެއިން އެއް ބަގީޗާއަކީ "އަމީރުގެ ބަގީޗާ" އެވެ. އެ ބަގީޗާއަށް ވަދެވެނީ ގަނޑުވަރުގެ ބޭފުޅުންނާއި ޚަލީފާގެ އަރިސް ބޭފުޅުންނަށެވެ.
އަނެއް ދެ ބަގީޗާގެ ތެރެއިން އެއް ބަގީޗާ އަކީ ޝަހަރުގައި ހުރި ޮބޑު "ރިސެޕްޝަން ޯހލް" އާ ގުޅިފައި ޮއތް ބަގީޗާއެކެވެ. މި ބަގީޗާތަކުގައި
މަސްނޫއީ ފެންގަނޑުތައް ވެސް ބިނާ ކުރެވުނެވެ. މަދީނަތުއްޒަހްރާގެ ހުވަފެނެއް ފަދަ ރީތި ވާހަކައިގެ ނިމުން
އަންނަނީ "ޤުރުއާން އެނގޭނީ އަހަރެމެންނަށް އެކަންޏޭ" މި ވިސްނުމުގައި އުޅުނު ހައްދުފަހަނައަޅާފައި ވާ މުސްލިމުންގެ ޖަމާއަތެއްގެ ޮބލުގައެވެ. އުތުރު އެފްރިކާއިން ސްޕޭނަށް ދިޔަ މި ދަންނަވާ ޖަމާއަތުގެ މީހުން މީލާދީން 1010 ހާ ތާގައި މަދީނަތުއްޒަހްރާ ފުނޑުފުނޑު ޮކށްލިއެވެ.
އެއީ ދީނާ ނުގުޅޭ ތަނެއް ކަމަށް ބުނެއެވެ.
ފިޔޮޑޯރ ދޮސްތޮއެވްސްީކ
8
ޖެ ްއ ާރ ހި ވެ ދި އި ާކ ތަ ރު ތު ދަ ނު ވު ރެ ކު އި ގަ ނޑު ކަ ާޔ ޑި ން އި
ދިވެހިރާއްޖެ ޮއތީ އިންޑިޔާ ކަނޑުގައި ސިޯލނުގެ ހުޅަނގު ފަރާތުން ޚައްޠު
އިސްތަވާ މަތީގައި އުތުރުން ދެކުނަށެވެ. ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑަކީ ވިޔަފާރި
ދަތުރުތަކަށް ވަރަށް މަޝްހޫރު ކަނޑެކެވެ. ވަރަށް ގިނަ ވިޔަފާރި ދަތުރުތައް ކުރެވުނު
ކަނޑެކެވެ. އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ ޮއތް މަގާމަށް ބަލާއިރު ދިވެހިރާއްޖެއަށް
ވަރަށް ގިނަ ތަންތަނުން ވިޔަފާރި ފަދަ ތަފާތު ބޭނުމުގައި މީހުން އައިސްފައިވާނެއެވެ.
މި ޮގތުން ދިވެހިރާއްޖެއަށް އައި ނުވަތަ އާދެވުނު މީހުންގެ ސަބަބުން ދިވެހީންނަށް
އެކި ޮގތް ޮގތުން އަސަރު ޯފރާފައި ވާނެ ކަމަށް ޤަބޫލު ކުރެވެއެވެ. ދިވެހިރާއްޖެ
ކަހަލަ ވަކި ވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ޮއތް ޤައުމެއްގައި މީހުން ވަޒަންވެރިވެ
އާބާދުވެފައި ވާނީ ވެސް މި ރާއްޖެ ޮއތް ތަނަކީ ދަތުރުފަތުރުގެ މަގެއް މަތީގައި ޮއތް
ތަނަކަށް ވެގެންނެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރި ވެފައި ވަނީ ވެސް
އިންޑިޔާ ކަނޑުގައި ކުރެވުނު ދަތުރުތަކުގެ ސަބަބުން ކަމަށް ބުނަން ޖެހެއެވެ. ހަމަ
އެހެންމެ ދިވެހީންގެ ސަގާފަތަށާއި އާދަކާދައަށާއި ބަހަށާއި ދީނީ އާދަކާދައަށް އައިސްފައިވާ
ބަދަލެއް ނަމަ އެ ބަދަލެއް ވެސް އައިސްފައި ވާނީ އިންޑިޔާ ކަނޑުގައި ކުރެވުނު
ދަތުރުތަކުގައި މި ރާއްޖެއަށް ޒިޔާރަތް ކުރި މީހުންގެ ސަބަބުންނެވެ. ނުވަތަ އިންޑިޔާ
ކަނޑުގައި ދަތުރުޮކށްގެން ދިވެހީން ދިޔަ ޤައުމުތަކާއެކު ދިވެހީން އުފެއްދި ގުޅުންތަކެއްގެ
ނަތީޖާއެއްގެ ޮގތުންނެވެ. ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ކުރެވުނު ވިޔަފާރިތަކާއި،
ދިވެހިރާއްޖެއާ ހުރި ގުޅުމަކީ ޮކބައިޯތ ފުރިހަމަ ޮގތުގައި ދެނެގަނެވޭނީ ޤަދީމީ ޒަމާނުގައި
އިންޑިޔާ ކަނޑުގައި ދަތުރު ކުރީ ޮކން ބަޔަކު ކަން އެނގިގެންނެވެ. އެމީހުންގެ ވިޔަފާރި
ދަތުރުތަކުގައި ގަނެވިއްކި ތަކެއްޗަކީ ޮކބައިޯތ ވެސް އެނގިގެންނެވެ. އެހެންކަމުން މި
މަޒުމޫނުގައި ބަލައިލާނީ ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ދަތުރު ކުރީ ޮކން ބައެއް
ކަމާއި، އެ މީހުންގެ އެ ދަތުރުތަކުގެ ބޭނުމާއި، އެ ދަތުރުތަކާއި ދިވެހިރާއްޖެއާ ހުރި
ގުޅުމުގެ މައްޗަށެވެ.
އިންޑިޔާ ކަނޑުގެ ވަށައިގެން ހުރި ޤައުމުތަކަށް ނަޒަރު ހިންގައިލުމުން،
އިންޑިޔާ ކަނޑުގައި ދަތުރު ކުރީ ޮކން ބައެއް ކަން ތަޞައްވުރު ޮކށް ލެވޭނެއެވެ. މި
ޮގތުން އިންޑިޔާއިން ފެށިގެން، ގަޑީގެ ކަށި ހިނގާ ބުރާ އެއް ޮގތަށް ދުނިޔޭގެ ޗާޓަށް
ބަލައިލާއިރު ފާހަގަ ކުރެވެނީ އިންޑިޔާގެ އިތުރުން ޮއޅުދޫކަރަ އާއި ސިޔާމު )ތައިލޭންޑް(
އާއި އަސޭކަރަ އާއި އިރުމަތީ އެފްރިކާގެ ޤައުމުތަކާއި މަޑަގަސްކަރަ އާއި ޕަރޝިޔަން
ގަލްފުގެ ޤައުމުތަކެވެ. އިންޑިޔާ ކަނޑަށް ހުޅުވިފައި ހުރި ޤައުމުތަކުގެ އިތުރުން ފުޅާ
ދާއިރާއެއްގައި އިންޑިޔާ ކަނޑުގައި ޙަރަކާތްތެރިވީ ޗައިނާ މީހުންނެވެ. ނުވަތަ ސީނު
ކަރައިގެ މީހުންނެވެ. ޔޫރަޕުގެ ޤައުމުތަކުގެ މީހުން އިންޑިޔާ ކަނޑުގައި ދަތުރު ކުރަން
ފެށީ މެދު ޒަމާނުގައެވެ. ޤަދީމީ ޒަމާނުގައި ޔޫރަޕުގެ ޤައުމުތަކުގެ މީހުން އިންޑިޔާ
ކަނޑުގައި ދަތުރުޮކށް އުޅުނު ކަމެއް އެނގޭކަށް ނެތެވެ. ތާރީޚީ ލިޔުންތަކުން ފެންނަ
ޮގތުގައި ޔޫރަޕުގެ މީހުން އިންޑިޔާ ކަނޑުގައި ދަތުރު ކުރަން ފަށާފައި ވަނީ މީލާދީން 15
ވަނަ ޤަރުނުގެ ފަހުޮކޅުއެވެ.
ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ވިޔަފާރި ފަދަ ތަފާތު ބޭނުމުގައި
ދަތުރު ކުރި ވަރަށް ގިނަ މީސްމީހުން ދިވެހިރާއްޖެއަށް އައިސްފައި ވެއެވެ. ޤަދީމީ
ޒަމާނުގައި އިންޑިޔާ ކަނޑުގައި ދަތުރުކުރި މީސްމީހުންގެ ތެރެއިން އިންޑިޔާގެ މީހުންނަށް
ބަލާއިރު، ހުޅަނގު އިންޑިޔާ މީހުންނަކީ ވަރަށް ގިނައިން ދަތުރުފަތުރު ޮކށް އުޅުނު
ބައެއް ކަމަށް ނަސީމާ މުޙައްމަދު ބަޔާން ކުރައްވާފައިވެއެވެ. ޤަދީމީ ޒަމާނުގައި ހުޅަނގު
އިޔާޒު ނަސީމް
9
އިންޑިޔާގައި ހިމެނޭ ތަންތަނަކީ ޯގވާ އާއި މިހާރުގެ މަހާރާޝްތުރާ އާއި ގުޖުރާތާއި
ސިންދެވެ. މީގެ ތެރެއިން ސިންދު މިއަދު ޮއތީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާއަށް
މިނިވަންކަން ލިބުނު އިރު އަލަށް އުފެދުނު ޕާކިސްތާނޭ ކިޔާ ޤައުމުގައެވެ. ޕާކިސްތާނުގެ
ހުޅަނގުގައި މިއަދު ހިމެނޭ ބަލޫޗިސްތާނު އޭރު ޮބޑަށް ބެލެވިފައި ޮއންނަނީ ފާރިސްކަރަ
ނުވަތަ އީރާނުގެ ބައެއްގެ ޮގތުގައެވެ.
ހުޅަނގު އިންޑިޔާއިން ފުރައިގެން ދެކުނަށް ދަތުރު ކުރާ ނަމަ، ދަތުރުގެ މަގުމަތީގައި
ދިވެހިރާއްޖެއަށް އާދެވޭނެއެވެ. ހުޅަނގު އިންޑިޔާގެ އެންމެ މުހިންމު އެއް ބަނދަރު
ކަމުގައި ވާ ޯލތާލް ބަނދަރާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ދަތުރުތަކެއް ކުރެވިފައި
ވާ ކަމަށާއި، ޯލތާލް ބަނދަރުން ދިވެހިން ފައިސާގެ ޮގތުގައި ކުރީން ބޭނުން ކުރި ކުދި
ޮބލި ފެނުމަކީ މި ކަމަށް ލިބޭ އިތުރު ހެތްކެއް ކަމަށް ތާރީހު ދިރާސާކުރައްވާ ބޭފުޅުން
ވިދާޅުވެއެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނާ މެދު ލިޔެވިފައި
ހުރި ވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީން ހިންދުސްތާނުގެ
ކާލިބަންގަނުން ރާއްޖެއަށް އައިސްފައި ވަނީ އިންޑިޔާގެ ޯލތާލުގެ މަގުން ކަން
އެނގެއެވެ.
ގިނަ މުއައްރިޚުން ދެކެވަޑައިގަންނަވާ ޮގތުގައި "ދިވެހިރާއްޖޭގައި މީހުން
ފުރަތަމަ ވަޒަންވެރިވި ދުވަސްވަރު އެނގިއްޖެ ނަމަ، ހިންދު ކަނޑުގައި މީހުން ދަތުރު
ކުރަންފެށި ދުވަސްވަރުގެ ތާރީޚު ވެސް އެނގޭނެއެވެ. އަދި ހިންދު ކަނޑު ހުރަސްޮކށް
އުތުރުކަރަ )އިންޑިޔާގެ ސަބްޮކންޓިނެންޓް( އަށާއި ދުރު އިރުމައްޗަށް ނައުފަހަރު
ދަތުރުކުރަން ފެށީއްސުރެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅެފައި ވާނެއެވެ. ސަބަބަކީ،
ދިވެހިރާއްޖެ ޮއންނަނީ މި ދެންނެވި ކަނޑުދަތުރުތައް ކުރާ މަގުތަކުގެ މެދުގައި ކަމަށް
ވާތީއެވެ".
ދިވެހިރާއްޖޭގެ ރަށްތަކުގެ ޢުމުރާ މެދު ސައިންޓިފިކް ދިރާސާއެއް
ކުރެއްވި ދިވެހި ޢިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު ޢަލީ ވިދާޅުވާ ޮގތުގައި
ދިވެހިރާއްޖޭގެ ރަށްތައް ފެނުން މައްޗަށް ހިކި، މީހުންނަށް ދިރިއުޅެވޭ ފަދަ ރަށްތަކަކަށް
ވުމުގެ ޕްޮރސެސް ހިނގަން ފަށާފައިވާނީ ޢީސާއީ މީލާދުގެ ކުރީގެ ނުވަތަ ބީ.ސީން
1000 އަހަރާއި 700 އަހަރާ ދެމެދުއެވެ. އެހެންކަމުން ބީ.ސީން 500 ވަނަ އަހަރާ
ހިސާބުގައި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް
ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ. ބީ.ސީން 500 އަށް ވުރެ ކުރީން، ބީ.ސީން
2500 ވަނަ އަހަރާ ހިސާބުން ފެށިގެން ވެސް އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ މިހާރު
މި ޮއތް ހިސާބުން މީހުން ދަތުރުޮކށްފައިވާކަން އެނގޭ ކަމަށް އަލްއުސްތާޛު މުޙައްމަދު
އިބްރާހީމް ލުޠުފީ )1997( ހާމަ ކުރައްވައެވެ. އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ
ވިދާޅުވާ ޮގތުގައި ޤަދީމީ ސިންދުވާދީގެ ރަށްވެހިކަމުގެ )އިންޑަސްވެލީ ސިވިލައިޒޭޝަނުގެ(
މުހިންމު ބަނދަރެއް ކަމުގައިވި ޯލތާލުން ދިވެހި ކުދި ޮބލި ފެނިފައި ވުމަކީ މިކަމުގެ ހެތްކެއް
ކަމަށެވެ. މީހުންނަށް ދާއިމީ ޮގތެއްގައި ވަޒަންވެރިވެގެން ތިބެވޭނެ ރަށްތަކެއްގެ ޮގތުގައި
ދިވެހިރާއްޖޭގެ ރަށްތައް އޭރު ފުރިހަމަވެފައި ނުވިޔަސް، ޮބލި ހިލޭ ފަދަ ފަރުތަކެއްގެ ޮގތުގައި
ޮއތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެ ޮބލިތަކަކީ އޭރުގައި ދިވެހިރާއްޖޭގައި ހުރި
ފަރުތަކުން ހިލާފައިވާ ޮބލިކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ހުޅަނގު އިންޑިޔާއަށް ނިސްބަތްވާ
ބަޔަކަށްވާއިރު، ހުޅަނގު އިންޑިޔާގެ މީހުން އިންޑިޔާ ކަނޑުގައި ވަރަށް ކުރީއްސުރެ
ދަތުރުކުރަން ފަށާފައިވާ ކަމަށް ބުނެވިދާނެއެވެ. ހުޅަނގު އިންޑިޔާއަކީ މަޝްހޫރު
ސިންދުވާދީގެ ރަށްވެހިކަން ޮއތް ސަރަޙައްދު ކަމުގައިވާއިރު، އެތަނުގެ މީހުންނަކީ އެ
ޒަމާނަށް ބަލާއިރު، ޮގތްހުރި، ހޭލުންތެރިބައެއް ކަމަށް ޤަބޫލު ކުރެވެއެވެ. އެމީހުންނަކީ
އަމިއްލަ ޮއޑިފަހަރުގައި ދަތުރުކުރުމުގެ ކުޅަދާނަކަން ޯހދައިފައިވާ ބަޔެކެވެ. ހުޅަނގު
އިންޑިޔާގެ ރަށްތަކުން މީހުން އައިސް ދިވެހިރާއްޖޭގައި ވަޒަންވެރިވެ، ދިވެހިރާއްޖެއާ
ގުޅުންތަކެއް އުފެދިގެން ދިޔައީ އިންޑިޔާ ކަނޑުގައި މި ޮގތުން އެ މީހުން ކުރަން ފެށި
ދަތުރުތަކުގެ ސަބަބުންނެވެ.
ހުޅަނގު އިންޑިޔާއެކޭ އެއްފަދައިން އިރުމަތީ އިންޑިޔާގެ ބަންގާޅާއި ޮއރިއްސާ
މީހުންނަކީ ވެސް އިންޑިޔާ ކަނޑުގައި ދަތުރުކުރި ބައެކެވެ. ޯމރިޔާ ރަސްގެފާނު އަޯޝކާގެ
ދުވަސްވަރު ޮއރިއްސާ އާއި ބަންގާޅުގެ ނައުފަހަރު ރާއްޖެއަށް އައިސްފައިވާކަން ތާރީޚުން
އެނގެއެވެ. ދިވެހިރާއްޖެއަށް ބުދު ދީން އައިސްފައި ވަނީ މި ދުވަސްވަރު މިފަދަ
ނައުފަހަރުތަކުން އައި މީސްމީހުންގެ ސަބަބުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ނަސީމާ
މުޙައްމަދު ވިދާޅުވެއެވެ. އަދި ހުޅަނގު އިންޑިޔާގެ ބައިރާތުން ވެސް ބުދު ދީނުގެ
ޢިލްމުވެރީންތަކެއް ރާއްޖެއަށް އައިސްފައިވާ ކަމަށާއި، އެމީހުން ރާއްޖޭގައި ބުދުދީން ފެތުރުމަށް
މަސައްކަތްތަކެއް ކުރިކަން ތާރީޚީ ލިޔުންތަކުން ފެނެއެވެ.
އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ ޮއތް މަޤާމުގެ ސަބަބުން، އެފްރިކާ އާއި
ޕަރޝިޔަން ގަލްފުގެ ޤައުމުތަކުގެ މީހުން އިރުމައްޗަށް ކުރާ ދަތުރުތައް ޮކށްފައިވަނީ
ރާއްޖޭގެ މަގުން ކަމަށް ވާތީ، ދިވެހިރާއްޖޭގެ މައްޗަށް ވެރިކަން ހިންގުމަށް ދެކުނު އިންޑިޔާގެ
މަލާބާރުގެ ވެރީން މަސައްކަތްޮކށްފައިވެއެވެ. )ނުނިމޭ(
10
ދަމަނަ
ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރުން ސަާލމަތްވުމަށް ވެކްސިން ޖެހުން
ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު
ރަޙިމުގެ ޮދރަށް ޖެހޭ ކެންސަރު ނުވަތަ ސަރވިކަލް ކެންސަރަކީ އޭޝިއާގެ އަންހެނުންގެ މެދުގައި ދެވަނައަށް އެންމެ
ޢާންމު ކެންސަރެވެ. މިއީ ހިއުމަން ޕެޕިޯލމާވައިރަސް )އެޗް.ޕީ.ވީ( ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިޖަރާސީމަކީ ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ޖަރާސީމު އަށަގެންފައިވާ މީހެއްގެ ފަރާތުން ވަރަށް ފަސޭހައިން ފެތުރޭ ޖަރާސީމެކެވެ. ޖަރާސީމު އަށަގަންނަ އެންމެނަށް ކެންސަރު ނުޖެހުނެއް ކަމަކު މިޖަރާސީމު އަށަގަންނަ
މީހުންގެ ތެރެއިން ޮކންމެ މީހަކަށްވެސް ކެންސަރު ޖެހުމުގެ ފުރުޞަތު ޮއވެއެވެ. އެހެނަސް، ކުރެވިފައިވާ ދިރާސާތަކުން ދައްކާ ޮގތުން މުސްލިމުންނާއި ޔަހޫދީންގެ މެދުގައި މިބަލިޖެހޭ މިންވަރު ނިސްބަތުން މާޮބޑަށްވެސް މަދެވެ. ޤަބޫލުކުރެވޭ ޮގތުގައި މިއީ ފިރިހެނުން ޚިތާނުކުރުމުގެ ސަބަބުން ލިބިދޭ ރައްކާތެރިކަމެކެވެ.
އަދި ފިރިހެންކުދިންގެ ޢުމުރުން އެއްއަހަރަށްވުރެ ކުޑައިރު ޚިތާނުކުރުމުން މިޮގތުން ލިބޭ ރައްކާތެރިކަން )ފިރިހެނުންގެ ޒަކަރުގެ ކެންސަރުންނާއި އަންހެނުންގެ ރަޙިމުގެ ޮދރަށްޖެހޭ ކެންސަރުން( ވަކިން ޮބޑުކަމަށް ދިރާސާތަކުން ދައްކައެވެ.
ޖިންސީގުޅުން ހިންގާ ޢުމުރުގެ ޮކންމެ އަންހެނަކީ މިޖަރާސީމު އަށަގަތުމުގެ ފުރުޞަތު ޮއންނަ މީހެކެވެ.
އެހެނަސް ތަފާތު އެތައް ސަބަބުތަކަކާހުރެ ޒުވާންކުދިންގެ ހަށިގަނޑުގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ޢުމުރުން
ޮދށީ އަންހެނުންނަށްވުރެ ޮބޑެވެ. އަދި މިފަދަ ކުދިން ޢުމުރުން ދުވަސްވުމަށްފަހު ޒުވާން ޢުމުރުގައި އަށަގަތް ޖަރާސީމުގެ ސަބަބުން ރަޙިމުގެޮދރުގެ ސެލްތައް އައިބުވެ ކެންސަރަށް
ބަދަލުވެއެވެ. މިސަބަބަށްޓަކައި އަންހެންކުދިންގެ ޅައުމުރުގައި މިބަލިން ރައްކާތެރި ކުރުމަކީ މުހިންމު ކަމެކެވެ.
ރަޙިމުގެ ކެންސަރު ޖެހުމަށް މަގުފަހިޮކށްދޭ ކަންތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން، ޅަޢުމުރުގައި ޖިންސީގުޅުން
ހިންގަން ފެށުން، ގިނަމީހުންނާއެކު ޖިންސީގުޅުން ހިންގުން ނުވަތަ އިނދެ ވަރިކުރުން ގިނަވުން )ނުވަތަ މިފަދަ މީހަކާ ޖިންސީގުޅުން
ހިންގުން( ހިމެނެއެވެ. ރަޙިމުގެ ކެންސަރަކީ ބަލި ވަރަށް ޮބޑުވަންދެން
ވެސް ޢާންމުޮކށް އެއްވެސް ޢަލާމާތެއް ފެންނަ ބައްޔެއް ނޫނެވެ. އެހެންކަމުން އަންހެނުން ވަކި ޢުމުރަކަށް ދިއުމުން މިކަމަށް
ސްކްރީން ކުރުމަކީ ވަރަށް ގިނަ ޤައުމުތަކުގައި ޢާންމުޮކށް ކުރާ
ކަމެކެވެ. މިޮގތުން އިނގިރޭސިވިލާތުގައި ޢުމުރުން 25 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުން ޮކންމެ 3 އަހަރަކުން އެއްފަހަރު
ސްކްރީން ކުރުމަށް ލަފާދެއެވެ. އަދި 50 އަހަރުން ފެށިގެން ޮކންމެ 5 އަހަރަކުން އެއްފަހަރު ސްކްރީން ކުރުމަށް ލަފާދެއެވެ. މިޓެސްޓަކީ ޕެޕް ސްމިއަރ ކިޔާ ވަރަށް ފަސޭހައިން ޮކށްލެވޭ ޓެސްޓެކެވެ. އަދި ކެންސަރު ޖެހުމުގެ ކުރިން ސެލްތައް އައިބުވެފައިވޭޯތ ބަލައި އެފަދަ ބަދަލެއް އައިސްފައިވާނަމަ ކެންސަރު ޖެހުމުގެ ކުރިން ފަރުވާލިބިގަނެ
ރައްކާތެރިވެވުމުގެ ފުރުޞަތު ޮއވެއެވެ.މިހާރު އެއަށްވުރެ އުފާވެރި ޚަބަރަކީ މިބަލިން
ރައްކާތެރިވުމަށް ވެކްސިނެއް )ދިވެހިރާއްޖެއިން ވެސް( ލިބެން ހުރިކަމެވެ. މިއީ ކެންސަރުން ރައްކާތެރިވުމަށް ގެންގުޅެވޭ )އެމެރިކާގެ
އެފް.ޑީ.އޭ. އިން ހުއްދަ ޮކށްފައިވާ( 2 ވެކްސިންގެ ތެރެއިން އެއް ވެކްސިންއެވެ. ޖަރާސީމު އަށަގަތުމުން ރައްކާތެރިވުމަށްޓަކައި
އަންހެންކުދިން ޮބޑުވެ ޖިންސީގުޅުން ހިންގާ ޢުމުރަށް ދިއުމުގެ ކުރިން މިވެކްސިން ދިނުމަކީ މުހިންމު ކަމެކެވެ. މިޮގތުން ޢުމުރުން 9
އަހަރުން ފެށިގެން ޮދށީ އަންހެން ކުދިންނަށް މިވެކްސިން ދިނުމަށް މިހާރު އިރުޝާދު ދެއެވެ. މިވެކްސިން ފުރިހަމަވަނީ ޖުމްލަ 3 ޯޑޒް
)ފުރަތަމަ ޯޑޒް ދެވޭތާ 1 މަސް ފަހުން 2 ވަނަ ޯޑޒް، އަދި ފުރަތަމަ ޯޑޒް ދެވޭތާ 6 މަސްފަހުން 3 ވަނަ ޯޑޒް( ދެވުމުންނެވެ. އެމެރިކާގެ ސީ.ޑީ.ސީ. އިން އިރުޝާދު ދެނީ މިވެކްސިންގެ 3 ޯޑޒްވެސް އެއް
ބްރޭންޑެއްގެ ވެކްސިން އިން ދެވެން ޮއތްނަމަ އެޮގތް ޚިޔާރުކުރުމަށެވެ. މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު މިއީ ރައްކާތެރި ވެކްސިން
އެކެވެ. ހުންއައުމާއި ވެކްސިން ޖަހާތަން ޮކންމެވެސް ވަރަކަށް ދުޅަވުންފަދަ، އެހެންވެސް މިބާވަތުގެ ވެކްސިން ޖެހުމަށްފަހު ދިމާވުމުގެ ފުރުޞަތު ޮއންނަ ބައެއް ނޭދެވޭ އަސަރު މިވެކްސިން ޖެހުމުންވެސް ފަހަރުގައި ދިމާވުން އެކަށީގެން ވެއެވެ. އެހެނަސް މިއީ ޢާންމުޮކށް
އިތުރު ނުރައްކަލަކާ ގުޅިފައިވާ ކަމެއް ނޫނެވެ.ދިވެހިރާއްޖޭގެ މިހާރުގެ އިޖްތިމާޢީ ޙާލަތަށް ބަލާއިރު އަދި އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ބަލިތައް ޖެހުމަށް ނުވަތަ ޖަރާސީމު
ފެތުރުމަށް މަގުފަހިޮކށްދޭ ކަންތައް ޢާންމުވެފައި ޮއތް މިންވަރަށް ބަލާއިރު ޯފރުންތެރިކަން ހުރި ޮކންމެ ބަޔަކުވެސް އެބައެއްގެ ކުދިންގެ މުސްތަޤްބަލަށްޓަކައި އަދި ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި މިފަދަ ވެކްސިންތައް ޖެހުން ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން އެއީ
މުހިންމުކަމެކެވެ.
11
ސަން މާފާނު
ޜާން ހެން އަކީ ޗައިނާގެ އިލްމުވެރިއެކެވެ. ފަލަކީ އިލްމާއި ޯޖގުރަފީ އާއި ހިސާބު އިލްމަށް އަރައިހުންނެވި
ބޭފުޅެކެވެ. އެތައް އެއްޗެއް އީޖާދުތައް ކުރެއްވި ފަންނުކާރެކެވެ. ފަންނުވެރިއެކެވެ. ޝާއިރެކެވެ. ސިޔާސީ ބޭފުޅެކެވެ. ވަރަށް ޮބޑު ޮފތްތެރިއެކެވެ. އޭނާ އުޅުއްވީ
އިރުމަތީގެ ހާން ދަރިޮކޅުގެ ޒަމާނުގައެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 78 ވަނަ އަހަރުއެވެ.ތައުލީމީ ހަޔާތަށް ފަހު އޭނާގެ ހިދުމަތް އެންމެ ފުރަތަމަ ފެނިގެން ޮގސްފައިވަނީ މަދަނީ
މަސައްކަތުގައެވެ. އޭގެ ފަހުން ދައުލަތުގެ އެންމެ އިސް ފަލަކީ އިލްމުވެރިޔާގެ މަގާމު ލިބިވަޑައިގަތެވެ.
އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް
ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ ނޭޕާލަށެވެ. ފެޑެރަލް ޑިޮމކްރެޓިކް ރިޕަބްލިކް ޮއފް ނޭޕާލަކީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ، އަދި ބިންބަންދު، މިނިވަން ގައުމެކެވެ. ނޭޕާލު ޮއންނަނީ ހިމާލީ ސަރަހައްދުގައެވެ. ނޭޕާލުގެ އުތުރުގައި
ޮއތީ ޗައިނާއެވެ. ނޭޕާލުގެ ހުޅަނގާއި، ދެކުނާއި، އިރުމަތީގައި ޮއތީ އިންޑިޔާއެވެ. ނޭޕާލުގެ ވެރިރަށަކީ ކާޓްމާންޑޫ )ކަތަމަންޑޫ( އެވެ. ދުނިޔޭގައި ހުރި އެންމެ އުސް ފަރުބަދަ ކަމުގައިވާ އެވަރެސްޓް
ފަރުބަދަ )ނުވަތަ ސަގަރުމާތާ( ހުންނަނީ ނޭޕާލުގައެވެ.ނޭޕާލުގެ ރަސްމީ ދީނަކީ ހިންދޫ ދީނެވެ. ހިންދޫންގެ
އިތުރުން ބޫދީންނާއި މުސްލިމުން ވެސް ނޭޕާލުގެ ރައްޔިތުންގެ ތެރޭގައި ހިމެނެއެވެ.
ކުރީގައި ނޭޕާލަކީ ރަސްކަމެއް ޮއތް ގައުމެކެވެ. 21 ޑިސެންބަރު 1768 އިން ފެށިގެން 28 މެއި 2008 އާ ހަމަޔަށް ނޭޕާލުގައި ޮއތީ
ވިރާސީ ރަސްކަމެކެވެ. 28 މެއި 2008 ގައި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ނޭޕާލުވެފައިވަނީ، ދުނިޔޭގެ އެންމެ ހަގު އެއް ޖުމްހޫރިއްޔާއަށެވެ.
ނޭޕާލުގެ އެންމެ ފުރަތަމަ ރައީސަކީ ރާމްބަރަން ޔާދަވް އެވެ. އޭނާ ރައީސްކަމުގައި ހުވާ ކުރެއްވީ 23 ޖުލައި 2008 ގައެވެ.
ނޭޕާލުގެ ޮބޑު މިނަކީ 147181 އަކަ ކިޯލމީޓަރެވެ. ބިމުގެ ޮގތުން ބަލާއިރު ނޭޕާލަކީ ދުނިޔޭގެ ގައުމުތަކުގެ ލިސްޓުގެ 94 ވަނައެވެ. ނޭޕާލުގެ
އާބާދީއަކީ 30 މިލިޔަނެވެ. އެހެން ކަމުން ނޭޕާލު ވެފައިވަނީ ދުނިޔޭގައި 40
ރަސްމީ ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ފަރާތުން އޭނާއާ
ހަވާލު ކުރައްވައިފައިވިއެވެ. އޭނާ ވަނީ ހަނދާއި އިރާ ދެމެދު ހުރި ގުޅުންތަކާ ބެހޭ ޮގތުން
އެތައް ދިރާސާއެއް ކުރައްވައިފައެވެ. ޜާން ހެންގެ ފަލަކީ ޯހއްދެވުންތަކާއި
ހިސާބުގެ އިލްމު ތަރައްގީ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ އިރުމަތީ އޭޝިޔާގައި
އެ ޒަމާނުގައި ކުރެވުނު އެންމެ އިލްމީ މަސައްކަތްތަކެވެ.
ޮޕލިމެތެއް ކަމުގައިވާ ޜާން ހެން އަވަހާރަވީ މީލާދީން 139 ވަނަ އަހަރުއެވެ.
ާޜން ހެން
އިޔާޒު ނަސީމް
ބުއްދީގެ ފުރާގު "ތިބާގެ ހަށިގަނޑުގެ ސިއްހަތަށް ސަމާލުވާ ފަދައިން، ތިބާގެ ރޫޙާނީ ނަފްސުގެ
ސިއްހަތާ މެދު ވެސް ފަރުވާތެރިވާށެވެ. އޭރުން ތިބާ ފެންނަ ހިސާބަށް އަންނަން ވެސް ހިތާމަތަކަކަށް ނުކެރޭނެއެވެެ." ޜާން ހެން
ނޭާޕލް
ވަނައަށް އެންމެ ޮބޑު އާބާދީއެއް ޮއތް ގައުމަށެވެ. ނޭޕާލުގެ ރަސްމީ ބަހަކީ "ނޭޕާލީ" ބަހެވެ. މި ބަސް ލިޔަން
ބޭނުން ކުރަނީ ހިންދީ ބަހާއި ސާންސްކްރިތު ބަސް ވެސް ލިޔަން ބޭނުން ކުރާ ދޭވަނާގަރީ އަކުރެވެ. މި ބަހުގެ އިތުރުން ވެސް ސަތޭކައަށް ވުރެ ގިނަ ބަސް
ނޭޕާލުގައި ޮއވެއެވެ. ނޭޕާލުގެ ޖީ.ޑީ.ޕީ ޕަރ ކެޕިޓާ އަކީ 1270 ޮޑލަރެވެ.
12
ގުޯދ ގުޯދ ޮގވުމަކީ ތަންޮކޅެއްކުރީގައި ވަރަށްގިނަ ކަމެކޭ ބުނެވިދާނެއެވެ. ދެކެވޭ ވާހަކަތަކާއި ކުރެވޭ ޒުވާބުތަކުގައި " ތިޮގވަނީ
ގުޯދ ގުޯދ އޭ " ބުނެލާއަޑު އޭރު އިވެއެވެ. އެއީ ކީއްވެގެންކިޔާ އެއްޗެއްޯތ ބެލިއިރު އެއީ ގުދުލާފައި ތިބޭމީހުން ދެރަޮކށްލުމުގެ ޮގތުން ގުދު ގެ ވާހަކަ ޮގވާލާޮގތެވެ. އެހެން ބުނާމީހާ އަކީ އެކަހަލަ ހަތްގުދު ޮއތްމީހަކަށް ވެފައި
އެއްމެ ގުދެއް ޮއތްމީހަކާދިމާލަށް ގުދުލާފައި ޮއތްވާހަކަ ބުނުމުން އެވަނީ ގުޯދ ގުޯދ ޮގވަނީ ކަމަށެވެ. މިއީ ގުޯދ ގުޯދ ގެ ފެށުންކަމުގައި ކުރިއްސުރެ
ބެލެވިފައިވާ ޮގތެކެވެ. އެ ޖުމްލައިގެ އެތެރޭ މާނައެއްކަމުގައި ފަހުން ބެލިފައި މިވަނީ އެތަކެއް ޯގސްހަދާފައި ހުރިމީހަކު އެއްމެ ޯގހެއް ހެދި މީހަކާދިމާލަށް
އެ މީހާއަކީ ޯގސްހަދާ މީހެކޭ ބުނާބުނުމަށެވެ. މަޖާޒީޮގތެއްގައި އެފަދަ
ހުރިހާހާލަތެއްގައި" ގުޯދ ގުޯދ "ބަސް ބޭނުން ކުރެވެމުން އައީއެވެ. މިހާރުވެސް މަދުމަދުން ގުޯދގުޯދ ޮގވާ އަޑު އިވެއެވެ.
މިހަތަރު އަކުރުގެ ބަސް ކުރިމަތީގައި ލިޔެލާފައި ބަލައިލުމުން މިހާރު ހަމަ ގަދައަށް ހީގަނެވެއެވެ. ގުދު ގިނަކަމުން ނެވެ. ކުރިން ބުނެވިފައިޮއންނަނީ
ހަތްގުދު ޮއތް މީހެއްގެ ވާހަކައެވެ. މިހާރު އެއަދަދު މައްޗަށް ޮގސް އެއްޮފޅުވަތުގައި ޖަހަންޏާ ޖީއެސްޓީ ލައިގެނެއް ނުޖެހޭނެކަން ކަށަވަރެވެ.
އެބުނާ ބިލެއްފާސްވެ ޑިއުޓީކަނޑާފައި ޖަހައިގެން ނޫނީ އެއަދަދު ފަސޭހައިން ކިޔާލެވޭވަރެއްވެސް ނޫނެވެ.
ކެޮޔކޭވަރު އެނގޭނީ ބިރުފަންގެ ނެގީމައޭ ކިޔައެވެ. މިހާރަކު ބިތެއް ނެތެވެ. ނަގާނެ ފަންގެއެއް ނެތި ކެޮޔކޭ ވަރު އެނގޭނެ ޮގތެއް ވެސް ނެތީއެވެ. އެހެންނޫނަސް ކެޮޔވަކެއްގެ އަގު ޖީއެސްޓީ އަށް ނުލިއަސް ފަސް
ނޯ ނޫ އް ދެ ގު -- ދޯ ގު ދޯ ގު ހަރުފިޔާ އެވެ. ވީއިރު ކެޮޔކެވޭނީ ދާދިމަދުބަޔަކަށެވެ. މުސާރައަށް ފަސްޮދޅަސް
ހަތްދިހަ ހާސް ޖެހޭމީހުން ހަމަ އަރާމުގައި ކެޮޔކާނެއެވެ. ކެވޭނެ މެއެވެ. އެކަމަކު އެމީހުންކޭވަރު އަދަދު ބަލާކަށް ފަސޭހައެއްނުވާނެއެވެ. އެއީ ގިނައިން ކެޮޔކައިފާ ހުންނާނީ ރާއްޖޭންބޭރުގައި ކަމަށް ވާތީއެވެ. ކުރާނެކަމެއްކުރަން އުޅޭނެޮގތަކަށް
އުޅެފައި ޮކންމެ ދެތިންމަހުން އެއްމަހު ކެޮޔކާން އެދާދިއުމުގައެވެ. ލަންކާ، އިންޑިއާ، މެލޭސިއާ، ސިންގަޕޫރު، ނުވަތަ ތައިލެންޑުގައި މީގެކުރިން އާއްމުޮކށް ކައިއުޅުނު
ކެޮޔކެއުން މިހާރު މަޑުމަޑުން ޔޫކޭ، ޔޫއެސް، ކެނެޑާ އަދި އިޒުރޭލް ފަދަ ކެޮޔވައް ފަލަ ، ޮދން ، ރީތި ހިސާބުތަކަށް ޮގސް ކާންފަށައިފިއެވެ. ކޭވަރު އެނގޭނީ
ބިތުފަންގެ ނަގައިގެން ކަމުގައި ވަނީވިއްޔާ ދެން މިހާރު ޖެހޭނީ ނުބެލޭނެކަމަށް ސްޓްރީމް ޯކޓުން ހުކުމެއް ކުރުވައި އެކަން ގަބޫލުޮކށްގެން ހަނު ތިބޭށެވެ.
ވަޅުގައި ޮއންނަ ޮބއް ފެންޯބވަރެއްނޭނގޭނެއޭ އޭރު ބުނެފައި ވެއެވެ. އެއީ އެއްޮގތެއްގައި އަދިވެސް ހަމަ ވަރަށް ޮބޑު ތެދެކެވެ. އެ ޮބއް ޮއންނަނީ ފެންގަނޑުގެތެރޭގައި
އަބަދުވެސް އަނގައިގާ ފެންތައް ޖެހޭޮގތައް އެހާ
ފެނާއި ކައިރީގައެވެ. ބޭނުންވީމާ ބޭނުންވަރަކަށް
ޮބއިހެދޭޮގތަށެވެ. ޮބއް ވަޅުގެ އަޑީގައި ޮއންނައިރު މަތީ ގައި ހުންނަ މީހާއަކަށް އެޮބއް ފެންޯބވަރެއް ހަމަ
ނޭނގޭނެއެވެ. އެކަމަކު އެއީ އޭރު އެވެ.
މި ބުނުމަކީ ވެސް ފައިސާ ގެންގުޅޭމީހުންނަށް
ނިސްބަތްޮކށް މިހާރު އިންސާނުންގެ ތެރެއަށް
ގެނެސް ފައްތާ ބޭނުންކުރާ ބުނުމެކެވެ. ކުންފުންޏެއްގައިނަމަ ޚަޒާންދާރު، ފިހާރައެއްގައިނަމަ ސޭޓު، އަދި ސަރުކާރެއް
ގައި ނަމަ ބާރުވެރިޔާ އަށް އެޮގތަށް ފައިސާ ބޭނުންކުރެވިދާނެ ވާހަކަ ބުނެލަން މިޖުމްލަ ބޭނުންކުރެއެވެ. މިހާރު އެކަމަކު މިއީ ރަނގަޅު ޖުމްލައެއް ނޫނެވެ. މިޮގތަށްބޭނުންކުރަން މިހާރު މިޒަމާނަކަށް ކަމަކުނުދެއެވެ. އެއީ މިއަދު
ކަންކަން ބަދަލުވެ ކުރިއަރާފައިވާތީއެވެ. ވަޅުގައި ޮއންނަޮބއް ވެސް ނަގައި މީޓަރުއަޅާލައިގެންނާއި ތަފާތު ޓެސްޓުތައް ހަދައިގެން އޭތިބުއީ ކިހާފެނެއްކަން
މިހާރު ބެލޭނެއެވެ. ހަމައެހެން ޚަޒާންދާރު ނުވަތަ ފިނޭންސް ވެރިޔާ ދަމާގެނެސް އަރާއަޅައި މުންޑާންޖަހާލާފައި ކުޑަޮގޅީގައި ދެތިންދުވަހަކު ބާއްވާލަނިޮކށް ފައިސާގައި ޖެހުނު ވަރު ކިޔާދޭނެކަން ޔަގީނެވެ. އެކަމަކު އެހެންވާނީ ޮބއްވެސް ވަޅުންނަގައި މީޓަރުއަޅައި ހަދައިގެންނެވެ. އަދި ސޭޓު ނުވަތަ ވެރިޔާ ވެސް ގެނެސް ފައިސާތައް
ޯހދަން އުޅުނިއްޔާއެވެ.
13
މިކަހަލަ އަނެއްވާހަކަ އެކީ ތިމާއަށް އެނގޭވަރެވެ. އަނެކަކާއި ދިމާލަށް ބުނެއަންގާ އެންގުންތަކެވެ. އެއީ ޮކންމެ މީހަކަށްވިޔަސް
ފަރުވާލެއް ނެތެވެ. ބުނެލަނީއެވެ. މިނިވަންކަޯމލައެވެ. ކުންފުނީގެ އަނެއް ހިއްސާދާރުގާތުގައި ވަޒީފާދޫޮކށްފައި ދާށޭ އެބަބުނެއެވެ. ހިއްސާދާރަކަށް
ކުފޫހަމައެއްނުވެއޭ ޮގވައެވެ. ޓީވީ އަކުން އެކަކު ބުނެލިތަންފެނުނީ އިސްލާމިކު މިނިސްޓަރު ހަމަ މިހާރު އިސްތިއުފާ ދެއްވުމަށްފަހު ގެއަށްވަޑައިގަންނާވާށޭ އެވެ. އަޖައިބުވެ އަންތަރީސްވިއެވެ. މިނިސްޓަރުންނަކީ ޮކންބައެއް ބާއެވެ. އެމިނިސްޓަރުން ވެސް ވަޒީފާގައި އެތިއްބަވަނީ ހިލެއަކު ނޫނެވެ. އެމީހަކު
ބުނެލިޮގތަށް އެމިނިސްޓަރު ވަޒީފާ ދޫޮކށްލައްވާފައި ވަޑައިގަތީމާ އެގޭގެ ޚަރަދު އެމީހާ ބަލަހައްޓާދޭނެހެއްޔެވެ. ނުދޭނެއެވެ. ނުވެސް ދެވޭނެއެވެ.
މިސާލެއްގެ ޮގތުން ލަފާޮކށްލަމާ ހިނގާށެވެ. ފެންބިލު 3 ހާސް، ކަރަންޓު 5 ހާސް، ޯބފެނަށް 2 ހާސް، ފަރިއްޮކޅަށް 15 ހާސް، އަނބިކަނބަލުންނަށް 10 ހާސް، ކާރު ސައިކަލުގެ ޕެޓުޯރލަށް 2 ހާސް،
ޯނކަރު ޑުރައިވަރުން ނަށް 8 ހާސް، އިސްކޫލުޚަރަދު 2 ހާސް، އެހެނިހެން ޚަރަދަށް 15 ހާސް، ކަމަށްބެލިއަސް މިހާރުވެސް 62 ހާސް ރުފިޔާ ހޭދަވީއެވެ.
ވުމާއި އެކު އެޮގތަށް އެމިނިސްޓަރު އިސްތިއުފާ ދެއްވަން ބުނެ އެންގި މީހާ ހަމަގައިމުވެސް މިއަދަދަކަށް ފައިސާއެއް ނުދޭނެއެވެ. އެކަމަކު ހަމަ އަޑަށް ބާރުލާފައި މިނިސްޓަރު ކަންތައްކުރައްވަންވީ ޮގތްވެސް އެނގިގެން
އެކިޔާދިނީއެވެ. ދިރިއުޅުމުގެ މިއަދު އެފަދަ މަގާމެއް މީހަކު ހަމަ ބުނެލާއިރަށް ދޫޮކށްލާ ހެދޭނީކިހިނެއް ހެއްޔެވެ. ނުވާނެއެވެ. މިނިވަންކަމަކާ ނުވެސް ބެހެވޭނެ އެވެ. މިއީ މިއަދެވެ. މިއީ މިއަދުގެ މިދުނިޔެ އެވެ. މަހަދާނެ ޮގތަކާ މަދާނެ މިސްރާބު އެނގޭނީ ހަމަ މަށަށެވެ. ބަޔަކު ނުވަތަ މީހަކު ބުނެލާއިރަށް އަތުޖެހޭހިސާބުގައި ލިބިފައި ޮއތް އެތަކެއްމިލިއަން ރުފިޔާ
ނުވަތަ އަގުނުކުރެވޭފަދަ އުފާތަކާއި އަރާމު ދޫޮކށްލާނީ ޮމޔައިން ނޫން އެހެން ޮކންބައެއް ހެއްޔެވެ. ތިމާ ތިމާއާއިގެން އުޅޭށެވެ. އަނެކާގެ މިނިވަންކަމާއެކު އޭނާއަށް ލިބޭ 800 ނުވަތަ 18 މިލިއަން ރުފިޔާ ގެވާހަކަ ނުދައްކާ ހަނު
ތިބެން އެއްމެންވެސް ވީ ދަސްކުރާށެވެ. ޮކންމެއަކަސް މިޮއތީ މިއަދެވެ. މިއީ އިއްޔެއެއްނޫނެވެ.
ބަދަލުކުރުމާއި ބަދަލުވުމުގެ ފެށުންނިމި މިހާރު އެކަންކަމުގެ މެދާއި ހަމައަށް މިޮއތީ އައުދެވިފައެވެ. ދެންޖެހޭނީ ބަދަލުގައި ހިފާށެވެ. ކެޮޔކޭވަރާއި ފެންބުއި ވަރު ވެސް ޯހދޭނީ އެކަންގަބޫލުޮކށްގެންނެވެ. އެހެންނޫނީ ބެލެވޭނީ އަނގަޮއތީތީ ގުޯދ ގުޯދ ޮގވަނީކަމަށެވެ. މިހާރު މި ޒަމާނަކު ގުޯދ ގުޯދ އަކުން ކުރާނެ އަސަރެއް
ޯނންނާނެއެވެ. ތެދަކީ މިއީ އެވެ.
14
ފިރްޢައުނުގެ ނަމަކީ އާ ނަމެއް ނޫނެވެ. ޮކންމެ ޯރދަ މަހެއްގައި މުޙައްމަދު ރަސޫލުهللا ސިލްސިލާއިން ފިރްޢައުނުގެ ވާހަކަ ވަރަށް ގިނައިން އާދެއެވެ.
މީގެ ތެރެއިން އެންމެ ފާހަގަޮކށްލެވެނީ، އިބްރާހީމްގެފާނުގެ ޒަމާނުގެ ފިރްޢައުނާއި މޫސާގެފާނުގެ ޒަމާނުގެ ފިރްޢައުނެވެ. ފިރްޢައުނަކީ ވަކި
މީހަކަށް ހާއްސަ ނަމެއް ނޫނެވެ. ފިރްޢައުނަކީ ގަދީމީ ޒަމާނުގައި މިޞްރުގައި ވެރިކަން ކުރެއްވި ރަސްރަސްކަލުންނަށް ހާއްސަ ލަގަބެކެވެ. އެހެންކަމުން އެ
ޒަމާނުގައި މިޞްރުގެ ރަސްކަން ކުރެއްވި ޮކންމެ ބޭފުޅަކީ ފިރްޢައުނެކެވެ.ފިރްޢައުނު މި ނަމުގެ އަސްލާ ބެހޭ ޮގތުން އިލްމުވެރީން ތަފާތު
ރައުޔުތައް ފާޅު ކުރައްވާފައިވެއެވެ. މި ޮގތުން ބައެއް ބޭފުޅުން ވިދާޅުވާ ޮގތުގައި މި ނަމުގެ އަސްލަކީ "ޕްރް- އާ" އެވެ. މީގެ މާނައަކީ "ޮބޑު ގެ" އެވެ. މި ނަމުން އިޝާރާތް ކުރަނީ ރަސްކަމުގެ ގަނޑުވަރަށެވެ. އަނެއް ބައި އިލްމުވެރީން ވިދާޅުވާ
ޮގތުގައި "ފިރްޢައުނު"ގެ އަސްލަކީ "ފިލް - ރަޢު - އާމޫން" އެވެ. /ލ/ ގެ ސުކުން އަޑުގެ ފަހަތަށް /ރ/ އައުމުން /ލ/ ސުކުނުގެ އަޑު ގެއްލިގެން ދަނީއެވެ. "ފިލް - ރަޢު - އާމޫން" ނުވަތަ "ފިރް - ރަޢު - އާމޫން"ގެ މާނައަކީ "ރަޢު"
ނުވަތަ "އާމޫން" ކަލާނގެ ދަރިކަލުންނެވެ. އެ ޒަމާނުގެ މީހުންގެ އަގީދާގައިވާ ޮގތުން ރަސްރަސްކަލުންނަކީ އުޑުގައި ތިއްބަވާ ކަލާނގެތަކުގެ ބޭފުޅުންނެވެ.
"ފިރްޢައުނު" މި ލަގަބު މިޞްރުގެ ރަސްރަސްކަލުން ބޭނުންފުޅު ކުރައްވަން ފެށްޓެވީ ގަދީމީ މިޞްރުގެ "އައު ރަސްކަމު"ގެ
ދުވަސްވަރުގައެވެ. އަދި ވަކީން ފާހަގަޮކށްލެވެނީ 18 ވަނަ ޝާހީ ދަރިޮކޅުގެ ޒަމާނުގެ މެދުތެރޭގައި މި ލަގަބު މަޝްހޫރުވެގެން ދިޔަ ކަމެވެ. މި ޮގތުން މި ލަގަބު، ޔޫނާނީން މިޞްރަށް ހަމަލާ ދިނުމާ ހަމަޔަށް ވެސް
ބޭނުން ކުރަމުން ދިޔަކަން ތާރީހުން އެނގެއެވެ.މޫސާގެފާނުގެ ޒަމާނުގެ ފިރްޢައުނަކީ ޮކބައިކަމާ މެދު ބައެއް މީހުން ސުވާލު އުފައްދައެވެ. މޫސާގެފާނު ތުއްޕުޅު އިރު އެކަލޭގެފާނު އުޅުއްވީ މިޞްރުގެ ގަނޑުވަރުގައިކަމާ މެދަކު ހިލާފެއް ނެތެވެ. އޭރު
މިޞްރުގެ ވެރިކަމުގައި ހުންނެވީ ފިރްޢައުނު އުސެރްމާއްތްރަ ސެތެޕެންރާ ރާމްސީސް )ދެވަނަ( އެވެ. އަހުލުކިތާބީންގެ ޮފތްތަކުގައި ވެސް މި
ވާހަކަ އައިސްފައިވެއެވެ. އެހެން ނަމަވެސް ހިޔާލު ތަފާތުވުން އުޅެނީ މޫސާގެފާނު މިޞްރު ދޫކުރައްވައި ބަނީ އިސްރާއީލް ޮގވައިގެން ވަޑައިގަތް
އިރު ވެސް ހުރީ މި ފިރްޢައުނު ކަމާ މެދުގައެވެ. އަހުލުކިތާބީންގެ ބައެއް ޮފތްތަކުގައިވާ ޮގތުން މޫސާގެފާނު ފުރަތަމަ ފަހަރަށް މިޞްރުން
ނުކުމެވަޑައިގެން މަދްޔަންގައި ހުންނަވަނިޮކށް ރާމްސީސް )ދެވަނަ( އަވަހާރަވެއްޖެއެވެ. އަދި ފަހުން މޫސާގެފާނު މިޞްރަށް ވަޑައިގެން ދީނަށް ޮގވައިލެއްވި އިރު ވެރިކަމުގައި ހުންނެވީ ފިރްޢައުނު ރާމްސީސް )ދެވަނަ( ގެ 14 ވަނަ އަދި ދުނިޔޭގައި އެ ވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން
އެންމެ ޮދށީ ފިރިހެން ބޭފުޅާ ކަމުގައިވާ ބައެންރައު މެރީނެއްތްޔެރޫ މެނެފްތަހް )ނުވަތަ މެރެންޕްތަހް( އެވެ. އިސްލާމީ ފަތްފުށްތަކުގައި
މޫސާގެފާނު ދެ ފިރްޢައުނެއްގެ ރަސްކަން ދެކެވަޑައިގަތް ކަމަކަށް ނެތެވެ.މި ޮގތުން ބަލާއިރު މޫސާގެފާނު މިޞްރު ދޫކުރައްވައި ވަޑައިގަތް ދަތުރު އެކަލޭގެފާނުގެ ފަހަތްޕުޅުން ޮގސް ކަނޑަށް
އަރަގުވެފައިވާނީ ހަމަ ރާމްސީސް )ދެވަނަ( އެވެ. މެނެފްތަހެއް ނޫނެވެ. ފިރްޢައުނު ރާމްސީސް )ދެވަނަ( ގެ ހަށިގަނޑު މިހާރު ވެސް
ފެންނަން އެބަޮއތެވެ. މޫސާގެފާނުގެ ޒަމާނުގައި އުޅުނު ފިރްޢައުނު ވަނީ އޭނާއަކީ އިލާހެއް ކަމަށް ދަޢުވާޮކށްފައެވެ. މި ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ މިފަދައިންނެވެ. “އަދި ފިރްޢައުނު އޭނާގެ ޤައުމުގެ މީހުންގެ
އިޔާޒު ނަސީމް
ގެ ޒަާމނުގެ ފިރްޢައުނު ާފނު ާސގެ ފިރްޢައުނު ާރމްީސސް ދެވަނަ - މޫ
15
ގެ ޒަާމނުގެ ފިރްޢައުނު ާފނު ާސގެ ފިރްޢައުނު ާރމްީސސް ދެވަނަ - މޫތެރޭގައި ހުރެ ޮގވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ ޤައުމުގެ
މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަހިނގައި ހުރި ޯކރުތަކުގެ މިލްކުވެރިކަން ވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ
ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟” )ޒުޚްރުފް: 51(“ތިމަންނާ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، ތިމަންނާއަށް
އެނގިފައެއް ނުވެއެވެ.” )ޤަޞަޞް: 38(އިލާހެއް ކަމުގައި ދައުވާ ކުރަމުން ދިޔަ ފިރްޢައުނަށް މޫސާގެފާނު
ދީނަށް ޮގވައިލެއްވިއެވެ. އެހެން ނަމަވެސް އޭނާ އީމާނެއް ނުވިއެވެ. އަދި އޭނާގެ އަނިޔާވެރިކަމާ ކުރިމަތިލައްވަން މޫސާގެފާނަށް ޖެހިވަޑައިގަތެވެ. އެންމެ ފަހުން އެކަލޭގެފާނަށް އަމުރު ކުރެއްވުނު ފަދައިން، ބަނީ އިސްރާއީލް ބާގައިގެ މީހުން ޮގވައިގެން ރޭގަނޑު ދަތުރު ފެށްޓެވިއެވެ. އެ ކަލޭގެފާނުގެ ގާފިލާގެ ފަހަތުން ފިރްޢައުނާއި އޭނާގެ ލަޝްކަރު އަންނާނެކަން އެކަލޭގެފާނަށް ވަނީ އެންގެވިފައެވެ. އެކަލޭގެފާނުގެ ގާފިލާއަށް ކަނޑުގެ އައްސޭރިއާ ހަމަޔަށް
ދެވުމުން ކަންތައް ވީ ޮގތް ގުރުއާނުގައި ބަޔާން ކުރެވިފައިވަނީ މިފަދައިންނެވެ. "ފަހެ ތިމަން އިލާހު މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާޮކޅުން
ކަނޑުގައި ޖައްސަވާށެވެ! ދެން )މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް( އެ ކަނޑު އިރައިގެން ހިނގައްޖެ އެވެ. އެއިން ޮކންމެ ބައެއް ޮބޑު
ފަރުބަދައެއް ފަދައިންވިއެވެ. ތިމަން އިލާހު އަނެއްބައިމީހުން ) އެބަހީ:
ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން( އެތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަން
އިލާހު މޫސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން )ޣަރަޤުން( ސަލާމަތްކުރެއްވީމެވެ. ދެން ތިމަން އިލާހު އެހެންމީހުން )އެބަހީ: ފިރްޢައުނާއި އޭނާގެ
ލަޝްކަރު( ޣަރަޤުކުރެއްވީމެވެ."މި ވާހަކަ މިޞްރުގެ
ގަދީމީ ފަތްފުށްތަކުގައި ވެސް ބަޔާން ކުރެވިފައިވެއެވެ. ފިރްޢައުނުގެ ޒަމާނުގައި
ލިޔެވުނު ޕެޕިރަސް ކަރުދާހުގެ ލިޔުމެއްގައިވެއެވެ.
"ގަނޑުވަރުގެ ހުދު ޮކޓަރީގައި ގުރަންދަތައް ބަލަހައްޓާ އިސް ކާތިބަށް
އަމޭނަޯމނީ ލިޔެ އަންގަމެވެ. މި ފަތް ތިބާއާ ހަމައަށް ޯފރައި، މީގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައިފިހިނދު، ތިބާގެ ހިތް ޖާގަ ދޭ ހުށީ ފުން ހިތާމަ އާއި ޮމޅިވެރިކަމަށެވެ. ތޫފާނެއްގެ ތެރޭގައި ފަތްތައް ބުރަބުރައިގެން
ދާ ފަދައިން ހިނގި ހިތާމައިން ފުރިގެންވީ ކާރިސާއެކެވެ. ކަނޑުގައި އެނބުރޭ ޮއއިވަރުގެ ތެރެއަށް އެންމެން ޣަރަޤުވެ، ނެތިގެން ހިނގައްޖެއެވެ.
މުސީބާތް އައިސް ލައިގަތީ ހަމަ ކުއްލިޔަކަށެވެ. ރެކިގަނެވޭނެ ހަމަ އެއް ޮގތެއް ވެސް ނެތި، ސަލާމަތުގެ ހުރިހައި ޮދރެއް ބަންދުވެ، ހަލާކާއި ނުރައްކަލަށް ހުރިހައި ޮދރެއް ހުޅިވިފައިވާ ހާލުގައެވެ. ގައުމުތަކާއި ޝަހަރުތަކާއި، އިރުމައްޗާއި ހުޅަނގުގެ
ރަސްގެފާނާއި އޭނާގެ އަރިހުންނާއި ލަޝްކަރީން ހަލާކުވެގެން ދިޔަ ޮގތް ލިޔާ ހުށިކަމެވެ."
މޫސާގެފާނާއި އެކަލޭގެފާނުގެ ސަހާބީންގެ ފަހަތުން ފިރްޢައުނު ދަތުރުޮކށް ދިޔައިރު ބޭނުން ކުރި އަސްގާޑިޔާ ވަނީ
އާކިޮޔޮލޖިސްޓުންނަށް ފެނިފައެވެ. މިހާރު މި އަސްގާޑިޔާ މިޞްރުގެ ދާރުލްއާސާރުގައި ބެހެއްޓިފައި އެބަ ހުށްޓެވެ.
އާކިޮއޮލޖިސްޓުން މިއަދު ވަނީ މޫސާގެފާނު ދަތުރުކުރެއްވި މަގާއި، ފިރުޢައުނުގެ ސިފައިން އައިސް އެކަލޭގެފާނަށް
ހުރަސްއެޅި ހިސާބު ވެސް ޯހދައިފައެވެ.މޫސާގެފާނުގެ ޒަމާނުގެ ފިރްޢައުނު ރާމްސީސް )ދެވަނަ( ގެ
ހަށިގަނޑު ވެސް މިޞްރުގައި އަދިވެސް އެބަޮއތެވެ. ގަދީމީ މިޞްރު މީހުންނަކީ މަރުވެފައިވާ މީހުންގެ
ހަށިގަނޑުތައް އެތައް ޒަމާނެއް ވޭތުވެގެންދާ އިރު ވެސް މާ ޮބޑަށް ހަލާކު ނުވާނެހެން ހެދުމުގެ ހުނަރު ޯހދައިފައިވާ
ބައެކެވެ. މިޞްރު މީހުން ވަނީ ފިރްޢައުނުގެ ހަށިގަނޑު ވެސް ހަލާކު ނުވާނޭހެން ފަރުވާދީގެން މި ޮގތަށް ހަދާފައެވެ.
މިހާރުގެ ސައިންސްވެރީން ވަނީ ފިރްޢައުނުގެ ހަށިގަނޑުގެ ސައިންޓިފިކް މިންތައް ނަގައިގެން، އޭނާ ހުންނާނެ އަސްލު ސިފަ އުށް
ބޭނުންޮކށްގެން ހަދައިފައެވެ. )ޯނޓް: މި ލިޔުމުގައިވާ ޮބލުގެ ތަސްވީރަކީ މި ޮގތުން އުށުން ހަދައިފައިވާ
ނަކަލެއްގެ ޮބލެވެ. މި ތަޞްވީރުގެ އިތުރުން ދެން ހުރީ ފިރްޢައުނު ރާމްސީސް )ދެވަނަ( މިހާރު ޮއތް ޮގތުގެ އަސްލު ޮފޯޓއެވެ.(
16
މުބާރާތުގެ ތައާރަފް:
ސާފް ޗެމްޕިއަންޝިޕް ފުޓްޯބޅަ މުބާރާތަކީ ސަރަހައްދީ އެންމެ ޮބޑު ފުޓްޯބޅަ މުބާރާތެވެ. ސާކްގެ އަށް ގައުމު ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާން އާއި ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ބޫޓާނާއި އަފްގާނިސްތާންގެ އިތުރުން ނޭޕާލާއި ބަނގްލާދޭޝް ބައިވެރިވާ މި މުބާރާތް އެންމެ ފުރަތަމަ ބާއްވަމުން އައީ ސާކް ޯގލްޑް ކަޕުގެ ނަމުގަ އެވެ. 1993 ވަނަ އަހަރު ހަތަރު ޓީމުގެ މެދުގައި އެ ނަމުގައި ބާއްވަން ފެށި މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރީ މިހާތަނަށް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބު ޮކށްފައިވާ އިންޑިޔާ
އެވެ. ސާފް ޗެމްޕިއަންޝިޕުގެ ނަމަށް މުބާރާތުގެ ނަން ބަދަލުޮކށްގެން ބާއްވަން ފެށީ 1997 ވަނަ އަހަރު އެވެ. އަދި އަފްގާނިސްތާން
ސާކްގެ މެމްބަރަކަށް ނުވަނީސް މުބާރާތުގައި ވާދަ ކުރަން ފަށައިފައިވަނީ 2003 ވަނަ އަހަރުން ފެށިގެންނެވެ. ސިންގަޕޫރުގެ ޯވލްޑް ސްޯޕޓްސް ގްރޫޕުން ސްޮޕންސާޮކށްފައިވާ މުބާރާތް މި ފަހަރު މި ބާއްވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އިންޑިޔާގެ މަޝްހޫރު ކްރިކެޓްދަނޑު ނެހްރޫ ސްޓޭޑިއަމުގަ އެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީ
ނެހްރޫ އަށް ނިސްބަތްވާ މި ދަނޑުގައި 60،000 މީހުގެ ޖާގަ އެބަޮއތެވެ. ޑިސެމްބަރު 11-2 އަށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅައިފައިވާ އިނާމަކީ 000،50 ޮޑލަރު އެވެ. ރަނަރަޕް
ޓީމަށް 000،25 ޮޑލަރު އެވެ. މީގެ އިތުރުން ސެމީ ފައިނަލް ކުޅޭ ޮކންމެ ޓީމަކަށް 000،10 ޮޑލަރު ހުށަހަޅާފައިވެ އެވެ.
އިންޑިޔާ:ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އިންޑިޔާ އަކީ އެންމެ
ކާމިޔާބު ގައުމެވެ. އެ މީހުން ވަނީ އެންމެ ފަހަރަކު ފިޔަވައި އެހެން ހުރިހާ އަހަރަކު ފައިނަލް ކުޅެ، ހަތަރު ފަހަރު ތަށި ޯހދައިފަ އެވެ. ފުޓްޯބޅައިގައި ސަރަހައްދުގެ ގައުމުތަކާ އިންޑިޔާއާ ހުރި ތަފާތަކީ އެންމެ ފަހުން މި ތަށި
ޯހދީ އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމު ކަމަށްވުމެވެ.ކްރިކެޓުގެ ދުނިޔޭގެ ޗެމްޕިއަނުންނަށް އިންޑިޔާ ވާއިރު އެ
ގައުމަކީ މިހާރު ފުޓްޯބޅަ އަށް އިސްކަން ދެމުން އަންނަ ގައުމެކެވެ. މި ޮގތުން އިންޑިޔާގެ އައި ލީގުގެ ފެންވަރު ރަނގަޅުޮކށް، ދުނިޔޭގެ ތަރިން އެ ގައުމަށް ގެންދަނީ އިންޑިޔާގެ ފުޓްޯބޅަ ޕްޮރޯމޓް ކުރުމަށް ފީފާއިން ވެސް ބޭނުންވާތީ އެވެ. މި ޮގތުން ލަޮޔނަލް މެސީއާ އެކު އާޖެންޓީނާގެ ކުޅުނު މެޗަށް ފަހު ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި އިންޑިޔާގައި ބްރެޒިލްގެ ޮރނާލްޯޑ އާއި ޕެޓްރިކް ކްލައިވަޓް ފަދަ ކުރީގެ ތަރިންގެ މެޗެއް ވެސް
ކުޅޭނެ އެވެ.ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ އިންޑިޔާ ޓީމުގެ ޯކޗަކީ
ސަލްވިޯއ މެދީރާ އެވެ. ހަ މަސް ދުވަހުގެ މުއްދަތަށް އޭނާއާ ޓީމު ހަވާލުކުރި އިރު ސްލަވިޯއ އަކީ އިންޑިޔާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ
ޯކޗެކެވެ. އެއީ އެންމެ ފަހުން ޓީމުގައި ހެޑްޯކޗުކަންކުރި ދެ މީހުންގެ ވެސް
އިސް އެހީތެރިއަކަށް އޭނާ މަސައްކަތް ޮކށްފައިވާތީ އެވެ. އިންޑިޔާގެ ހުރިހާ ކުޅުންތެރިންނަކީ ވެސް އެ ގައުމުގެ
ލީގުގައި ކުޅޭ ކުޅުންތެރިންނަށްވާއިރު އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނީ އެއްވަން ކީޕަރު ޝުބުރަތާ ޕައުލް އަށް އެކަންޏެވެ. ނަމަވެސް މި ފަހަރު މަޝްހޫރު ބައިޗުން ބުޓިޔާ ނުފެންނާނެ އެވެ. އެއީ އޭނާ ރިޓަޔާޮކށްފައިވާތީ އެވެ.
އިންޑިޔާގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997 ޗެމްޕިއަން1999 ޗެމްޕިއަން
2003 ސެމީ ފައިނަލް2005 ޗެމްޕިއަން2008 ރަނަރަޕް2009 ޗެމްޕިއަން
ސްރީލަންކާ:ސަރަހައްދީ ފުޓްޯބޅައިގައި ރާއްޖެއާ އެންމެ ވާދަވެރި ގައުމަކީ ލަންކާ އެވެ. ނަމަވެސް ކުޅުންތެރިންގެ ބާރު ގަދަވާން ފެށުންފަދަ މައްސަލަތަކާއެކު ކްރިކެޓްގެ ޯފރި މާ ގަދަވުމާއި ޮކރަޕްޝަނުގެ ސަބަބުން ލަންކާގެ ފުޓްޯބޅަ އެއްވަރެއްގައި ނުހިފެހެއްޓެ އެވެ. 2007 ވަނަ އަހަރު ޗެލެންޖް ކަޕް ފައިނަލަށް ދިއުމަކީ މި ފަހަރަކަށް އައިސް
ލަންކާގެ ފުޓްޯބޅައިގެ އެންމެ ޮބޑު ކާމިޔާބީ އެވެ. އެ މީހުންނަށް އެންމެ ފަހުން ސަރަހައްދީ މުބާރާތެއްގެ ތައްޓެއް ލިބުނީ ވެސް 1995 ވަނަ އަހަރު އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ވެސް ލަންކާގެ ދުވެއްޔަށް އެންމެ ޮބޑު ހުއްޓުމެއް ގެނުވާ ބަޔަކީ ރާއްޖެ އެވެ. މިހާތަނަށް ބޭއްފި ސާފް ޗެމްޕިއަންޝިޕު
ތަކުގައި ލަންކާ އަށް އެންމެ ދުރަށް ދެވުނީ ވެސް ސެމީ ފައިނަލާ ހަމައަށެވެ. މިއިން ޮކންމެފަހަރަކު އެ މީހުންނާ ފައިނަލާ ދެމެދަށް ހުރަސް އަޅާ ބަޔަކީ ރާއްޖެއެވެ. މި
ފަހަރުގެ ކަންތައް އެހެން ވުމަކީ ގާތުގައިވާ ކަމެކެވެ. ރާއްޖެ ގްރޫޕުގެ އެއްވަނަ ޓީމުގެ ޮގތުގައި ސެމީ އަށް ޮގސްފިނަމަ ފައިނަލަށް ދާން ކުޅެން ޖެހޭނެ ކަމަށް ބެލެވެނީ ލަންކާއާ އެވެ. އެއީ ލަންކާ ފަޅިން އިންޑިޔާގެ ގްރޫޕުގެ އެއްވަނަ ޯހދާނެ ކަމަށް
ބެލެވޭތީ އެވެ.
17
ސްރީލަންކާގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997 : ސެމީ ފައިނަލް
1999: ފުރަތަމަ ބުރުން ފޭލްވި2003: ފުރަތަމަ ބުރުން ފޭލްވި2005: ފުރަތަމަ ބުރުން ފޭލްވި
2008: ސެމީ ފައިނަލް2009: ސެމީ ފައިނަލް
ބަނގްލަދޭޝް:ބަންގާޅަކީ އިންޑިޔާ އާއި ރާއްޖެ ނެގުމަށް ފަހު ސާފް
ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ޗެމްޕިއަންކަން ޯހދި ބަންގާޅު ވަނީ މި ފަހަރުގެ މުބާރާތަށް ރަނގަޅަށް ތައްޔާރުވާން ފަށައިފަ އެވެ. ނަމަވެސް އެ ގައުމުގެ ލީގުގެ ވަރުގަދަ ނުވުމާއި ޕްޮރފެޝަނަލް ކުޅުންތެރިންގެ އަދަދު
މަދުވުމުން ގައުމީ ޓީމަށް އޭގެ ގެއްލުން ޯފރަ އެވެ. ނަމަވެސް މިފަހަރުގެ ޓީމު ވަނީ ކުރީ ފަހަރުތަކަށް ވުރެ ޒުވާން ޮކށްފަ އެވެ. ޯގލްކީޕަރު އަމީނުލް
ހައްގު ފަދަ ދުވަސްވީ ކުޅުންތެރިން ރިޓަޔާ ކުރުމުން ޓީމުގައި ނަގާކިޔަން ތިބީ އިނާމުލް ހައްގު ފަދަ ޯފވަޑުންނެވެ.
ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ފުރަތަމަ ބުރުން ފޭލްވި
1999: ރަނަރަޕް2003: ޗެމްޕިަން2005: ރަނަރަޕް2008: ރަނަރަޕް
2009: ސެމީ ފައިނަލް
ޕާކިސްތާން:ޕާކިސްތާނަކީ ސަރަހައްދީ ފުޓްޯބޅައިގެ ބާރެއްނޫނެވެ. އެކަމަކު ބިދޭސީ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އެންމެ ގިނަ ގައުމަކީ ޕާކިސްތާނެވެ. ނަމަވެސް އިނގިރޭސި، ޖަރުމަނުގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ގިނަ ފަހަރު ގައުމީ ޓީމަށް ކުޅެން ބޭނުމެއްނުވެ އެވެ. އެއީ ކުލަބަށް ކުޅެގެން އެ މީހުންނަށް
ރަނގަޅު އާމްދަނީ އެއް ލިބެމުންދާއިރު ކުލަބު ދޫޮކށް ގައުމީ ޓީމަށް ކުޅެން އައުމުން ލިބޭ މަންފާއެެއް ނެތުމުންނެވެ. މިހެންވެ މި ފަހަރުވެސް އެކި ލީގުތަކުގައި ކުޅޭ ގިން
ކުޅުންތެރިން ގައުމީ ޓީމުގެ ތަމްރީނުތަކަށް ވަނީ ފުރަގަސްދީފަ އެވެ.ޕާކިސްތާނުން ވަނީ ފާއިތުވެދިޔަ 16 އަހަރު ތެރޭގައި 12 އަށްވުރެ ގިނަ ބިދޭސީ ޯކޗުން ވެސް ގެނެސްފަ އެވެ. ނަމަވެސް ކްރިކެޓް ފަދައިން ފުޓްޯބޅައިގެ ތެރޭގައި ވެސް ޮކރަޕްޝަން ގިނަވެ ގައުމީ ޓީމު އަބަދުވެސް ޮއންނަނީ ޮއޔާޮގސްފަ އެވެ. ޓީމުގައި އެންމެ އިސްޮކށް ނަގާކިޔަން ވަކި ކުޅުންތެރިއަކު ނެތުމަކީ ވެސް
ޕާކިސްތާނަށް ދިމާވާ މައްސަލައެވެ. ކެޕްޓަން މުހައްމަދު އީސާ ފަދަ ކުޅުންތެރިންނާ މެދު ފެޑަރޭޝަނުގެ އިތުބާރުވެސް ކުޑަ އެވެ.
ޕާކިސްތާންގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ތިންވަނަ
1999: ފުރަތަމަ ބުރުން ފޭލްވި2003: ސެމީ ފައިނަލް2005: ސެމީ ފައިނަލް
2008: ފުރަތަމަ ބުރުން ފޭލްވި2009: ފުރަތަމަ ބުރުން ފޭލްވި
ނޭޕާލް:ފަރުބަދަމަތީގެ ނޭޕާލަކީ މި ވަގުތު ސާކް ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމެވެ. ޖަރުމަނާއި ޮހލެންޑްގެ ފެޑަރޭޝަނުގެ އެހީތަކާއެކު
ނޭޕާލުން ވަނީ ޓީމު ވަރުގަދަ ކުރުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ޮކށްފަ އެވެ. މިވަގުތު ޓީމާ ހަވާލުވެގެން ހުރީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އިނގިރޭސިވިލާތުގެ ގްރެހަމް ޮރބަޓްސް އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޯޖޑަން ފަދަ ޓީމުތަކާ އެއްވަރުޮކށް ނޭޕާލް ވަނީ ނަތީޖާތައް ރަނގަޅު
ޮކށްފަ އެވެ. ރަނގަޅު ކުޅުންތެރިން ތިއްބަސް ނޭޕާލަށް ޮބޑެތި މުބާރާތްތަކުގައި ކާމިޔާބު ނުލިބެނީ ލީގުގެ ނިކަމެތިކަމާ އެކު އެ ގައުމުގައި ފުޓްޯބޅައިގެ ރަނގަޅު
ފެސިލިޓީސްތަކެއް ނެތުމުންނެވެ. ޓީމުގައި ކުރީގައި އަނިލް ގޫޮރންގާއި ޖުމާނޫ ރާއި ތިބުމުން ހަމަލާދިނުމުގެ ބައި ރަނގަޅުވެގެން ދާއިރު އެހެން ޑިޕާޓްމަންޓްތަކާ މެދު
ވެސް ޯކޗުވަނީ ހިތްހަމަޖެހުން ފާޅުޮކށްފަ އެވެ.
ނޭޕާލްގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ފުރަތަމަ ބުރުން ފޭލްވި
1999: ސެމީ ފައިނަލް2003: ފުރަތަމަ ބުރުން ފޭލްވި2005: ފުރަތަމަ ބުރުން ފޭލްވި2008: ފުރަތަމަ ބުރުން ފޭލްވި2009: ފުރަތަމަ ބުރުން ފޭލްވި
18
ބޫޓާން:ބޫޓާނަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ބަލި ގައުމެވެ. އަބަދުވެސް ފުރަތަމަ ބުރުން ކަޓާ ޓީމެެއްގެ ޮގތުގައި ބޫޓާން ހިމެނުނު ނަމަވެސް މިކަން ބަދަލުވީ 2008 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެންމެން ހައިރާން ޮކށްލާފައި ބޫޓާން ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އަދި ސެމީގައި އެ މީހުން ބަލިވީ ޗެމްޕިއަން އިންޑިޔާ އަތުން އެންމެ ފަހުވަގުތުގައި ޯކޗު ހެދި ޯގހަކުންނެވެ. އިތުރު ވަގުތުގެ ފަހު
15 މިނިޓް ނިމިނިމި ޮއއްވައި ކީޕަރު ބަދަލު ކުރުމަކީ ޯކޗު ހެދި ޯގހެއް ކަމަށް ހުދު ކުޅުންތެރިންނާއި ޯކޗު ވެސް މެޗަށް ފަހު އެއްބަސްވި އެވެ. ނަމަވެސް ވަސީލަތްތައް ނެތުމާއި އޭގެ ފަހުން ވެސް ދެރަ ނަތީޖާތަކެއް
ނެރެފައިވުމުން އެއީ ނަސީބު ރަނގަޅުކަމުން އެ ފަހަރު ލިބުނު ނަތީޖާއެއް ކަމަށް އެންމެން ވެސް މިހާރު ގަބޫލު ކުރެ އެވެ. މި ފަހަރުގެ މުބާރާތަށް
ނުކުންނައިރު ވެސް ބޫޓާން ޓީމުގައި މާ އާރުލާ ކަމެއް ނެތެވެ. ކުޅުންތެރިންގެ ޮގތުން ވެސް އެއީ އެންމެ ނިކަމެތި ޓީމެވެ.
ބޫޓާންގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ނުކުޅޭ1999: ނުކުޅޭ
2003: ފުރަތަމަ ބުރުން ފޭލްވި2005: ފުރަތަމަ ބުރުން ފޭލްވި
2008: ސެމީ ފައިނަލް2009: ފުރަތަމަ ބުރުން ފޭލްވި
އަފްގާނިސްތާން:އަފްގާނިސްތާނަކީ ސާފް ޗެމްޕިަންޝިޕުގައި ޮގތް ނޭނގޭ
ނަތީޖާތަކެއް ނެރެފާނެ ޓީމެކެވެ. މުޅި ގައުމުގައި އެންމެ ދަނޑެއް ޮއތް ނަމަވެސް ޮކންމެ މުބާރާތެއްގައި ވެސް އަފްގާނިސްތާނުން ދަނީ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. ހާއްސަޮކށް ޮހލެންޑާއި ޖަރުމަނު ފަދަ ގައުމުތަކުގެ އެހީތެރިކަން އަފްގާނިސްތާނަށް ލިބެން ފެށުމުން ފުޓްޯބޅައިގެ ޮއނިގަނޑު
ރަނގަޅު ކުރުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ. މި ޮގތުން އެ ގައުމުން އެންމެ ޮބޑަށް މަސައްކަތް ކުރަނީ ބޭރުގައުމުތަކުގައި ކުޅޭ އެ ގައުމުގެ ކުޅުންތެރިން ގައުމަށް ގެނައުމަށާއި އެހެން ގައުމުތަކުގެ ޮމޅު ކުޅުންތެރިންނަށް އަފްގާނިސްތާނުގެ ރައްޔިތުކަންދީގެން ޓީމު ވަރުގަދަ
ކުރުމަށެވެ.
އަފްޤާނިސްތާންގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ނުކުޅޭ1999: ނުކުޅޭ
2003: ފުރަތަމަ ބުރުން ފޭލްވި2005: ފުރަތަމަ ބުރުން ފޭލްވި2008: ފުރަތަމަ ބުރުން ފޭލްވި2009: ފުރަތަމަ ބުރުން ފޭލްވި
ދިވެހިރާއްޖެ:އިންޑިޔާ ނެގުމަށް ފަހު ސާފް ޗެމްޕިއަންޝިޕުގެ އެންމެ ވަރުގަދަ ގައުމަކީ
ދިވެހިރާއްޖެ އެވެ. މިހާތަނަށް ހަތަރު ފަހަރު ފައިނަލް ކުޅެ ރާއްޖެ ވަނީ 2008 ވަނަ އަހަރު ޗެމްޕިއަންކަން ޯހދައިފަ އެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖެ
ތައްޔާރުވާއިރު ގައުމީ ޯކޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ އަށް ލިބިފައިވާ އެންމެ
ޮބޑު ހިތްހަމަޖެހުމަކީ އެއް ފެންވަރެއްގެ ކުޅުންތެރިންގެ ސްޮކޑެއް ޮއތުމެވެ. ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ދާއިރު މި ފަހަރު ވެސް ތަށި ނޫން އެއްޗެއް ދިވެހިން ބޭނުމެއްނުވެ އެވެ. ސަބަބަކީ ފުޓްޯބޅަ އަކީ ދިވެހިން އެންމެ ގަޔާވާ ކުޅިވަރަށް
ވެފައި އެ ކުޅިވަރަށް ކުރެވޭ ހޭދަ ޮބޑުވެ، މި މުބާރާތަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާތީ އެވެ. ރާއްޖޭގެ ލީގު ނިމުނުތާ މާ ގިނަ ދުވަހެއްނުވެ
ގައުމީ ޓީމުގެ މެލޭޝިޔާގައި ކޭމްޕްޮކށް ސީޝެލްސްއާ އެކު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ އަލީގައި ޔަގީނުން ވެސް ފުރަތަމަ ބުރު ކަޑައްތު ކުރެވޭނެ ކަމަށް
އެންމެވެސް އުއްމީދު ކުރެ އެވެ. ހާއްސަޮކށް އެންމެ ފަހު މުބާރާތުގައި އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވެ ތަށި ދިފާއު ނުކުރެވުމުން އެއީ ދިވެހިންގެ ފެންވަރު ނޫންކަން ސާބިތު ކުރުމަށް މުޅި ޓީމު ޮއތީ އަތު ގުޅާލައިގެންނެވެ. ޯކޗަށް
ޮއތް އަނެއްް ހިތްހަމަ ޖެހުމަކީ ޕެނަލްޓީ ޝޫޓް އައުޓުން ނޫނީ އޭނާގެ ޓީމު މި މުބާާރާތުގައި ބަލިވެފައި ނުވުމެވެ.
ދިވެހިރާއްޖޭގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:1997: ރަނަރަޕް
1999: ތިން ވަނަ2003: ރަނަރަޕް
2005: ސެމީ ފައިނަލް2008: ޗެމްޕިއަން2009: ރަނަރަޕް
19
20
ޝަކަލް ޕޭ މައްތް ޖާ" ނުވަތަ ހަމަ އެކަނި "ސިފައަށް ނުބަލާ" މި ފިލްމުގެ ނަމުން ޯއޑިއެންސަށް
އިންޒާރެއް ދޭ ކަމަށް ފިލްމަށް ފާޑު ކިޔާ ބައެއް މީހުން ބުނެއެވެ. މި ފިލްމަކީ ކުޑަ ބަޖެޓަކުން ހެދި ޮމޅު
ފިލްމެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ކަމުން އެ ފިލްމުގެ ޯޕސްޓަރަށް އެކަނި ބަލައިގެން
ފިލްމު ވަޒަން ނުކުރެވޭނެ ކަމަށް އެމީހުން ބުނެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މައިންބަފައިންނަށް ހުނަރު ދައްކާލުމުގެ ޮގތުން
ޮޑކިއުމެންޓަރީއެއް ހަދަން މަސައްކަތް ކުރާ ހަތަރު އެކުވެރިއެއްގެ މައްޗަށެވެ. މި ކަމުގައި މި މީހުން
އުޅެނިޮކށް މިއީ ޓެރަރިސްޓުންތަކެއް ކަމަށް ތުހުމަތުކުރެވެއެވެ. އެމީހުން ހަދަން މަސައްކަތްކުރި
ޮޑކިއުމެންޓަރީ އަކީ ސެޕްޓެންބަރު 11 ގައި އެމެރިކާއަށް ދެވުނު އިރުހާބީ ހަމަލާ ފަދަ ހަމަލާތަކުގެ މައްޗަށް
ތައްޔާރު ކުރާ ޮޑކިއުމެންޓަރީއެއް ކަމުން މަތިންދާ ޯބޓެއްގެ މަންޒަރު ނަގަން އުޅުމުގެ ސަބަބުންނެވެ.
ހަމަ މި ދަނޑިވަޅުގައި ޮއމާމާ ކިޔާ މީހަކާއި އޭނާގެ އަލްބަކައިދާ ނަމަކަށް ކިޔާ ޖަމާއަތުން ވެސް މިފަދަ
ހަމަލާއެއް ރާވައެވެ. އެހެން ކަމުން މި ހަތަރު ރަހުމަތްތެރީންނަކީ ޮއމާމާއާ ގުޅުންހުރި އިރުހާބީންތަކެއް ކަމަށް
ބެލެވިގެން ހައްޔަރު ކުރެވެއެވެ. މި ފިލްމުގެ މައްސަލައަކީ ސްކްރިޕްޓުގެ މައްސަލަ ކަމަށް ބެލުންތެރިން
ބުނެއެވެ. މި ފިލްމު ބެލި ބައެއް މީހުން ބުނަނީ މި ފިލްމު ނުބެއްޔަސް އެކަމާ ފަހުން ހިތާމަ ކުރާކަށެއް
ނުޖެހޭނެ ކަމުގައެވެ. އެހެން ނަމަވެސް މި ފިލްމުގެ ޯޕސްޓަރުން ވަރަށް ގިނަ ވާހަކަ ކިޔައިދެއެވެ.
ޯޕސްޓަރުގެ ތަސްވީރުގެ މެދުގައި ކެމެރާ ހިފައިގެން އެއިނީ ކާކު ހެއްޔެވެ؟
ޝަކަލް ޕޭ މައްތް ާޖ
އައިޝްވާރިޔާ ރާއީ އަކީ އަދިވެސް މުޅި ދުނިޔޭގައި ތިބި އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ
ތަރިއެކެވެ. މިފަދަ ތަރިން އަޅާ ޮކންމެ ފިޔަވަޅެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުންދާ މީހުން
ވަރަށް ގިނައެވެ. އަދި ހަމަ އެހެންމެ ކަންކަމުގައި މިފަދަ މަޝްހޫރު ތަރިން ކަންތައް ކުރާ ޮގތް ނަމޫނާއަކަށް
ބަލައިގެން އެ ޮގތަށް އުޅެން މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ.
އައިޝްވާރިޔާ ރާއީ ފުރަތަމަ ދަރިފުޅު ވިހެއުމާއެކު އެތައް ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ
އައިޝްވާރިޔާ ދަރިފުޅު ވިހާފައިވަނީ ސިޒޭރިޔަން )ނުވަތަ ޮއޕަރޭޝަން( ކުރުމަކާ ނުލައިކަން އެނގުމުންނެވެ.
މިހާރުގެ ޒުވާން ބައެއް އަންހެން ކުދީން މުސްކުޅި ވެދާނެތީއޭ ކިޔާފައި ވިހަން ދެޮކޅު ހަދަމުންދާއިރު، ރީތީގެ
ރާނީ އައިޝްވާރިޔާ، ޮއޕަރޭޝަން ކުރުމަށް ދެޮކޅު ހެދި ސަބަބު ބަލަން ވަރަށް ގިނަ ބަޔަކު ބޭނުންވިއެވެ.
މިކަމާ ގުޅިގެން އައިޝްވާރިޔާ ދޭ ޖަވާބުން އެނގިގެން ދިޔައީ، ކުއްޖަކު ޯހދަން ހިޔާލުކުރުމާ ހިސާބުން
އައިޝްވާރިޔާ ދިޔައީ ބަލިވެއިނުމާއި ވިހެއުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ވަރަށް ފުރިހަމައަށް ޯހދަމުންކަމެވެ.
"ތަބައީ ޮގތް ދޫޮކށްލައި، އެއްވެސް ސަބަބެއް ނެތި ޮއޕަރޭޝަނަކަށް ދާންވީ ކީއްވެ ހެއްޔެވެ؟ ތަދަށް ޓަކައި
ޮއޕަރޭޝަން ކުރުވާ މީހުންނަށް، ވިހެއުމަށް ފަހު އެއްވެސް އުނދަގުލެއް ނުވާ ކަމާއި، ޮއޕަރޭޝަން ކުރާ
މީހުން އުޅެން ޖެހޭ ހާލު ނޭނގެނީއެވެ. ތިމާގެ ރީތިކަން ގެއްލިދާނެކަމަށް ބިރުން ވިހެއުމަށް ދެޮކޅު ހަދާ
މީހުންނަށް ވިހެއުމަކީ ތަބައީ ކަމެއް ކަމާއި ޮއޕަރޭޝަން ކުރުމުން ބަނޑުގައި ހުތުރު ލަކުނެއް ހުންނާނެކަން
ނޭނގެނީ ހެއްޔެވެ؟ އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން ޮއޕަރޭޝަން ކުރިއެވެ. އެމީހުންނަށް 'ވިހައިގެން'
ގަދަވެވެނީ ވަރަށް ދުވަހުންނެވެ. އަހަރެން ވިހެއުމަށް ފަހު ގަދަވާކަށް ވަގުތުތަކެއް ނުނަގައެވެ."
ށް ކަ އަ ާނ މޫ އައިޝްާވރިާޔ - ނަ
25
ކޮާމކޯޅި
26
ާފން ސިކުނީޑގެ ޠޫ
ފަހަކަށް އައިސް ރާއްޖޭގެ ޯކޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންގެ ޤާބިލްކަމާމެދު ބައެއްފަރާތްތަކުން ވާހަކަ ދެއްކެވުން ވަނީ ޢާއްމުކަމަކަށް ވެފައެވެ. އެފަރާތުން ފަނޑިޔާރުން "ހަމައަކަށް އެޅުވުމުގެ"
މަސައްކަތްނިންމަން ބޭނުންވާކަމަށް ވަނީ މަގުމަތިންނެވެ. ފަނޑިޔާެރުންގެ ކަންތައް ހަމައަކަށް އެޅުވުމަށްފަހު ނޫނީ "މިފަހަރު" މަސައްކަތް ހުއްޓާނުލައްވާނޭކަމަށް
މަގުމަތީގައާއި މާލަންތަކުގައި އެފަރާތްތަކުން ވާހަކަދައްކަމުންގެންދަވައެވެ. ފަނޑިޔާރުން ނިންމަވާ ނިންމުންތަކާއި، ފަނޑިޔާރުން ނިންމަފާނެކަމަށް
ލަފާކުރާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެންމެފަހުގެ އަޑުތަކަށް ބަލާއިރު އެންމެ ޮބޑަށް އެންމެފަހުގެ ފާޑުކިއުންތައް ރައްދުވަނީ އެންމެ ޮބޑު، އެންމެ މަތީ ފަނޑިޔާރުގެއަށެވެ. މި ހަރަކާތުގައި ސަރުކާރުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މަޤާމުގެ ޮގތުންނާއި ސިޔާސީ ނުފޫޒުޮގތުން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިހަރަކާތާއިމެދު
ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގުހުރިޮގތުން، ފަނޑިޔާރުންނާއި އިދިޮކޅަށް މިހިންގޭ ހަރަކާތަކީ އެމަނިކުފާނުގެ ރުހުންޮއވެގެން ހިންގޭ ޙަރަކާތެއްކަމަށް ޤަބޫލުކުރުމުގެ
ފުރުޞަތު އެބަޮއތެވެ. ފަނޑިޔާރުންކުރައްވާ މަސައްކަތަށް ނުފޫޒުޯފރުވޭޮގތަށް ކަންތައްކުރުމަކީ ޤާނޫނުން މަނާކުރެވިފައި ޮއންނަކަމެކެވެ. އެކަން ހުއްޓެވުމަށް
ދައުލަތުގެ ތިންބާރުން ކުރެ އެއްވެސް ބާރެއް އެކަށީގެންވާ މިންވަރަށް މަސައްކަތްކުރައްވާފައި ޮއތްތަނެއް އަދި ފެނިގެނެއްނުދެއެވެ. ފަނޑިޔާެރުންނާއި
ފަނޑިޔާރުން މަސައްކަތްކުރައްވާތަންތަން ހިމާޔަތްކުރެއްވުމަކީ ޤައުމުގެ ސަލާމަތީ ބާރުތަކަށް ޤާނޫނުން ލާޒިމްކުރާކަމެކެވެ. އެހެންނަމަވެސް އެކަންތައް އެޮގތަށްކުރެވޭކަމަކަށް މިހާރު ފެންނަ މަންޒަރުތަކަކުންނެއް ވެސް ނުދައްކައެވެ. ފަނޑިޔާރުންނާއިމެދު މިހާެރު ކުރިމަތިޮކށްގެން އުޅޭ މައްސަލައާއިމެދު ތަޙްލީލީ
ނަޒަރަކުން ބަލައިލަމާޯތއެވެ؟ ރާއްޖޭގެ އެންމެ މަތީ ފަނޑިޔާރުގެ ސްޕްރީމް ޯކޓަށް ފަނޑިޔާރުން އިސްކުރައްވާފައިވަނީ ޖޫޑިޝަލް ސަރވިސް ޮކމިޝަނުން އެބޭފުޅުންގެ ޢިލްމާއި
ހުނަރާއި ޤާބިލިއްޔަތާއި މެދު ބެއްލެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އަށް ހުށައެޅުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ޮފނުއްވުމުން، ރައްޔިތުންގެ މަޖިލީހުން އެ ބައްލަވާޮގތަކަށް ބެއްލެވުމަށްފަހު
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރައްވައިގެންނެނެވެ. މިހެންވުމާއިއެކު ސްޕްރީމް ޯކޓުގައި މިހާރު މަސައްްކަތްކުރައްވާ ފަނޑިޔާރުންނަކީ އެކަންކުރުމަށް ޤާނޫނުން ކަނޑައެޅިފައި ހުރި ހުރިހާ މިންގަނޑުތަކުން ފުރޭނިގެން އެކަމަށްއިސްކުރައްވާފައިވާ ޤާބިލު ބޭފުޅުންކަމަށް ހަމަ ޤަބޫލުކުރާ ފަރާތްތަކުން ޤަބޫލުކުރަންވާނެއެވެ. އަދި އެބޭފުޅުންނަކީ ޖޫޑިޝަލް ސަރވިސްޮކމިޝަނުންނާއި
ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން އެ ވަޒީފާ އަށް ޤާބިލް ބޭފުޅުންކަމަށާއި އެމަސައްކަތަށް ބޭނުންވާ ތަޖުރިބާ
ލިބިވަޑައިގެންފައިވާ އެ ވަޒީފާގެ ސުލޫކީ މިންގަނޑަށް ފެތޭ ބޭފުޅުންކަމަށް ވެސް ޤަބޫލުކުރަންޖެހެއެވެ. ޖޫޑިޝަލް ސަރވިސް ޮކމިޝަނާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަށް އިޙްތިރާމްކުރާކަމަށް ވާނަމަ އެވެ.
ސުޕްރީމް ޯކޓުގެ ފަނޑިޔާރުންގެ ތެރޭގައި ޤާނޫނީޮގތުން ނެގެން ޮއންނަ އެންމެ މަތީ ފާސް ނަންގަވާފައި ތިއްބެވި ފަންޑިޔާރުންވެސް
އެބަތިއްބެވިއެވެ. އަދި ޤާނޫނީޮގތުން ދެވަނަ ޑިގްރީއާއި ހަމައަށް ކިޔަވާ
ސީނާ އަޙްމަދު ޒާހިރު
ވިދާޅުވެފައި ތިއްބެވި ބޭފުޅުންވެސް އެބަ ތިއްބެވިއެވެ. އަދި އޭގެ ތެރެއިން ޮކންމެ ބޭފުޅަކީ ޤާނޫނުން ނުވަތަ ޝަރީޢާއިން ޑިގްރީ ނަންގަވާފައި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރެއިން ވަރަށް ގިނަބޭފުޅުންނަކީ ޝަރުޢީ ދާއިރާގައި މަސައްކަތްކުރެއްވުމުގެ
އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. ޝަރީޢަތްކުރެއްވުމުގައްޔާއި ވަކާލާތުކުރެއްވުމުގެ ތަޖުރިބާއެވެ.
ފަނޑިޔާރުން މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު، ޤާނޫނާއި ޚިލާފު އަމަލެއް ކުރައްވައިފިނަމަ ހަދާނެޮގތް ވެސް ޤާނޫނުގައި ބަޔާންވެފައިޮއވެއެވެ. އެޮގތަކީ އެންމެން އެކި ތަންތަނަށް އެއްވެ އެބޭފުޅުންނަށް އެއްޗެތިޮގވުމެއް ނޫނެވެ. ނުވަތަ ފަނޑިޔާރުގޭގެ ޮދށަށް އެއްވެ މުޒާހަރާކުރުމެއްވެސް ނޫނެވެ. އެބޭފުޅުންގެ މައްސަލަ ތަޙްޤީޤްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން އެބޭފުޅުންގެ
މަޤާމް އާއި މެދު މަޖިލީހުން ޮގތެއް ނިންމެވުމެވެ. ފަނޑިޔާރުން ކަމާއިބެހޭ ފަރާތްތަކުން ބޭނުންނުވާ ޮގތަކަށް ޤާނޫނުގެ ތަރުޖަމާ ކުރައްވައިގެން ޙުކުމް
ކުރައްވާނަމަ އެކަމަށްވެސް ޤާނޫނުން ޙައްލެއް ޯހދައިދެއެވެ. އެފަދަ ޤާނޫނެއް އެފަދަ ޮގތަކަށް ތަރުޖަމާ ނުކުރެއްވޭ ޮގތަށް ޤާނޫނު އިޞްލާޙް ޮކށްގެންނެވެ. ރައްޔިތުންގެ
މަޖިލީހުންނެވެ. ފަނޑިޔާރުކަމުގައި މިހާެރު ތިއްބެވި މަދު ބޭފުޅުންޮކޅެއްގެ
ވިސްނުންފުޅުވެސް، އެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން ޕާޓީ ކުލައެއްޖެހިފައިވާކަން ޢާއްމުވެފައިވެއެވެ. އެހެންނަމަވެސް މަޤާމާއި
ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނުވަތަ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި އެކު އެކުލަ ގެއްލިއްޖެއެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުގައި ތަބަޢަވެވެނީ ހަމައެކަނި ހުށައެޅޭ ހެއްކާ ޤަރީނާއި ގެ މައްޗަށް ބިނާޮކށް އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ
އަލީގައި ނެރެވޭ ނަތީޖާއަކަށެވެ. ފަނޑިޔާރުންގެ އިލްމީ ފެންވަރާއި ތަޖުރިބާއާއި ސުލޫކީ މިންގަނޑު ހުންނަންވާ މިންވަރު ޤާނޫނުގައި ކަނޑައެޅިފައިޮއތްއިރު ސްޕްރީމްޯކޓުގެ ފަނޑިޔާރުންގެ ޢިލްމީ
ފެންވަރު ނެތުމާއި ތަޖުރިބާ ނެތުމުގެ ވާހަކަ ދެކެވެނީ ޮކންބަޔަކު ކަނޑައެޅި މިންގަނޑަކަށް ބަލައިގެންބާވަައެވެ؟ ޮކން ހައިސިއްޔަތަކުންބާވައެވެ؟
ޯކޓަށް ހުށައެޅޭ މައްސަލަތައް ވަކިޮގތަކަށް ނުނިންމެނީ ޝަރީޢަތް ކުރައްވާފަރާތުގެ ޢިލްމީ ޤާބިލްކަން ނެތްކަމުންކަމަށް ބެލުމަކީ އެފަރާތަށް ކުރެވޭ ވަރަށް ޮބޑު ބޭއިންޞާފެކެވެ. މިކަމުގައި ތަޙްޤީޤްކުރާ ފަރާތާއި، ވަކާލާތުކުރާ
ފަރާތާއި، މައްސަލަ ހުށައަޅާފަރާތާއި ހެކިތައް ހުށައަޅާ ފަރާތްތަކުގެ ޤާބިލުކަމާމެދު ވެސް ސުއާލު ކުރެވިދާނެއެވެ.
ތިމާއަށް ކުރެވެނީ ޮކންކަމެއްކަން ނޭގިތިބެވެސް ކަންތައް ކުރެވިދާނެކަން ދެއްކިދާނެއެވެ. މިކަން ސުޕްރީމް ޯކޓުގެ ކުރިމަތީގައި ކުރެވުނު މުޒާހަރާއިން ވެސް ފެނިގެން ހިގައްޖެއެވެ. ފުލުހުން ކުޅިބަލަން ތިއްބައި އެއްވެ އުޅުން މަނާ ސަރަހައްދެއްގައި އާއްމުން އެއްވެ އެމީހުން ބޭނުންކަމެއް ޮކށްފައި ދިޔައީއެވެ. ހަމައެޮގތަށް ފުލުހުން ބަލަހައްޓައިގެން ތިއްބައި ޢާއްމު ރައްޔިތެއްގެ
ގެޮދރަށް އިންތިހާ ދަރަޖައިގެ ގެއްލުންދިނުމަށްފަހު އެއްވި މީހުން ގެއަށް ދިޔައީއެވެ. ފުލުހުންނަށް އެއްކަމެއްވެސް ނުކުރެވުނެވެ. ފުލުހުން ބަލަން ތިއްބަސް ކަންތައްކުރެވޭނެކަން ދެއްކިއްޖެއެވެ. ފުލުހުންގެ އަމިއްލަ އިޢްތިރާފުން ފުލުހުންގެ
އިންޓެލިޖެންސްގެ ޤާބިލުކަމާއިމެދުވެސް ސުއާލު އުފެއްދެވިއެވެ. ނޭނގުމެއްގެ ތެރޭގައެވެ. އެދެއްކުނީ ރަނގަޅުޮގތެއްބާވައެވެ؟
22
އިސްތަށިގަނޑަކީ ރީތިކަން ދައްކުވައިދޭ އެންމެ މުހިއްމު އެއް ބައެވެ. މިއަށް ފަރުވާތެރިވުމަކީ ޮކންމެހެން މުހިންމު ކަމެކެވެ. އިސްތަށިގަނޑު ރީތިޮކށް ބެހެއްޓުމަށް ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން އެއަށް ފަރުވާ ކުރަން ޖެހެއެވެ. މިޮގތުން ކުރެވިދާނެ ބައެއް ކަންތަކަކީ:
މިންނު
ވޭ އިސްތަށިގަނޑަށް ކޮންމެ ދުވަހަކު ވެސް ފަރުާވ ބޭނުން
1. ގިނައިން ޕްޮރޓިން އާއި އަޔަން ހިމެނޭ ކާނާ ކާށެވެ. އިސްތަށި އުފެދިފައި ބަނީ "ކެރަޓިން" ކިޔާ ޕްޮރޓިން މާއްދާ
އަކުންނެވެ. އެހެން ކަމުން ކެއުމުގައި ގިނައިން ޕްޮރޓިން ހިމެނޭ
ކާނާ ހިމަނާ ކަމުގައި ވާނަމަ އިސްތަށިގަނޑު ވަރުގަދަ ވެއެވެ. އަދި އަޔަން ގެ ސަބަބުން އިސްތަށި ދިގުވުމަށް އެހީވެދެއެވެ.
މަހާއި ބިހަކީ މި ދެމާއްދާ ވެސް ހިމެނޭ ކާނާއެވެ.
ރޭނގަޑު ނުކައި ހުރުމުގެ ސަބަބުން ހެނދުނާއި މެންދުރު ގަޑީގައި އިސްތަށިގަނޑުގައި ހުންނަ ނިއުޓްރިއަންޓްސް ހުންނާނީ މަދުވެފަ އެވެ. އެހެން ކަމުން ޮބޑަށް ރަނގަޅީ ހެނދުނު ސައި އަދި މެންދުރު ކެއުމަށް
މި މާއްދާ ހިމެނޭ ކާނާ ކެއުމެވެ.
2. ޯބ ޮދންނާނެ ޮގތްއިސްތަށިގަނޑަކީ ކިތަންމެ ޯބ އަދި ދިގު އިސްތަށިގަނޑަ ކަސް،
ޝޭމްޕޫ ލައިގެން ޯބ ޮދންނަ އިރު އެންމެ ޮބޑަށް އިސްކަން ދޭންވާނީ އިސްތަށީގެ ބުޑު އަދި ޮބލުގެ ތަލަ ޮދވުމަށެވެ. ޝޭމްޕޫ ރަނގަޅަށް
25
ޮބލުގެ ތަލައިގައި މަސާޖް ކުރުމަށް ފަހު ޮދވެލާށެވެ. ޝޭމްޕޫތައް ޮދވެވޭއިރު ހުންނާނީ މުޅި އިސްތަށިގަނޑުވެސް ރީތި ޮކށް
ޮދވެވިފައެވެ.
3. ޮކންޑިޝިއަނަރ ހާކާނެ ޮގތްޝޭމްޕޫ ކުރުމާއި ޚިލާފަށް ޮކންޑިޝިއަނަރ ހާކާނީ އިސްތަށީގެ ޮކޅުގައެވެ. އެއީ އިސްތަށީގެ ޮކޅަކީ އިސްތަށިގަނޑުގެ އެންމެ ދުވަސް ވީ ބައި ކަމުން ޮބޑަށް ހަލާކުވެފައި ހުންނާނީ ވެސް
މިބައި ކަމުގައި ވާތީއެވެ. ޮކންޑިޝަނަރ ގެ ސަބަބުން އިސްތަށިގަނޑު އުޖާލާވެ ޮމއިސްޗަރައިޒް ޮކށްދެއެވެ. އަދި ދެކަފި ވެފައި ހުންނަ އިސްތަށި ތަކަށް ވެސް ފަރުވާއަކަށް
ވެއެވެ.
4. އިސްތަށިގަނޑަށް ޮބޑަށް ފަރުވާތެރި ވާށެވެއިސްތަށިގަނޑުން ފެން ނުހިކޭ ގަޑި އަކީ އެންމެ ޮބޑަށް
އިސްތަށިގަނޑަށް ފަރުވާތެރި ވާންޖެހޭ ގަޑިއެވެ. އެއީ އެގަޑީގައި އިސްތަށިގަނޑު ހަލާކުވާން ފަސޭހަވާނެތީ އެވެ. މިޮގތުން ޯބ ނުހިކޭ އިރު އިސްތަށިގަނޑަށް އިތުރަށް ފަރުވާ ތެރި ވުމަށް
ކުރެވިދާނެ ބައެއް ކަންތަކަކީ:
• ތުވާލިން އެއްޮކށް ޯބ ނުހިއްކާ ތުވާލި މަޑުމަޑުން އިސްތަށިގަނޑުގައި ޖައްސާށެވެ. ޮބޑަށް ތުވާލީ ޮބލުގައި
ފެންހިއްކަން އުނގުޅުމުން އިސްތަށިގަނޑު ޑްރައިވެ ބަލިޮކށްދެ އެވެ.
• ތެމިފައި ޮއންނައިރު ޮބލުގައި ފުނާ އެޅުން ރަނގަޅެއް ނޫނެވެ. ޮކންމެ ހެން ފުނާ އަޅަން ޖެހޭނަމަ ދަތްތައް ފުޅާ ފުނަލެއް އިހްތިޔާރު ކުރާށެވެ. އަދި ފުނާ އަޅާނީ އިސްތަށީގެ ތިރިން ފެށިގެން މައްޗަށެވެ. އޭރުން ލިބޭ
ގެއްލުން ކުޑަ ވާނެއެވެ.
5. ބްޯލ ޑްރައި ކުރާނެ ޮގތްބްޯލ ޑްރައި ކުރުމުން އިސްތަށިގަނޑު ރީތި ޮކށް
ބޭނުން ޮގތަކަށް ހަދާލެވެއެވެ. އެކަމަކު ބްޯލ ޑްރައި ކުރުމަކީ އިސްތަށި ޑްރައި ޮކށްދޭ ކަމެކެވެ. އެހެން
ކަމުން އޭގެން ސަލާމަތް ވުމަށް ބްޯލ ޑްރައި ކުރާކަމުގައި ވާނަމަ ލީވް ޮއން ޮކންޑިޝިއަނަރ
އެއް ބޭނުން ކުރާށެވެ. އޭރުން އިސްތަށިގަނޑު ޮބޑަށް ޮމއިސްޗަރައިޒް ޮކށްދޭނެ އެވެ. އަދި ބްޯލ ޑްރައި ކުރާއިރު އިސްތަށިގަނޑު ހުންނާނީ ރައްކާ ކުރެވިފައެވެ. ލީވް ޮއން
ޮކންޑިޝަނަރ އަކީ ޮކންޑިޝަނަރ ގެ ވައްތަރެކެވެ. އެކަމަކު މި ޮކންޑިޝަނަރ ހާކާފަ ޯބ ޮދންނާކަށް ނުޖެހެއެވެ.
6. އަބަދު އެއް ޮގތަކަށް ޯބ ނުއަށްސާށެވެ.އަބަދު އެއް ދިމާއަކުން އެއް ޮގތަކަށް ޯބ އައްސާކަމުގައި ވާނަމަ
އެދިމާލުން އިސްތަށި ފޭބުމަށް މަގުފަހިވެއެވެ. އެހެން ކަމުން އެންމެ ރަނގަޅު ޮގތަކީ އެކި ދުވަސް ދުވަހު އެކި ތަނުން ޯބ އެއްސުމެވެ. އަދި ޯބ އައްސަން ގެންގުޅޭ ވޫލް ޮކޅަކީ އެހާ ބާރު ނޫން ވޫލް
ޮކޅަކަށް ވެސް ވާން ޖެހެއެވެ.
7. އަވިން އިސްތަށިގަނޑު ސަލާމަތް ކުރާށެވެ. އަވިން ސަލާމަތް ކުރަން ޖެހެނީ ހަމަ އެކަނި ހަމެއް ނޫނެވެ.
އިސްތަށިގަނޑަކީ ވެސް އަވިން ސަލާމަތް ކުރަން ޖެހޭ އެއްޗެކެވެ. އަވީގައި ހިމެނޭ ޔޫވީ ލައިޓް ގެ ސަބަބުން އިސްތަށިގަނޑު
ޑްރައިވެ، ހަލާކުވެ، ދެކަފި ވެއެވެ. މިކަމަށް އެންމެ ރަނގަޅު ޮގތަކީ އިސްތަށިގަނޑު އެއްޮކށް އަވިން ސަލާމަތް ކުރުމެވެ. ގިނައިރު
ބޭރުގައި އަވީގައި އުޅެން ޖެހޭ ނަމަ ޮތއްޕެއް ނުވަތަ ސްކާފް އެއް އައްސާށެވެ. އެހެން ޮބލުގައި
ހަދަން ބޭނުން ނުވާ ކަމުގައި ވާނަމަ
ޔޫވީ ޕްޮރޓެކްޓިން ހެއަރ ކްރީމް
ނުވަތަ ސްޕްރޭ އެއް ބޭނުން ކުރާށެވެ.
)ކުރީގެ އަދަދާ ގުޅޭ(
އިސުސާނު ގާތަށް އައިސްފައި ހުރި އަލިފާން ރުޅިގަނޑު ބާލަމުން
ގެންދިޔައީ، އެ ޮފޯޓއަށެވެ. ޮފޯޓ ޮބނޑި ޮބނޑި ޮކށްލުމަށްފަހު، އެތަނުގައި
ޮއތް ގަލެއްގެ މަތީގައި ބާއްވާފައި، އެހެން ގާބުރިއަކުން ތެޅި ތެޅީނުން
ޗިސްޮކށްލައިފި އެވެ. އެވަރުންވެސް އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެެ.
ދެން ފެނުނީ ވެއްޔާއެކު ޗިސްވެ، ގުޅަވެށިފައި ޮއތް ކަރުދާސްގަނޑު ނަގާ
އަނގަޔަށް ލީތަނެވެ. ހަފަންފަށައިފި އެވެ.
މިއަދަކީ ރަޝާޤާގެ ކައިވެންޏަށް ތިންދުވަސް ވީ ދުވަހެވެ. މި ވޭތުވެ ދިޔަ
ތިން ދުވަހު އޭނާ ގެއިންބޭރަކަށް ނުނިކުމެއެވެ. އިހުސާނަށް ފެނިދާނތީ
އެވެ. އިހުސާނުގެ ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވާތީ އެވެ. އިހުސާނުގެ
ޮގތްފާޑު ކިތަންމެ ރަނގަޅަކަށް ވެސް ރަޝާޤާއަށް އެނގެ އެވެ. އަނެއްޮކޅުން
އިހުސާނަށްޓަކައި އޭނާގެ ހިތުން ދެވިފައިވާ ޖާގައަކަށް ވެސް ބަދަލެއް
ނާދެ އެވެ. ޒައިދު ރަނގަޅެވެ. ޯއގާވެރި އެވެ. އިހުސާނުގެ އެހުންނަކަހަލަ
ރުންކުރު ސިފައެއް ކުޑަޮކށްވެސް ނުހުރެ އެވެ. ޮކށްދޭ ޮކންމެ ކަމެއް
ޮކށްދެނީ ޯލތްބާއެކުގަ އެވެ. ރަޝާޤާ ނުރުހޭކަން އެނގޭތީ ގައިގައި އިނގިލި
ކުރިވެސް ޖައްސާނުލަ އެވެ.
މެންދުރުފަހުގެ ވަގުތެވެ. ރަޝާޤާއާއި ރަޝްފާ ތިބީ ޯގތިތެރޭގައި ހުރި
ރުއްގަނޑުތެރޭގައި އެވެ. ދެމީހުން ދެ ރުކުގައި ލެގިލައިގެންނެވެ. ދެމީހުންގެ
މޫނުމަތިން ވެސް ފެންނަނީ ދާދި އެއްކުލަ އެކެވެ. ދައްކަމުން ދަނީ
ސަމާސާ ވާހަކައެއް ހެނެއް ހިއެއް ނުވެއެވެ.
"ދެން ތި އިހުސާންގެ ވާހަކަ ނުދައްކަންވީނު." ރަޝްފާ މޫނު ކުނިޮކށްލީ
26
ވަކި ނުވިނަމަ
މުހައްމަދު ާގސިމް، އއ. މަތިވެރި
ނުބައި ވަހެއް ނޭފަތުގައި ޖެހިގެން މޫނު ހަދައިލާފަދަ ޮގތަކަށެވެ. "މިހާރު ތީ
މީހެއްގެ އަންބެކޭ. އޭނަ މަތިން ހަނދާން ނައްތާލަބަލަ!"
"ބޭނުންވާ ޮގތަކީ ތީ ކަންނޭނގެ. އެކަމަކު ތިކަން ވާނެހެނެއް ހިއެއް ނުވޭ!"
ރަޝާގާގެ އަޑަކު ދިރުމެއް ނެތެވެ.
"މަސައްކަތް ކުރީމަ ޮކންމެ ކަމެއްވެސް ވާނެ! ޮއންނާނީ ކެރުން. ކުރިމަތިލުން."
"އެކަމަކު..." ރަޝާޤާ ފުން ނޭވާއެއް ދޫޮކށްލި އެވެ. ހިތުގައި އުފެދި ފުނިޖެހެމުން
ދިޔަ ހުރިހާ އުދާހެއް އެއްފަހަރާ ބޭރުޮކށްލަން މަސައްކަތް ކުރި ކަހަލަ އެވެ.
"މީހެއްގެ އަންބެއްގެ ޮގތުގައި ހުރެ ހިލޭ ފިރިހެނަކާ ވާހަކަދެއްކުމަކީ ވަރަށް ހުތުރު
އަމަލެއްކަން ހަނދާން ބަހައްޓައްޗޭ!" ރަޝްފާ ހަނދާންޮކށްދިނެވެ.
"ދެން އަހަންނަކަށް އިހޫއަކާ ވާހަކައެއް ނުދެއްކޭނެޯދ!" ރަޝާޤާގެ ޮލލުން ކަރުނަ
ހިލުނެވެ.
"އަދިވެސް އޭނަގާތަށް ދާން ޯދ ބޭނުންވެގެން ތި އުޅެނީ."
"ދެން ކިހިނެއް އަހަރެން ހަދާނީ؟"
"ދެން ތި އިހުސާނާދޭތެރޭ ނުވިސްނަބަލަ! ޮކބާ މިހާރު ޒައިދު؟" ރަޝްފާ އުޅުނީ
މައުޟޫ ބަދަލުޮކށްލާށެވެ.
"ނޭނގެ މަށަކަށް. މަށެއް ނުބަލަން އޭނަ އުޅޭތަނެއް. ފޭރާޮދށުގައި ހުރި ކާށިތައް
ހެހިފައި މިދިމާ ވަލަށް ވަނީ."
"ރަޝާ ކިތަންމެ ފޫހިވިޔަސް ތިކަހަލަ ފިރިއަކު ލިބޭނީ ހަމަ މަދުމީހަކަށް. ފިރިއެއް
ކަހަލަ ޖަވާހިރެއް ތި ލިބުނީ. ނަޞީބު އަތުގަ ހިފީމަ ޮފޅުވާނުލައްޗޭ!"
"ރަޝްފާ އަބަދުވެސް ދައްކާނީ ތި ވާހަކަ. އެހެން ވާހަކައެއް ދައްކާކަށް
ނޭނގޭނެ."
"ޯއކޭ! ދެން އެވާހަކައެއް ނުދައްކާނަން. އެހެންވިއްޔާ ބުނެބަލަ! މިހާރު ތި އުޅެނީ
ގޭން ބޭރަށް ނުދާން ހުވާޮކށްގެންތަ؟ ކައިވެނިކުރިތާ ތިން ދުވަސްވީއިރު، އަދި
ބޭރަށް ނިކުމެ ނުލާވިއްޔަ. ހިނގާ މިއަދު ހަވީރު ތުނޑިއަށް ޖައްސާލަން.
އޭރު ތި ސިކުނޑިއަށްވެސް ލުޔެއް ލިބިދާނެ."
އެވަގުތު ރަޝްފާގެ ޮލލުގައި އަޅައިގަތީ ވަލުތެރެއިން ނިކުމެގެން އަންނަ
ޒައިދެވެ. އޭނާގެ ޮކނޑުގައި ކުރުނބާ އިހަލެއް ޮއތެވެ. އޭނާގެ ދިގު
އިސްޮކޅާއި ފުޅާ ބައިމަތި، އެފަދަ ކަންކަމާ ވަރަށް ފާޑެވެ.
"ނިކަން ބަަލައިލަބަލަ! ތިހިރަ އަންނަނީ ޒައިދު. އޭނަ އެ އަންނަނީ
ރަޝާއަށް ދޭން ކުރުނބާވެސް އަޅައިގެން. ދެން ކިހިނެއް އެކަހަލަ ވާހަކަ
ނުދައްކާ ހުންނާނީ؟"
"އަހަރެން ނުވޭ އުފަލެއް." ރަޝާޤާ އިސް ޮއބައިލި އެވެ.
"ކުރުނބާ ޯބންވީނު." ޒައިދު އައިސް އެމީހުންގާތަށް ހުއްޓުނެވެ.
ހިނިތުންވެލުމާއެކުގަ އެވެ.
"ރަޝްފާ އާދޭ ރަޝާ ޮގވައިގެން ކުރުބާ ޯބން." ޒައިދު ހިނގައިގެންފި
އެވެ.
"ހިނގާ ދާން!" ރަޝްފާ ތެދުވެއްޖެ އެވެ. ރަޝާޤާ ނުތެދުވި އެވެ.
ރަޝްފާއަށް ޖެހުނީ ރަޝާޤާ ނަގާށެވެ. ގަދަކަމުނެ ކަހަލަ ޮގތަކަށް
ގެންދާށެވެ.
ރަޝާޤާމެން ދިޔައިރު ޒައިދު ހުރީ ކުރުނބާ މަށާށެވެ. އޭނާ އެކަމަށް ވަރަށް
ފާޑެވެ. ފަރިތަ އެވެ. އޭނާ ފުރަތަމަ މެށި ކުރުނބާ ދިނީ ރަޝާޤާއަށެވެ.
ރަޝާޤާ ކުރުނބާގައި ހިފި އެވެ. މާ ގަޔާވާ ފާޑަކަށް ނޫނެވެ. ދެވަނަ
ކުރުނބާ ދިނީ ރަޝްފާއަށެވެ. ދެމީހުން ކުރުނބާ ޯބންފެށި އެވެ.
"ހާދަ ފެންމީރޭ!" ރަޝްފާ ހިނިތުންވެލި އެވެ.
"ފެން މީރުވީމައޭ މިގެނައީވެސް" ޒައިދު ހުރީ ރަޝާޤާއާ ދިމާއަށް ކަޅި
ހުއްޓާލައިގެންނެވެ.
ހަވީރުގެ ވަގުތެވެ. މިއަދަކީ ކައިވެންޏަށްފަހު ރަޝާޤާ ގެއިން ބޭރަށް ނިކުތް ފުރަތަމަ
ދުވަހެވެ. ރަޝްފާއާއެކުގަ އެވެ. ދެކުދިންގެ މިސްރާބުހުރީ ރަށުގެ އިރުމަތީ ފަރާތަށެވެ.
ތުނޑިއަށެވެ. އެއީ ކުރިން ވަރަށް ގިނައިން އެދެކުދިން ޮގސް އުޅުނު ތަނެކެވެ.
މެދުކެނޑިފައި ދުވަސްޮކޅެއް ދިޔުމަށްފަހު، މިއަދު އެދިމާއަށް ދެކުދިން މިސްރާބުޖެހީ
ރަޝްފާގެ އެދުމުގެ މަތިންނެވެ. އެހެނަސް މިއަދު ރަޝްފާ ތުނޑިއަށް އެދަނީ ކުރިން
ތުނޑިއަށް ދިޔަ ދުވަސްތަކުގައި ދިޔަފަދަ ހިތައިގެނެއް ނޫނެވެ. މިއަދު އެހިތުގައި
ޖަހަނީ ތަފާތު ވިންދެކެވެ. ކުރެވެނީ ތަފާތު އިހުސާސެކެވެ. އޭނާގެ ހިތް ތެޅެ އެވެ.
އިހުސާނާ ދިމާވެދާނެތީ ކަންޮބޑުވެ އެވެ. އެއީ ފާޑެއްގެ މީހަކަށްވުރެވެސް އެއްޮގތަކުން
ނުރައްކާތެރި މީހެއްކަން އެންމެ ފުރަތަމަ ގަބޫލުކުރާނެ މީހަކީ ރަޝާޤާ އެވެ.
ރަޝާޤާމެން ތުނޑިއަށް ފައިބާ ޖައްސާލީ މޫދާ ވަރަށް ކައިރީގަ އެވެ. ދިޔަވަރު
ހިކިފައި ޮއތް ދުވަހެއްކަމުން ތުނޑި ފެންނަނީ އާންމުޮކށް ޮއންނަ ވަރަށް ވުރެ
ޮބޑުޮކށެވެ. ދުވަހުގެ އިރު މަޑުމަޑުން ޮގސް ޮއއްސުމަކާ ވަނީ ކައިރިވެފަ އެވެ.
އެހެންކަމުން ތުނޑިމައްޗަށް ވެރިވެފައިވަނީ މަޑު ރަތްކުލަ އެކެވެ. ހިޔަނިތައްވަނީ
ދިގުވެފަ އެވެ. ރަޝާޤާމެން އިށީންދެ ތިބީ މޫދާ ކުރިމަތިވާ ޮގތަށެވެ. ހިޔަނި
ހަރަކާތްތެރިވަމުން ގެންދިޔައީ ތިލަފަޅުގެ އަޑީގައި ޮއވެގެންނެވެ.
"މާޒީ ޯދ ހަނދާންވަނީ." ރަޝްފާ އިނީ ވަރަށް ހިތްހަމަޖެހިފައި އިންކަހަލަ ޮގތަކަށެވެ.
"މާޒީ ޯދ!" ރަޝާޤާއަށް ދޫޮކށްލެވުނީ ފުން ނޭވާއެކެވެ. )ނުނިމޭ(
28
ޯއލެވެސް އިމްތިހާނު ނިމުމުންނާއި، އޭލެވެލް އިމްތިހާނު ނިމުމުން، ގައުމީ ފެންވަރުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް މުނާސަބަތަކަށްވެފައި ޮއންނަނީ، އެ އިމްތިހާނުތަކުން ގަދަ ދިހައެއްގައި ހިމެނޭ ކުދިންނަށް، އެކަމުގެ ޝަރަފާއި އިނާމު ދިނުމެވެ. މިފަދަ ޖަލްސާތައް ވެގެންދަނީ، ކުދިންނަށް ލިބޭ
ވަރަށް ޮބޑު އުފަލަކަށެވެ. ގަދަ ދިހައެއްގެ އެއްވަނައިގައި ލައްވައިލާ ކުދިންނާއި، އެކުދިންގެ މައިން ބަފައިންގެ ޯލތަކުން، ވިދަވިދާ ހުންނަނީ އުފާވެރިކަމުގެ ކަރުނަ
އެވެ. މިފަދަ އުފާވެރި ޖަލްސާއެއް ނިމިގެންދާއިރު، އެންމެ ޮބޑު
މާޔޫސްކަމެއް ލިބޭ އެއްބަޔަކަށް މިވަނީ، އެއް މާއްދާއިން އޭ ފާސް ނުލިބިގެން، ގަދަ ދިހައެއްގެ އެއްވަނައަށް ނުޮހވޭ ކުދިންނާއި، އެކުދިންގެ މައިން ބަފައިންނެވެ. އޭފާސް ނުލިބުނީ ޮކން މާއްދާއަކުންޯތ ބަލައިލާއިރު، ގިނަފަހަރު އެ މާއްދާއަކަށް
ވެފައި މި ޮއންނަނީ، "ދިވެހި" މާއްދާ އެވެ.ދެރަވެއެވެ. ކަންޮބޑުވެ އެވެ. މިއީ ގައުމީ ފެންވަރުގައި ކަންޮބޑުވުން
ފާޅުކުރަމުން އަންނަ ޮބޑު މައްސަލަ އެކެވެ. އެކި މީހުން މިކަމުގެ ޒިންމާ އަޅުވަމުން މި ގެންދަނީ އެކި މީހުންގެ ޮބލުގަ އެވެ. އެއްބަޔަކު ބުނަނީ، ކިޔަވައިދޭ މީހުންގެ ސަބަބުންވާ ކަމެއް ކަމަށެވެ. އަނެއްބަޔަކު ސްކޫލްގެ
ވެރިންގެ އިސްތަށިފުޅުގައި އަޅުވަފާނެ އެވެ. މުގައްރަރު ޯގސްވެދާނެ އެވެ. މާކަރުންގެ ފެންވަރުނެތިދާނެ އެވެ. އިމްތިޙާނު ކަރުދާސް ކަމުނުދަނީ ވެސް
މަދެއްޮކށެއް ނޫނެވެ. މި ވާހަކަތައްވެސް މުޅިން ޯގސް ވާހަކަތަކަކަށް ނުވެ ހިނގައިދާނެ އެވެ. އެހެންނަމަވެސް، އެއްބަޔަކު އަނެއްބަޔަކުގެ ޮބލުގައި މި އިލްޒާމު މިހެން އަޅުވާލަ އަޅުވާލަ ތިބެގެން، މިކަން ހައްލުވާނެ ބާވަ އެވެ؟ މިއީ ތަކުރާރުވަމުން އަންނަ ޮބޑު މައްސަލައެކެވެ. އެހެންކަމުން މިކަމާމެދު މިއަދު އެހެން ނަޒަރަކުން ވިސްނަން ވެއްޖެ އެވެ. އެހެން މީހުން ކުށްވެރި ކުރުމުގެ ބަދަލުގައި، ޮކންމެ
މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އުފުލަން ވެއްޖެ އެވެ.ގިނަ މައިންބަފައިން އެންމެ ތުއްތު އިރުންފެށިގެން، ދަރިފުޅަށް
ދަސްޮކށްދެވޭޯތ މަސައްކަތް ކުރަނީ އިނގިރޭސި ބަހެވެ. އޭ ޯފ އެޕަލް އެވެ. ބީ ޯފ ޯބލް އެވެ. މިހެން ޮގސް ޒެޑާ ހަމައަށް ކިޔާލަން، އުމުރުން ދެއަހަރު
ނުވަނީސް، ދަރިފުޅު ދަސްކުރެ އެވެ. މައިން ބަފައިން ދަރިންނާ ވާހަކަ ދައްކާނީ އިނގިރެސި ބަހުންނެވެ. ދަރިފުޅުވެސް މަސައްކަތް ކުރާނީ އިނގިރޭސިން
ވާހަކަދެއްކޭޯތ އެވެ. މިއަޑު މައިން ބަފައިން އަހަނީ ފަޚުރުވެރިކަމާއެކުގަ އެވެ.
އުފަލާއެކުގަ އެވެ. އިނގިރޭސި ބަހުން ދަރިފުޅު ވާހަކަދައްކާލާ އަޑު އިވުމަކީ ހަމަ
ހަޤީޤަތުގައިވެސް އުފާކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ، ގުރޭޑް އެކަކާ ހަމައަށް ދަރިފުޅު ދާއިރުވެސް، ހާ ށަވިޔަނީގެ އަކުރުތައް ރަނގަޅަށް
ދަރިފުޅަށް ކިޔާލަން ނޭނގުމުން އެކަމާ މައިންބަފައިން ކަންޮބޑު ނުވާތީ އެވެ. ބައެއްފަހަރު ދިވެހި ލިޔަން ކިޔަން ނޭނގުން ފަޚުރަކަށްވާހެން ވެސް ހީވެއެވެ. "އަހަރެންގެ ދަރިފުޅު ދިވެއްސަށް ވަރަށް ދަށްވާނެ!" ފަޚުރުވެރިކަމާއެކު ބައެއް
މީހުން ބުނެލަ އެވެ.މާއްދާއެއްގެ ޮގތުގައި ދިވެހިބަސް ކިޔަވަން ޖެހެނީ، ދަރިފުޅު
ގުރޭޑް އެކަކަށް ދާ ހިސާބުންނެވެ. އެހިސާބަށް ދާއިރު، ގޭތެރެއިން ދިވެހިބަހަށް ދޭންވާ ސަމާލުކަން ރަނގަޅަށް ނުދެވި ޮއތުމުގެ ސަބަބުން، ދިވެހިބަހަކަށް
ދަރިފުޅުގެ ހިތުގައި މާޮބޑު ޤަދަރެއް ދެވިފައެއް ޯނވެއެވެ. ކިޔަވާހިތްވާ މާއްދާއަކަށް ވެސް ގިނަފަހަރު ނުވެއެވެ. ކަން މިހެން ޮއތްނަމަވެސް ފަށާތަޢުލީމުގެ ދުވަސްވަރު، އެކަމުގެ ނޭދެވޭ އަސަރު، މާޮބޑަށް ނުފެނި ޮއވެދާނެ އެވެ. އޭގެ ރަހަ ލާން ޮބޑަށް މިފަށަނީ، މަތީ ގުރޭޑްތަކުގައި ކިޔަވަން ފެށުމުންނެވެ. މަސައްކަތް ޮބޑުވެ، ބަހުގެ ހުނަރުތައް ރަނގަޅަށް ޓެސްޓް ކުރެވެން ފެށުމުންނެވެ. މިހާހިސާބަށް ދިޔުމުން
މައިން ބަފައިން ކަންޮބޑުވެ އެވެ. ޮލލުން ކަރުނަ ހިލެއެވެ. ޯގހެއް ހެދިއްޖެކަން ވިސްނެ އެވެ.
ދެން އެވީ ގަދަކަމުން "ދިވެހި" ކިޔަވައިދޭން އުޅޭށެވެ. ގަދަކަމުންނޭ މިބުނީ ދަރިފުޅު ބޭނުން ނުވިޔަސް ޓިޔުޝަންވެސް ނަގުވާނެ އެވެ. މަތިން މާކުސް
ޯހދައިދެވޭޯތ އުޅޭނެ އެވެ. އެހެންނަމަވެސް އާޚިރު ނަތީޖާ ދައްކަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ބޭނުންވި މާކުހެއް ދަރިފުޅަކަށް ނުލި ބެއެވެ. ގަދަ ދިހައެއްގެ ނަތީޖާ އިއުލާނުކުރާއިރު، ބޭނުންވާ މަގާމަށް ދިޔުމަށް ޮއންނަ ހުރަހަކަށް އެއްކަލަ
ދިވެހިބަސް ޮއންނަނީ ވެފަ އެވެ.އެހެން ނުހަދާށެވެ! ދަރިފުޅުގެ އެންމެ ޅައުމުރުގައި އިނގިރޭސި
ބަސް ދަސްޮކށްދޭން ތިޔަދޭ ސަމާލުކަން، ދިވެހިބަސް ދަސްޮކށްދޭންވެސް ދޭށެވެ! ދިވެހިބަހާމެދު ދަރިފުޅުގެ ހިތުގައި ޯލބި އުފައްދާށެވެ. ގިނަގިނައިން ދިވެހި
ޮފތް ކިޔުއްވާށެވެ! އިނގިރޭސިބަހުން ވާހަކަ ދައްކާ ޮގތަށް، ކުށެއްނެތް ސާފު ދިވެހިބަހުންވެސް ކުދިންނާ ވާހަކަ ދައްކާށެވެ! އަމިއްލަ ބަހަކީ ފަޚުރެއްކަން
ބުނެދޭށެވެ! ޮކންމެ އެއްޗެއް ކިޔަވަނީ އޭގެ ބޭނުން ސައުވީސްގަޑިއިރު ހިފަން ނޫންކަންވެސް ވިސްނައިދޭށެވެ! ނަތީޖާ ފެންނަލެއް ރަނގަޅުވާނެ އެވެ.
ދުާރލައި ވިސްާނށެވެ!
ކްރީމް ޮއފް ސްޕިނެޗް ސޫޕް
ބޭނުންވާތަކެތި :500 ގ. ސްޕިނެޗް ) ޮކށާފައި(
60 ގ. ބަޓަރު1 ފިޔާ) ހިމުންޮކށް ޮކށާފައި(2 މޭޒުމަތީ ސަމުސާ ފުށް
2 ޯޖޑުބައި ޗިކަން ސްޮޓކް ނުވަތަ ވެޖްޓަބްލް ސްޮޓކް
2 / 1 1 ޯޖޑު ދިޔާ ) މިލްކް (4 / 1 ސައިސަމުސާ މުގުރި ތަކޫވައް
ޮލނުއަސޭމިރުސް ) މުގުރި(
ތައްޔާރުކުރާނެޮގތް:ތެއޔަކަށް ބަޓަރުޮކޅު އަޅާލުމަށްފަހު
އުނދުންމައްޗަށް އުދާލާފައި ބަޓަރު ދިޔާވީމާ ފިޔާޮކޅު އެއްޮކށްފައި ފިޔާޮކޅު މަޑުވީމާ ސްޕިނެޗް އެއްޮކށްލުމަށްފަހު ރަނގަޅަށް
ކެކެންދެން ކައްކާށެވެ. ދެން އުދުންމަތިންބާލާފައި ފުށްޮކޅާއި ސްޮޓކް އެއާއި ރަނގަޅަށް އެއްޮކށްލުމަށްފަހު އަނެއްފަހަރު އުނދުންމައްޗަށް އުދާލާފައި ޮއލަވަންދެން ކައްކާށެވެ. ދެން ކިރު ، ތަކޫވައް، ޮލނު، އަސޭމިރުސްރަހަދޭވަރަށް އެއްޮކށްލާށެވެ. ސްޕިނެޗް މަޑުވަންދެން
މަޑުގިނީގައި ކައްކާފައި ފްޑް ބްލެންޑަރަކުން ގިރާލުމަށްފަހު ފުރާނާފައި ފުރޭނިބައި އަނެއްފަހަރު ތެއްޔަކަށް އަޅާފައި ހޫނުޮކށްލާފައި ހޫނުކަން ހުއްޓާ ސާރވް ކުރާށެވެ.